Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސްއޫލުވެރިން ނިދާފައިތިބެގެން ރައްޔިތުން ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވާހަކަ ނުދައްކާށެވެ.

އެޗްޕީއޭއާއި އެޗްއީއޯސީން ނޫސްވެރިންގެ ބައްދަލުވުމެއް މަހަކު އެއްފަހަރު ވެސް ނުބާއްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2021 | ހުކުރު 12:51
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން

އަބަދުވެސް އިވެނީ ފަރުދީ ޒިންމާގެ ވާހަކައެވެ. ކޮންމެ ކަމެއްވިޔަސް އެ ވާހަކައެވެ. މީހަކު ބާރަށް ވަޔެއް ލިޔަސް އެވާހަކައެވެ. ގަހެއްގެ ފަތެއް ހިލިލިޔަސް އެވާހަކައެވެ. މިއީ މިހާރު އަނގަމަތީ ބަހަކަށް ވެއްޖެއެވެ. ނަމަވެސް ފަރުދީ ޒިންމާ މުހިންމެވެ. އެއީ އެކަމުގެ ސަބަބުން ނިކުންނަ ނަތީޖާތައް ރަނގަޅުވީމައެވެ. ފަރުދީ ޒިންމާ އަދާކުރާށެވެ.

މިއަދު ދައްކަން މިއުޅެނީ ފަރުދީ ޒިންމާއަކީ ކޮބައިކަމާއި، ފަރުދީ ޒިންމާ އަދާކުރެވޭނެ ގޮތުގެ ވާހަކައެއް ނޫނެވެ. ފަރުދީ ޒިންމާ އަދާކުރަން ބަޔަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވާ އެވާހަކަ ދައްކާތީއެވެ. ހަނދުމަހަށް ހަނދު ބަލާ އުސޫލުން އެކަން ބަޔަކު ކުރާތީ އެވާހަކަ ދައްކާށެވެ. އާންމު މީހާ ފަރުދީ ޒިންމާ އަދާކުރާތީ ކޮންމެ ގޮތެއް ވިޔަސް މިއަދު މިހިސާބަށް މިތިބީ އާދެވިފައެވެ.

ކޮވިޑްގެ ވާހަކަ ދައްކާލަން ހިނގާށެވެ. 2020 ވަނަ އަހަރު ރާއްޖެއިން ކޮވިޑް ފެނުނު ހިސާބުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާ ފަރުދީ ޒިންމާ އަދާކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދިޔައީ އިރުޝާދު ދެމުންނެވެ. އެއާއެކު އާންމުންދިޔައީ ފަރުދީ ޒިންމާ އޭގެ އެންމެ ފުންމިނުގައި އަދާކުރަމުންނެވެ. އެއިރު ކަމާއިބެހޭ ފަރާތްތަކުން ވެސް ދިޔައީ އިރުޝާދު ދެމުންނެވެ. އެކި ގޮތްގޮތަށް މައުލޫމާތު ހާމަކުރަމުންނެވެ. އާންމުން ހޭލުންތެރިކުރަމުންނެވެ. ބަޔަކު ފަރުދީ ޒިންމާ އަދާކުރާނީ ވެސް މިހެން ކަންތައް ކުރުމުންނެވެ.

އިންސާނުންނަކީ ހަނދާންވެސް ނެތޭ ބަޔެކެވެ. ގާނޫނުތަކާއި ގަވާއިދުތައް ހަދާފައިވަނި އޭގައި އޮންނަ ގޮތަށް އަމަލުކުރަން އެންގުމަށެވެ. ހަމަ މި ބީދައިން ކަމާއިބެހެ ފަރާތްތަކުން ދައްކާ ވާހަކައަށްވެސް އާންމުން ބޯލަނބާނެއެވެ. ކޮވިޑުގައި ވެސް އެޗްޕީއޭ، އެންއީއޯސީ އަދި އެޗްއީއޯސީން ދެއްކި ވާހަކަތައް އާންމުން ކަނުލާ އަޑުއެހިއެވެ. އެންއީއޯސީ އުވާލެވި އެޗްއީއޯސީ އުފެދި ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވެ އެޗްޕީއޭ އަދި އެޗްއީއޯސީ ވުޖޫދުން ފަނޑުވާންދެންނެވެ.

އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވާން ފަށައިފިއެވެ. ކުރިއާއި ޚިލާފަށް މިފަހަރު އޮތީ އަތޮޅުތަކުގައެވެ. މަސް ދުވަސް ވެގެން ދިޔައިރު އާންމުން ހޭލުންތެރިކުރުވަން އެޗްޕީއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ސަރުދާރުލައްވާ ތަނެއްގައި އިއުލާނެއްވެސް މި ފަހަރު ނުހިއްޕައެވެ. އޮތީ ގަދަ ނިންޖެއްގައި ނިދާފައެވެ. ފަރުދީ ޒިންމާ އަދާކުރުމަށް ހަނދުމަކޮށްދޭން ތިބި މީހުން ނިދާފައި ތިބީމަ ދެން ފަރުދީ ޒިންމާ އަދާކުރާ މީހުން ކިހާވަރަކަށް އަދާކުރާނެ ހެއްޔެވެ.

މިހެން ދަމުންގޮސް އާންމުންގެ ޝަކުވާއާއި ރުޅިވެރިކަން އެޗްޕީއޭއަށް އަމާޒުވި ހިސާބުން އެޗްއީއޯސީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އެންމެ ފުރަތަމަ ވެސް ފެށީ ފަރުދީ ޒިންމާގެ ވާހަކައިންނެވެ. ދެންވެސް ތަކުރާރުވީ ހަމަ އެވާހަކައެވެ. ފަރުދީ ޒިންމާގެ ވާހަކައެވެ. ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ގޮސް ނިމެންދެން އޮތީ އާންމުން ކުށްވެރިވެފައެވެ. މިކަމުގައި މަސްއޫލިއްޔަތު އަދާކުރަން ތިބި މީހުންވީ ހުދު ކާފޫރަށެވެ. ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގެ މި ދަތުރުގައި ބަލި ފެތުރޭ މިންވަރާއި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްކުރެވި، ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ. ތެދެކެވެ. އެޗްޕީއޭ ހަމަ އިސްކޮޅަށް ތެދުވެ އެއިރު ކުރި މަސައްކަތުން ކާމިޔާބު ހޯދުނެވެ. އާންމުންނަށް ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުން ފަރުދީ ޒިންމާ ވެސް އަދާކުރިއެވެ.

ދެން ވިދާޅުވީ މި ހާލަތުން އިތުރަށް އަރައިގަނެ، ކޮވިޑުގެ ނުރައްކަލުން މުޅިން މިންޖުވުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފަރުދީ ޒިންމާ އަދާކުރުމަކީ އެންމެ މުހިންމު ބަހާ ކަމަށެވެ. އާނއެކެވެ. އެއީ އެންމެ މުހިންމު ބަހާއެވެ. އެކަމުގެ އެ ބަހާ އަދާކުރޭތޯ މިއަދު ބަލާނެ މީހަކު ނެތެވެ. ބޮޑު އެލަވަންސްތަކެއް ލިބުނު އިރު މި ބަހާއަށް އަމަލުކުރޭތޯ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ބެލިއެވެ. އެލަވަންސްކޮޅު ދެން ނުދޭނެ ކަމަށް ފިނޭންސުން ބުނި ހިސާބުން ބަހާގެ ވާހަކަވެސް މިވެރިން ނުދެއްކިއެވެ.

އަލާމާތް ހުން މީހުން ސާމްޕަލް ނުދިނުމާއި، ރޭންޑަމް ސާމްޕަލް ނުދޭ ވާހަކައަކީ އިއްޔެގެ މިއަދުގެ އައު ވާހަކައެއް ނޫނެވެ. އެއީ ކޮވިޑް ފެށިގެން އައި އިރުވެސް ދެކެވޭ ވާހަކައެވެ. ނަމަވެސް އެއިރު އެކަން ހައްލުވެފައި މިއަދު އެކަން ހައްލު ނުވެ ފަރުދީ ކަމެކޭ ބުނެ އެޗްއީއޯސީގެ އިސްވެރިންނަކަށް މިއަދު ނިންމާލެވޭކަށް ނެތެވެ. ގައުމީ ބޮޑު މައްސަލައެއް ހަވާލުކުރީމާ އެ ޒިންމާ އަދާކުރަންޖެހެއެވެ. އެއްގޮތެއް ނެތިއްޔާ ދެވަނަ ގޮތެއް ހޯދަން ޖެހެއެވެ. އެލަވަންސް ނުލިބުނަސް ލިބުނަސް ހަވާލުކުރެވޭ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވެން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު