Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑްގެ އައު ވޭރިއަންޓް

އައު ވޭރިއަންޓަށް ކިޔަނީ އޮމިކްރޯން، މިއީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުނު ފަސް ވަނަ ވޭރިއަންޓް

މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓްތަކުން މިވޭރިއަންޓް ދެނެގަނެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ނޮވެމްބަރު 2021 | ހޮނިހިރު 00:22
ލެޓްވިއާގައި ކޮވިޑް ޓެސްޓް ހައްދަނީ

ލެޓްވިއާގައި ކޮވިޑް ޓެސްޓް ހައްދަނީ

ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ބީ.1.1529 "ވޭރިއަންޓް އޮފް ކޮންސަރން" ގެ ގޮތުގައި ހިމަނާ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމަކުން ވަނީ މިވޭރިއަންޓްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ދިރާސާތަކެއްކޮށްފައެވެ. އެއަށްފަހު ޑަބްލިޔުއެޗްއޯއިން ބުނީ މިހާރު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު އަދި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ވޭރިއަންޓެއްކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ދެކުނު އެފްރިކާ ގައި ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވެފައެވެ. އަދި އެއާއެކު މިވޭރިއަންޓް ވަނީ ފެނިފައެވެ. ޑަބްލިޔުއެޗްއޯއިން މިވޭރިއަންޓަށް ދީފައިވާ ނަމަކީ އޮމިކްރޯންއެވެ. ޑަބްލިޔުއެޗްއޯއިން ވޭރިއަންޓްތަކަށް ނަންތައް ދެމުން އަންނަނީ ގްރީކް އަކުރު ތަކުންނެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއްކަމަށެވެ. ޕްރިލިމިނަރީ ހެކިތަކަށް ބަލާއިރު އެހެން ވޭރިއަންޓް އޮފް ކޮންސަރން ގައި ހިމެނޭ ވޭރިއަންޓްތަކާއި އަޅާބަލައިރު އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު މިވޭރިއަންޓްގައި ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުނު ކޮވިޑްގެ ފަސް ވަނަ ވޭރިއަންޓެވެ. ވޭރިއަންޓް އޮފް ކޮންސަރން އަކީ އާބާދީގެ ބޮޑުބަޔަކަށް ޖެހި ކޮވިޑްގެ ހާލަތު ގޯސްވެދާނެކަމަށް ބެލެވޭ ހިސާބަށް ވޭރިއަންޓެއް ދިޔުމުން ލާ ކެޓަގަރީއެކެވެ.

ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނެފައިވަނީ މިވޭރިއަންޓް އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް ދެނެގަނެވިފައިވާކަމަށެވެ. އޭގެ ސަބަބެއްކަމަށް ބެލެވެނީ މިވޭރިއަންޓް އެހެން ފޯމެޓްތަކަށް ބަދަލު ހެދި ބޮޑުވުމުގެ ފުރުސަތު ބޮޑުވުން ވެދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓްތަކުން މިވޭރިއަންޓް ދެނެގަނެވޭކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓް ފެނުމާއެކު ޑަބްލިޔުއެޗްއޯއިން ވަނީ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ފިޔަވަޅު އަޅަންވާނީ ސައިންސްގެ މައްޗަށް ފެންނަ ހެކިތަކަށް ކަމަށް ބުނެފައެވެ.

އީޔޫ އާއި އެމެރިކާ ހިމެނޭ ގޮތަށް މިވޭރިއަންޓް ފެނުމާއެކު ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދެކުނު އެފްރިކާއިން އަންނަ ފްލައިޓްތަކުން އަންނަ މީހުން ޓެސްޓްކުރުމާއި ދެކުނު އެފްރިކާއަށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން

18 ޖުލައި 2017
މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން
10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
19 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ

19 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު