Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު

ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!

އެންގުމަށް ހަތަރު ދުވަސް، އިދާރާއަކުން އެއްޗެއް ނުބުނޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 15 ޖުލައި 2018 | އާދީއްތަ 11:09
ބަންޑާރަ ނައިބު މުހައްމަދު އަނިލް:

ބަންޑާރަ ނައިބު މުހައްމަދު އަނިލް:

ރިޔާސީ އިންތިހާބާ ގުޅިގެން ހަމަހަމަ ފުރުސަތު ދިނުމަށް ދައުލަތުގެ ހަތަރު އިދާރާއަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އެންގެވީ މިދިޔަ ބުދަ ދުވަހުއެވެ. އެ އެންގުން ރައްދުވީ ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ޕީއެސްއެމަށެވެ. ނަމަވެސް އެ އެންގުމަށް 96 ގަޑިއިރު ވެގެންދާއިރު ވެސް އެ އިދާރާތަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެ އެންގުން އަމަލު ކުރަން ފެށި ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)އަށް ސެކިއުރިޓީ ދިނުމާއި ރައްކާތެރިކަން ދިނުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް އެ ޕާޓީއަށް އަންގާފައި ނުވާ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ސަރުކާރުން ޕާޓީއަށް [އެމްޑީޕީއަށް] އަންގާފައެއް ނެތް، ކެންޑިޑޭޓުގެ ސެކިއުރިޓީއާ ގުޅޭ ގޮތަކުންނެއް. ތިޔަ ވިދާޅުވާ ލިޔުމެއް [ބަންޑާރަ ނައިބުގެ އެންގުން] އެއީ އަޅުގަނޑުމެންނަށް ފޮނުވާފައިވާ ލިޔުމެއް ނޫން ވީމަ، އެއީ ކިހާ ސައްހަ ކަމެއް އޮތް، ލިޔުމެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ،" ހަސަން ލަތީފު ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކެންޑިޑޭޓުން ތާއިދު ހޯއްދެވުމަށް ކުރާ މަސައްކަތްތަކަށް ދައުލަތުގެ ވަސީލަތްތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނާއި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދިނަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތްކޮށް އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަން ވިދާޅުވީ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މިހާތަނަށް ހައުސިން މިނިސްޓްރީން އެ ޕާޓީއާމެދު އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ބަންޑާރަ ނައިބު ނެރުއްވި ކަމަށް ބުނާ ލިޔުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށް ހަސަން ވަނީ ވިދާޅުވެފައވެެ.

"އެ ދެ ބޭފުޅުން ތިއްބަވާ ކެބިނެޓެއްގެ ލަފަ އާއި މަޝްވަރާއާ އެކީގައި ހައުސިން މިނިސްޓްރީން ކުރިމަތި ކުރާ ފިއްތުންތަކެއް [ޕާޓީތަކުގެ ހަރަކާތްތަކަށް ފުރުސަތު ނުދިނުން] އެއީ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ވިދާޅުވިއެވެ.

ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ބަންޑާރަ ނައިބު އެންގެވި ކަންތައްތައް ތަންފީޒު ނުކުރެވޭތީ، ހަސަން ވިދާޅުވީ މިހާތަނަށް އިދިކޮޅު އެއްވެސް ޕާޓީއަކާމެދު ސަރުކާރުން ހަމަހަމަކޮށް، އިންސާފުވެރިކޮށް "އެއްވެސް ކަމެއް" ކޮށްދީފައި ނުވާ ކަމަށެވެ.

"ބަންޑާރަ ނައިބު ސިޓީއެއްގައި އެހެން ލިޔުއްވި ކަމުގައި ވިޔަސް ވެސް، އަޅުގަނޑުމެންނަށް ފެނިގެން ނުދޭ އަޅުގަނޑުމެންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބިދެވޭ ތަނެއް. ގާނޫނުއަސާސީ ބުނާ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ލިބިދޭތަނެއް،" ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ 25،000 ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކު، މިދިޔަ އަަހަރުގެ ފެބްރުއަރީ މަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ހަސަން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި "ދޮރުން ދޮރަށް" ހިންގަވަނިކޮށް، އިބޫއަށް ހަމަލާ ދޭން އުޅުނީ ސަރުކާރުން ކަމަށް ބެލެވޭ ކަމަށެވެ. އެކަމަށް ބާރު ލިބޭ ވާހަކަތަކެއް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ހުޅުމާލޭގައި މި ދެވުނު ހަމަލާ، ވަރަށް ބޮޑަށް އޭތި އަމާޒުވެގެން ދޭ، ސަރުކާރުގެ އަތެއް އޭގައި އޮތް ކަމަށް، ފެންނަ ގޮތަށް،" ހަސަން ވިދާޅުވިއެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ހަނދާން ކޮށްދެއްވަމުން ހަސަން ވިދާޅުވީ އެމްޑީޕީގެ 43،000 ވުރެ ގިނަ މެމްބަރުން ވޯޓު ދީގެން، ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅި ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކޮށް، ޖަލަށްލާފައިވާ ކަމަށާއި ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލިސް ހިނގާތަން ވެސް ނުފެންނަ ކަމަށެވެ.

ރައީސް ޔާމީންގެ ކެބިނެޓް ބައްދަލުވުމެއް

ހަސަން ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ސަރުކާރުން ތަނަވަސްކޮށްދީފައި ނުވާތީ، މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް "ސަރުކާރުގެ ހެޔޮ ނިޔަތެއް" ނެތް ކަމަށެވެ. އެ ހެޔޮ ނިޔަތް އޮންނަމަ، އިދިކޮޅު ސިޔާސީ ކެންޑިޑޭޓަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަން ކަން ސަރުކާރުން ދޭނެ ކަމަށާއި ޕާޓީތަކަށް ވެސް އެ ފުރުސަތު ލިބިދޭނެ ކަމަށެވެ.

ހަސަން އެ ފާހަގަ ކުރައްވާ ގޮތަށް، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދިންނަމަ، ދައުލަތުގެ މީޑިއާއިން އިބޫގެ އައްޑޫ/ފޯވައްމުލައް ދަތުރު ކަވަރު ކުރާނެއެވެ. ދައުލަތުގެ ވަސީލަތްތައް ފަހިކޮށްދޭނެއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިން ކަމަށް ބުނާނެއެވެ. ސިޔާސީ ރެލީތައް މާލޭގައި ކުރިއަށް ގެންދަން ފުރުސަތު ދޭނެއެވެ.

ކެންޑިޑޭޓުންނަށް އެފަދަ ފުރުސަތުތައް ފަހިކޮށް ނުދިނުމަކީ، ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބު އެންގެވި އެންގުމަކީ ހަމައެކަނި ނަމެއްގައި ކުރެއްވި ކަމެއް ކަމަށް ނޫނީ ނުވާނެއެވެ. ނަގަން އޮތް ރާޅަކުން ސަލާމަތް ވާން ކުރި ކަމަކަށް ވެސް ވެދާނެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ރާއްޖެއާމެދު ނިންމާ ބޮޑު ނިންމުގެ ކުރިން ރާއްޖޭގެ މިހާލަތުތައް ބަލާނެއެވެ.

އިންސާނީ ހައްގުތަކަށާއި ޑިމޮކްރަސީ އަށް ނުރައްކަލެއްގެ ގޮތުގައި ފާހަގަ ކުރެވޭ ދިވެހި ސަރުކާރުގެ ވެރިންނާއި ސަރުކާރުގެ ވެރިންނަށް ވާގިވެރިވާ ވިޔަފާރިވެރިންނާއި ބައެއް ކުންފުނިތަކާއި މުއައްސަސާތަކާމެދު ފިޔަވަޅު އަޅުމަށް އެޖެންޑާކޮށްފައިވާއިރު، މީގެ ކުރިން އަޑަށް ބާރުލާފައި ވާހަކަ ދައްކަމުން ދިޔަ ދިވެހި ސަރުކާރުން މިހާރު ދަނީ މޯޅިކަން ފެންނަމުންނެވެ.

މުޅި ދުނިޔެއަށް ފުރަގަސްދީގެން އުޅުމުގެ ނަތީޖާއަކަށްމިވީ ފިޔަވަޅާ ހަމައަށް ވާސިލްވުމެވެ. އެކަމަށް ރައީސް ޔާމީން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. މި ހިސާބަށް ކަންތައް ދިއުމުން ކަންދެއްކުމުގެ ގޮތުން އަދިވެސް ބައެއް ކަންކަން ގެންދަނީ ކުރަމުންނެވެ. އޮޅުވާލުމުގެ އުކުޅުތައް ސަރުކާރުން ދަނީ ބޭނުންކުރަމުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި ރަނިންމޭޓަށް މަރުހަބާ ކިޔުމާއި، އިނގިރޭސި ބަހުން ބަޔާން ނެރުމާއި، ޓްވީޓްކުރަމުންދާތަން އެބަފެނެ އެވެ. މިކަންކަން ކުރަންވީ މިއަދަކު ނޫނެވެ. މިވަނީ މާބޮޑަށް ލަސްވެގެން ގޮސްފަ އެވެ.

ދެންވެސް ދައްކަންވީ އިހްލާސްތެރިކަމެވެ. ނޫންނަމަ، ކުރިމަތިވެދާނެ ނަތީޖާގެ ގެއްލުން މާބޮޑުވެދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ނާއިބުގެ ޖަވާބު: "ކުރިންސުރެ އޮތީ ކަނޑު އެއްކޮށް ހޯދޭނެ ޝަރުތުތައް ގެއްލިފައި"

ބަންޑާރަ ނާއިބުގެ ޖަވާބު: "ކުރިންސުރެ އޮތީ ކަނޑު އެއްކޮށް ހޯދޭނެ ޝަރުތުތައް ގެއްލިފައި"

02 ޖޫން 2023
ބަންޑާރަނާއިބު މަޖިލީހަށް ހާޒިރު ކުރުމުގެ "ސިޔާސީ ޑްރާމާ" ބޮޑު ފުލޮޕަކަށް

ބަންޑާރަނާއިބު މަޖިލީހަށް ހާޒިރު ކުރުމުގެ "ސިޔާސީ ޑްރާމާ" ބޮޑު ފުލޮޕަކަށް

01 ޖޫން 2023
ކުރީގެ ބަންޑާރަ ބޭބެއަށް.......

ކުރީގެ ބަންޑާރަ ބޭބެއަށް.......

25 އޮކްޓޯބަރު 2022
މަތިންދާބޯޓުގެ ފާޚާނާތެރެއަށް އުފަންވުމުން، ކުއްޖާގެ ނަމަކަށް ކީ "ސްކައި"

މަތިންދާބޯޓުގެ ފާޚާނާތެރެއަށް އުފަންވުމުން، ކުއްޖާގެ ނަމަކަށް ކީ "ސްކައި"

19 މެއި 2022
ބަންޑާރަ ކަޕް- އޮފީސް މޭޒުން ދަސްނުވާ އެތައް ކަމެއް ދަނޑުމަތިން

ބަންޑާރަ ކަޕް- އޮފީސް މޭޒުން ދަސްނުވާ އެތައް ކަމެއް ދަނޑުމަތިން

06 މާރިޗު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު