Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

16 އެޕްރީލު 2017 | އާދީއްތަ 02:47

މިއަހަރު އެކަނިވެސް 69 ދުވަހު ބޮންއެޅި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އެޕްރީލު 2017 | އާދީއްތަ 02:47
ސީރިއާއަށް ދީފައިވާ ހަމަލާއެއް: އައިއެސްއާ ދެކޮޅަށް ގުޅިފައިވާ ފައުޖުން ދަނީ ހަމަލާދެމުން

ސީރިއާއަށް ދީފައިވާ ހަމަލާއެއް: އައިއެސްއާ ދެކޮޅަށް ގުޅިފައިވާ ފައުޖުން ދަނީ ހަމަލާދެމުން

އިނގިރޭސި ވިލާތުގެ ރޯޔަލް އެއާ ފޯސް އިން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އަމާޒުކޮށް 200 އަށްވުރެ ގިނަ ބޮމާއި މިސައިލް ހަމަލާ ދީފިއެވެ.

ބީބީސީ އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހަށް (މިއަހަރުގެ ފުރަތަމަ 99) ދުވަހުގެ ތެރެއިން 69 ދުވަހު އިނގިރޭސި ވިލާތުން އައިއެސް އަށް ބޮން އަޅާފައިވެއެވެ. އެ ދިރާސާއިން ދައްކާ ގޮތުން މަދުވެގެން 216 ބޮމާއި މިސައިލް ހަމަލާ ދީފައިވެއެވެ. އިނގިރޭސި ވިލާތުން ދަނީ 2014 ވަނަ އަހަރުން ފެށިގެން އިރާގުގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ ހަމަލާ ދެމުންނެވެ. އަދި މިދިޔަ އަހަރުން ފެށިގެން ސީރިއާގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށް ބުނެ ހަމަލާ ދެމުންނެވެ. އައިއެސް އަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ސީދާ ތަފްސީލް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓްރީން ހާމަ ނުކުރި ނަމަވެސް، ސަރަހައްދުގައި ހިނގާ އޮޕަރޭޝަންގެ ކޮންމެވެސް މައުލޫމާތެއް ކޮންމެ ހަފްތާއަކު ހިއްސާކުރެއެވެ. ބީބީސީން ބުނި ގޮތުގައި އިނގިރޭސި ވިލާތުން ދިން ހަމަލާގެ އަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ. ބީބީސީން ބުނި ގޮތުގައި އިނގިރޭސި ވިލާތުން، އައިއެސްއާ ދެކޮޅަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ޕާވްވޭ 4 ނަމަކަށް ކިޔާ ބޮމެކެވެ. މަދުވެގެން އޭގެ 129 ބޮން ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭއިރު އެ ބޮމަކީ ލޭޒާ ގައިޑެޑް ބޮމެކެވެ. އޭގެ ބޮމެއްވެ އަގަކީ އަގަކީ 22،000 ބްރިޓިޝް ޕައުންޑެވެ. އިނގިރޭސި ވިލާތުން އައިއެސްއާ ދެކޮޅަށް ދެން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ހެލްފަޔާ ނަމަކަށް ކިޔާ މިސައިލެކެވެ. އެ މިސައިލަކީ މީހުންނާ ނުލާ ދަތުރުކުރާ ވައިގެ އުޅަނދުތަކުން ވައިގެ ތެރޭގައި އޮވެ، ބިމަށް ފޮނުވާ މިސައިލެކެވެ. އިނގިރޭސި ވިލާތުން ވަނީ 20 ބްރިމްސްޓޯން މިސައިލް، އައިއެސްއާ ދެކޮޅަށް ބޭނުންކޮށްފައެވެ. ނިމިގެން ދިޔަ 2016 ވަނަ އަހަރު، އެމެރިކާއިން އެކަނިވެސް ސީރިއާއަށް 12192 ބޮމުގެ ހަމަލާ އަދި އިރާގަށް 12095 ބޮމުގެ ހަމަލާ ދީފައިވެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް