Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދު

ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

އެމަނިކުފާނުގެ ހިތްވަރު އެދުވަހުވެސް ފެނުނު

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 20 މާރިޗު 2018 | އަންގާރަ 04:16
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ފެށި ދަތުރުގައި ރައީސް މުހައްމަދު ނަޝީދު ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު 2005 ވަނަ އަހަރުގެ އެޕްރީލް މަހުގައި ރާއްޖެވަޑައިގަތެވެ. އެމަނިކުފާނު ރާއްޖެވަޑައިގަތުމާއެކު ހައްޔަރު ކުރާނެ ކަމަށާ އެއާރޕޯޓުން ވަޑައިގަންނަވަންޖެހޭނީ ޖަލަށް ކަމަށް ވިދާޅުވި ކިތަންމެ ބަޔަކު މިރާއްޖޭގައި ތިއްބެވެ.

އެހެން ނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެން މުޅިމާލޭގައި ފައިމަގުގައި ހިންގެވިއެވެ. ފުލުހުންގެ އިދާރާ ކުރިމަތިން ވަޑައިގަތެވެ. މުޅިމާލޭގައި އޭރު އެ ހިންގެވީ ސަބަބެއް ގިނަ ބަޔަކަށް ސާފެއް ނުވާނެއެވެ. އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމަނިކުފާނު މުޅިމާލޭގައި އެހިންގެވީ އެމަނިކުފާނު ހައްޔަރު ކުރަން އުޅޭ ފުލުހެއް މިގައުމުގައި އެދުވަހު ނެތްކަން ސާބިތު ކޮށްދެއްވުމަށެވެ. ރަގަޅެވެ. އެދުވަހަކު އެމަނިކުފާނު ހިފާ ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވަނީ ބައިނަލްއަގްވާމީ މުޖުތަމައުންނެވެ. އެޔަގީންކަން އެމަނިކުފާނަށް ދީފައިވަނީ އެފަރާތްތަކުން ކަމަށް ލަފާކުރެވެއެވެ.

އޭރު ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމްޑީޕީގެ ޗެއަރޕާޝަންގެ މަގާމުގައެވެ. އޭރަކު މިރާއްޖެއަކު އެމްޑީޕީ ރަޖިސްޓްރީކޮށްފައެއް ވެސް ނެތެވެ. އޭރު ޕާޓީގެ ވަލީކޮމެޓީގެ ބައްދަލުވުން އޮންނަނީ ގ. ބެންބޫގައެވެ. އެގޭގައި އޮންނަ ބައްދަލުވުންތަކުގައި ވެސް ދައްކާއުޅެނީ ސިޔާސީވާހަކަތަކެވެ. ގައުމުގައި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުވެރިކަން އޮތް ނަމަވެސް އެމަސައްކަތުގައި ކެރިގެން އުޅުނު އެންމެން ވެސް ރައީސް ނަޝީދުގެ ހިތްވަރުފުޅާ ޖެހިލުން ކުޑަކަން ފާހަގަ ކުރެއެވެ.

ދުންފިނިގޭގައި ހަރުގެ ހެދުމަށް ތަކެތި އެއްކުރުމަށް ބާޒާރުމަތީ ފިހާރަތަކަށް ރައީސް ނަޝީދު އޭރު ވަޑައިގެން އުޅުއްވިއެވެ. އަޅުގަނޑު ހަނދާންބަލި ނޫންކަމަށް ވާނަމަ ސަތަރިއާ ދަގަނޑުހޮޅިފަދަ ތަކެތި ހަމަކުރެއްވުމަށް ސީދާ އެމަނިކުފާނު މީހުންގެ ގާތަށް ވަޑައިގަތެވެ. ދުންފިނި ހަރުގޭގައި ޕާޓީގެ ގޮފިތައް ހަދައި ޕާޓީ ހިންގައި ގަތުމުގެ މަސައްކަތް ފެށުނު އިރު ގޮފިތައް އެކުލަވާލާނެ އުސޫލު ލިޔެ ހެދުމުގައި ހަރަކާތްތެރިވި ތިން ބޭފުޅެއްގެ ނަން ފާހަގަ ކޮށްލާނަމެވެ. އެއީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ، ކުރީގެ ވަޒީރު މަހުމޫދު ރާޒީ އާއި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާޝަންގެ މަގާމުގައި މިހާރު ވެސް ހުންނެވި ހާމިދު އަބުދުލް ގަފޫރެވެ. ފުރަތަމަ ހަރުގޭގައި ބެހެއްޓުމަށް 2 މޭޒު ރައީސް މުހައްމަދު ނަޝީދުގެ ގާތް އެކުވެރިޔަކު ހަދިޔާ ކުރެއްވުމުން އެ މޭޒުތަކުގައި މަސައްކަތް ފެށުނު އިރު މޭޒުތައް ބެހެއްޓިފައި ހުންނަނީ ބިންމަތީގައި ވެލިގަނޑުގައެވެ.

ހަރުގޭގައި ޖަލްސާތައް ބޭއްވުމުގެ ކުރިން " މިނިވަން" ނަމުގައި ދުވަހުނޫސް ނެރެން ފެށުނެވެ. އެނޫހުގެ ފުރަތަމަ އަދަދަށް ވެސް ރައީސް ނަޝީދު ލިޔުއްވިއެވެ. އަޅުގަނޑު ހަނދާން ހުންނަ ގޮތުގައި ފުރަތަމަ ދުވަހުވެސް 5000 ކޮޕީ ވިކި ހުސްވިއެވެ. ބިރެއްނެތި ސަރުކާރަށް ފާޑު ކިޔާ ލިޔުންތައް ލިޔުއްވަން ރައީސް ނަޝީދު ހިތްވަރު ދެއްވަމުން ވަޑައިގަތީ ނަތީޖާ ލިބޭނީ މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވެއެވެ.

ހަރުގޭގައި އޮތް ޖަލްސާތަކުގައި ޚުދު ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވާން ކެރިވަޑައިގަތުމުން ދެން ތިބި އެންމެހާ ފަރާތްތައް އެ މޭރުމުން ސަރުކާރަށް އިންތިހާއަށް ފާޑުކިޔަމުން ދިޔައެވެ. ދެން އައީ މަގުމަތީ ހަރަކާތްތަކެވެ. އެއްވެއުޅުމުގެ ހަރަކާތްތަކެވެ. އެކަމުގައި ވެސް ފުލުހުންގެ ހައްޔަރަށް ދިޔުމަކީ ޖެހިލުންވާން ޖެހޭނެ ކަމެއް ނޫން ކަމަށާ ކަންކަން އިސްލާހު ކުރެވޭނީ ފުލުހުންގެ ހައްޔަރަށް ގޮސްގެން ކަމަށް އޭރު ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ދެއްވައިފައެއް ނުވެއެވެ. ބައެއް އެއްވުންތަކުގައި ލިބޭ ނަތީޖާ އަކީ ކާމިޔާބެއް ގޮތުގައި ނުފެނުނަސް އަނެއް ފަހަރު އެމަނިކުފާނު މަގުމައްޗަށް ނިކުންނެވީ އުންމީދެއް އަމާޒެއް އޮވެގެންނެވެ. މާޔޫސް ކަމެއް ވަރުބަލި ކަމެއް އެމަނިކުފާނުގެ މޫނުފުޅުން އެދުވަހު ވެސް ފެނިފައެއް ނެތެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ވެސް އުންމީދާއެކު ކުރެއްވި މަސައްކަތްޕުޅަކުންނެވެ. ވެރިކަމުގައި މިއަދު ނެތް ނަމަވެސް އެވިދާޅުވަނީ " އުންމީދާއި އެކު މަސައްކަތް" ކުރުމަށެވެ. ވެއްޓޭ ކޮންމެ ފަހަރަކު އަލުން ތެދުވެ ދުއްވައިގަތުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު