Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދެކުނު އެފްރިކާއިން ފެނުނު އައު ވޭރިއަންޓް

ދެކުނު އެފްރިކާއިން ފެނުނު އައު ވޭރިއަންޓް، އޮމިކްރޯންއާ ގުޅޭގޮތުން އެނގެނީ ކިހާވަރަކަށް؟

ދެކުނު އެފްރިކާއިން މިހާތަނަށް އައިއިރު ވަނީ 100 އާ ގާތްކުރާ އަދަދަކަށް މިވޭރިއަންޓް ފެނިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2021 | ހޮނިހިރު 04:38
ކޮރޯނާވައިރަސް މިއުޓޭޓްވުން

ކޮރޯނާވައިރަސް މިއުޓޭޓްވުން

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމުގައިވާ އޮމިކްރޯން އާއެކު އަނެއްކާވެސް ދުނިޔެއަށް މިވަނީ ސިހުމެއް ގެނުވާފައެވެ. ވަކިން ޚާއްސަކޮށް އެވޭރިއަންޓްގައި ހިމެނޭ އެތައް މިޔުޓޭޝަންތަކަކާއެކު ވޭރިއަންޓަކީ ބާރުގަދަ ވޭރިއަންޓަކަށް ވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އިނގިރޭސިވިލާތާއި އީޔޫ އެމެރިކާ ފަދަ ގައުމުތަކުން ދެކުނު އެފްރިކާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާ ބޯޑަރުތަކުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ސައިންސްވެރިން އަންނަނީ މިއީ އެހެން ވޭރިއަންޓްތަކަށްވުރެ ބާރުގަދަ އަވަހަށް ފަސޭހައިން ފެތުރޭ ވޭރިއަންޓެއްތޯ ބެލުމުގެ ދިރާސާތައް ކުރަމުންނެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން މިވޭރިއަންޓް ދެނެގަނެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެއީ ނޮވެމްބަރ މަހުގެ 14ން 16ށް ނަގާފައިވާ ސާމްޕަލަކުންނެވެ.

ބުދަ ދުވަހު ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ މިވޭރިއަންޓް އިތުރަށް ސީކުޔެންސްކޮށްފައެވެ. އަދި މިވޭރިއަންޓްގައި ކަންބޮޑުވާކަންތައްތަކެއް ހުރިކަން ދެކުނު އެފްރިކާގެ ސަރުކާރަށް އަންގާފައެވެ. އެއާއެކު ދެކުނު އެފްރިކާ ސަރުކާރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަށް އެޖަމިއްޔާގެ ޓެކްނިކަލް ވޯރކިންގ ގްރޫޕުން ހުކުރު ދުވަހު އެކަމާއި ގުޅިގެން ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ.

ދެކުނު އެފްރިކާއިން މިހާތަނަށް އައިއިރު ވަނީ 100 އާ ގާތްކުރާ އަދަދަކަށް މިވޭރިއަންޓް ފެނިފައެވެ. އޭގެތެރޭގައި އެންމެ ބައިބޯ ހިސާބުތައް ކަމުގައިވާ ޖޮހަނަސްބާގް އާއި ޕްރިޓޯއާ ހިމެނެއެވެ.

އާންމު ގޮތެއްގައި ހުރިހާ ވައިރަސް ތަކަކީ ކޮވިޑް-19ވެސް ހިމެނޭ ގޮތަށް ވަގުތާއެކު ބަދަލުވަމުން އަންނަ ވައިރަސް ތަކަކެވެ. ބައެއް ފަހަރަށް އޭގެ އަސަރު އެހާބޮޑަކަށް ނުކުރެއެވެ.

އެހެންނަމަވެސް ވައިރަސް އަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން އެވައިރަހެއް ފަސޭހަކަމާއެކު ފެތުރުމަށް މަގުފަހިވެއެވެ. އަދި އުފައްދާފައި ހުންނަ ވެކްސިނަށް މަސައްކަތްކުރާ މިންވަރުވެސް ތަފާތުވެގެންދެއެވެ.

ދެކުނު އެފްރިކާއިން ފެނުނު މިވޭރިއަންޓާމެދު ސައިންސްވެރިން އެންމެ ބޮޑަށް ކަންބޮޑުވަނީ މިވޭރިއަންޓްގައި ހުރި މިޔުޓޭޝަންތަކުގެ އަދަދުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ ހެލްތު އޮފިޝަލަކު ވިދާޅުވީ މިވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން މިޔުޓޭޝަންގެ އަދަދު 30ށް ވުރެ ގިނަ ކަމަށެވެ. ސްޕައިކް ޕްރޮޓީން އަކީ ވައިރަސް އިންސާނާގެ ސެލްތަކަށް ވަނުމަށް ބޭނުންކުރާ އެއްޗެކެވެ.

މިއީ ޑެލްޓާ ވޭރިއަންޓްގައި ހުރި ސްޕައިކް ޕްރޮޓީން އަށްވުރެ ދެގުނަ އަދަދެކެވެ. އަދި ކޮވިޑް-19ގެ އަސްލުގައި ހިމެނޭ ސިފަތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ވައިރަސް ފެތުރޭ ގޮތަށް ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން ބުނާގޮތުގައި މީގެތެރެއިން ބައެއް މިޔުޓޭޝަންތައް އެންޓިބޮޑީސް ނިއުޓްރަލައިޒްކުރުމުގައި ދެކޮޅު ހަދައެވެ. އަދި ވައިރަސް ފެތުރުމަށް މަގުފަހިކުރުވައެވެ. އަދި އަނެއްބައި މިޔުޓޭޝަންތަކުން ކުރަމުން އަންނަ ކަންކަން އަދި ސާފެއް ނުވެއެވެ. އެހެންކަމުން މުޅި ވޭރިއަންޓުން ކުރާ އަސަރުތައް އަދި ސާފެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީގެ ޗީފް މެޑިކަލް އެޑްވައިޒަރ ސޫޒަން ހޮޕްކިންސް ބީބީސީ ރޭޑިއޯއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ މިވޭރިއަންޓުން ފެނިފައިވާ ބައެއް މިޔުޓޭޝަންތަކަކީ މީގެކުރިން ފެނިފައިވާ މިޔުޓޭޝަންތަކެއް ނޫންކަމަށެވެ. އެހެންކަމުން އެމިޔުޓޭޝަންތަކުން ކުރާ އަސަރުތައް ދެނެގަންނަން އުނދަގޫވެ މިވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ އެންމެ ކަންކަން ދެނެގަތުމަށް އުނދަގޫ ވޭރިއަންޓަށް ވެގެންދާކަމަށެވެ.

އެހެންކަމުން މިވޭރިއަންޓަކީ އަވަހަށް ފެތުރޭ، ބޮޑުވަރުވާ ނުވަތަ ވެކްސިންގެ އަސަރު ކުރާ ވޭރިއަންޓެއްތޯ ދެނެގަތުމަށް އިތުރު ޓެސްޓްތައް ހަދަންޖެހޭކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ޓީމު ލީޑު ކުރަމުން އަންނަ މާރިއާ ވިދާޅުވީ އިތުރު ޓެސްޓްތައް ހެދުމަށް އަދި ހަފްތާތަކެއް ނަގާނެކަމަށެވެ. ނަމަވެސް މިހާރުން މިހާރަށްވެސް މިވޭރިއަންޓުން ދިފާއުވުމަށް އެންމެ ބޮޑަށް ބޭނުންކުރެވޭނެ އެއްޗަކީ ވެކްސިން ކަމަށް މާރިއާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ކޮމިޔުނިކަބްލް ޑިޒީސް އިން ބުނެފައިވަނީ މިވޭރިއަންޓާ ގުޅިގެން ވަކި ތަފާތު އަލާމާތްތަކެއް ފެންނަމުންނުދާކަމަށެވެ. ފެންނަމުންދަނީ އެހެން ވޭރިއަންޓްތަކުންވެސް ފެންނަ އަލާމާތްތައް ކަމަށް އެއިންސްޓިޓިއުޓުން ބުނެއެވެ.

ދެކުނު އެފްރިކާއިން ގަބޫލުކުރާ ގޮތުގައި މިވޭރިއަންޓް ވާނީ ދެކުނު އެފްރިކާގެ 8 ޕްރޮވިންސަކަށް މިހާރު ފެތުރިފައެވެ. ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ ކޭސްތައް ބުރާސްފަތި ދުވަހު ވަނީ ދެގުނަ ވެފައެވެ.

ބޮޓްސްވާނާ އިން ބުނާގޮތުގައި އެތަނުން ވަނީ ހަތަރު ކޭހެއް ފެނިފައެވެ. އެހުރިހާ އެންމެންނަކީވެސް ބޭރު ގައުމުތަކުން އެގައުމަށް ޑިޕްލޮމެޓިކް މިޝަންތަކުގައި އައުމަށްފަހު އަނބުރާ ގޮސްފައިވާ މީހުންނެވެ.

ދެކުނު އެފްރިކާއިން ހޮންގ ކޮންގ އަށް ދަތުރުކުރި މީހެއްގެ ފުށުން މިވޭރިއަންޓް ފެނިފައިވާއިރު ދެކުނު އެފްރިކާގެ މަލާވީން އިސްރާއީލަށް ދިޔަ މީހެއްގެ ފުށުންވެސް މިވޭރިއަންޓް ވަނީ ފެނިފައެވެ. ބެލްޖިއަމުން ވަނީ ޔޫރަޕުން ފެނުނު ފުރަތަމަ ކޭސް ރިކޯޑް ކޮށްފައެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ވޭރިއަންޓްގެ ކުރީކޮޅު ދެނެގަނެވިފައިވާތީ ބޮޑަށް ފެތުރުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.

މީގެއިތުރުން މިވޭރިއަންޓަކީ ފަސޭހަކަމާއެކު ޕީސީއާރު ޓެސްޓްތަކުން ދެނެގަނެވޭ ވޭރިއަންޓެކެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ހުކުރު ދުވަހު މިވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މިވޭރިއަންޓަށް ގްރީކްގެ ނަމެއް ކަމުގައިވާ އޮމިކްރޯންގެ ނަން ދީފައެވެ.

ޑަބްލިޔުއެޗްއޯއިން މިހާތަނަށް ވޭރިއަންޓް އޮފް ކޮންސަރން ކަމަށް ކަނޑައަޅާފައިވަނީ ކޮވިޑްގެ އަލްފާ ވޭރިއަންޓާއި، ބީޓާ އާއި ގާމާ އަދި ޑެލްޓާ ވޭރިއަންޓްގައެވެ. ޑަބްލިޔުއެޗްއޯއިން ވަނީ ވޭރިއަންޓް އޮފް އިންޓަރެސްޓްގެ ގޮތުގައި ދެ ވޭރިއަންޓެއް ކަނޑައަޅާފައެވެ. އެއީ ޕެރޫން 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފެނުނު ލަމްބާޑާ ވޭރިއަންޓާއި ކޮލަމްބިއާއިން މިއަހަރުގެ ޖެނުއަރީ މަހު ފެނުނު މޫ ވޭރިއަންޓެވެ.

ވޭރިއަންޓް އޮފް ކޮންސަރންގެ މާނައަކީ އެވޭރިއަންޓަކީ އެކި ގައުމުތަކަށް ފެތުރުމުގެ ފުރުސަތު އޮތް ގިނަ ކްލަސްޓަރ ތަކެއް އުފެދި ގިނަ ކޭސްތަކެއް އެއްފަހަރާ ފެނުމުގެ ފުރުސަތު އޮތް ވޭރިއަންޓެކެވެ. އަދި ކޭސްތަކުގެ އަދަދު އިތުރުވެ ގައުމުތަކުގެ ސިއްހީ ނިޒާމަށް އޭގެ ސަބަބުން އަސަރުކުރުވުމެވެ. މީގެއިތުރުން ވެކްސިން މަސައްކަތްކުރާ މިންވަރު ދަށްކޮށްދޭނެ ވޭރިއަންޓަކަށްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!

ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!

15 ޖުލައި 2018
ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

20 މާރިޗު 2018
އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު