Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޓީ ކައުންސިލުގެ އައު ލޯގޯ

ސިޓީ ކައުންސިލްގެ އައު ލޯގޯއާއެކު ތަރިކަ ސުންނާފަތިކޮށްލި މާޒީ ދިވެހިންގެ ހަނދާނަށް

މުޅިން އަލަށް ސަގާފީ ތަރިކައިގެ މިނިސްޓްރީއެއް ވަނީ އުފައްދާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2021 | ހޮނިހިރު 10:31
މާލޭ ސިޓީ ކައުންސިލުގެ ކުރީގެ (ކ) އަދި ފަހުގެ ލޯގޯ (ވ)

މާލޭ ސިޓީ ކައުންސިލުގެ ކުރީގެ (ކ) އަދި ފަހުގެ ލޯގޯ (ވ)

އަލިރަސްގެފާނުގެ ޒިޔާރަތް ސުންނާފަތިކޮށް އެތަނުގައި ޕަމްޕް ސްޓޭޝަނެއް ގާއިމުކުރަން މަސައްކަތް ކުރި ޒަމާނެއް ދިވެހިން ދެކެފިއެވެ. ކަޅުވަކަރު މިސްކިތް 1980 ގައި ސަލްޓަން ޕާކުގައި ރާވައި، އޭގެ އެތައް އަހަރެއް ފަހުން އައި ސަރުކާރަކުން އެތަނުގައި އައިސް ސްކޭޓިންގ ޕާކެއް އެޅި މަންޒަރު ފެނިއްޖެއެވެ. ގދ. ތިނަދޫއަށް ގެންދަން ކަމަށް ބުނެ ކަޅުވަކަރު މިސްކިތް ރޫޅާލި ގޮތަށް އެ މިސްކިތަށް ވަމުންދިޔަ ނިކަމެތި ގޮތް ދިވެހިން ލޮލުން ދެކެފިއެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާނު މުހައްމަދު ތަކުރުފާނު ފަސްދާނުލެވިފައިވާ ޒިޔާރަތް ހުންނަ ބިހުރޯޒު ކަމަނާ މިސްކިތް ބިމާ ހަމަކޮށް، އޮފީސް އިމާރާތެއް އަޅަން އުޅުނު މަންޒަރު ދިވެހިން ދެކެފިއެވެ. ހުކުރު މިސްކިތް ހުރިތަނުގައި ކެފޭ ހެދުމަށް ވިސްނައި، އެ މަސައްކަތް ފުޅާކުރި ސަރުކާރެއް ދިވެހިން ދެކެފިއެވެ.

ކޮންމެ ޤައުމެއްގެވެސް ސަޤާފަތާއި ތަރިކައަކީ އެ ޤައުމެއްގެ މިނިވަންކަމާއި ތާރީޚު ދައްކުވައިދޭ ރަމްޒެެކެވެ. އެ ޤައުމެއްގެ ކާބަފައިންގެ ދިރިއުޅުމުގެ އާޖުފާޖާއި، ވައްޓަފާޅި ފަހުގެ ޖީލުތަކަށް ދައްކުވައިދެނީ ތާރީޚާއި ތަރިކައިންނެވެ. އާސާރީ ތަކެއްޗަށް ތަރިކައޭ ކިޔަނީ އެއްޖީލުން އަނެއް ޖީލަށް ވާރުތަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމަށް ވަޑައިގެން، މުޅިން އަލަށް ސަޤާފީ ތަރިކައިގެ މިނިސްޓްރީއެއް އުފައްދަވައި، އެންމެ ފުރަތަމަވެސް އުފަން ކުރުވީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ގެ ނަންދެވިފައިވާ ބިލެކެވެ. ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލައި، މިވަނީ ގެޒެޓުވެސް ކޮށްފައެވެ. އޭގެ ތެރޭގައި މާއްދީ އަދި މައުނަވީ ތަރިކަވެސް ވަނީ ތަފްސީލު ކޮށްދީފައެވެ.

ތަރިކަ ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރު ހިންދެމިލިތަނާ އެންމެ ސަމާލުކަމަށް މިއައީ މާލެ ސިޓީ ކައުންސިލުގެ ލޯގޯ ބަދަލުކުރި ވާހަކައެވެ.

ތެދެކެވެ. ލޯގޯއަކީ ސަޤާފީ ތަރިކައެއް ނޫނެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުގެ ލޯގޯއަކީ ދިވެހި ވަންތަ، ދިވެހި ތާރީޚު ދައްކުވައިދޭ، ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަންވެސް އެއިން ދައްކުވައިދޭ ލޯގޯއެކެވެ. އެގޮތުން މާ ފުން ކަނޑާއި، ރާއްޖޭގެ ފެހި މަލަމަތީގެ ކުލަތަކުން ޖަރީވެފައިވާ މި ލޯގޯ އިތުރަށް ފުރިހަމަ ކޮށްލަނީ ރާއްޖޭގެ ތާރީޚުގެ ރީތި ކުލަވެސް އޭގައި ޖެހިގެންނެވެ. ހުދު ކުލައިން ލޯގޯގެ މެދުގައި ފެންނަން ހުންނަނީ ޔުނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހުކުރު މިސްކިތުގެ މުންނާރެވެ. މާލޭ ހުކުރު މިސްކިތު މުންނާރަކީ އެތައް ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތާރީޚީ ޖަވާހިރެކެވެ. ރައްޔިތުންގެ އަޑު އެންމެ ގާތުން އަހަން ތިބޭ އެއް މުއައްސަސާގެ ލޯގޯއަކަށް ވަކި މިފަދަ ފުރިހަމަ ލޯގޯއެއް އޮވެދާނެބާއެވެ.

ނަމަވެސް "ރީބްރޭންޑް" ކުރުމުގެ ނަމުގައި މާލޭ ސިޓީ ކައުންސިލުގެ ލޯގޯ މިވަނީ މުޅިން ބަދަލު ކޮށްލާފައެވެ. ހަތަރެސްކަން ގޮޅިތަކެއްގައި އެކި ކުލަތަކުން ޖަރީކޮށްފައިވާއިރު، ރާއްޖޭގައި ޙަރަކާތްތެރިވާ އިދިކޮޅު ސިޔާސީ ޕާޓީގެ ކުލަތައް ހުރުމަކީ އިއްތިފާޤެއް ކަމަށް ވެދާނެއެވެ. އޭރު ސަޤާފީ ތަރިކަތައް ސުންނާފަތި ކުރަމުންދިޔައިރު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ބޭފުޅާ މިއަދު ހަމަ އެ ސިޓީ ކައުންސިލުގެ މޭޔަރަކަށް ހުންނެވުންވެސް ވާނީ އިއްތިފާޤަކަށެވެ. ކޮންމެ ގޮތެއް ވިޔަސް، މާލޭ ސިޓީ ކައުންސިލުގެ އައު ލޯގޯއަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. ގިނަ މީހުން ސިފަ ކުރަމުންދަނީ މިއީ ރީބްރޭންޑިންގ ގެ ނަމުގައި ކުޅޭ ސިޔާސީ ގޭމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖުލައި 2018

ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

26 ޖުލައި 2018
ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!
14 މާރިޗު 2018

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018
އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
25 ނޮވެމްބަރު 2017

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
19 އެޕްރީލު 2017

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

19 އެޕްރީލު 2017
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު