Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެންޓާރާ 3 އައިލެންޑްސް ޕްރޮޖެކްޓް

ރާއްޖެއަކީ ކާރިސާތަކުން އަރައިގަތުމުގައި ކާމިޔާބު ހޯދާފައިވާ ގައުމެއްކަން ވަނީ ސާބިތުކޮށްދީފައި: އަސްލަމް

25 ނޮވެމްބަރު 2021 | ބުރާސްފަތި 16:53

ކާރިސާތަކުން އަރައިގަތުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 16:53
މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް

ރާއްޖެއަކީ މިހާތަނަށް ދިމާވެފައިވާ ބޮޑެތި ކާރިސާތަކުން އަަރައިގަތުމުގައި ކާމިޔާބު ހޯދާފައިވާ ގައުމެއްކަން ދުނިޔެއަށް ސާބިތުކޮށްދީފައިވާ ގައުމެއްކަމަށާއި ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް އެބައޮތްކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހިއްކައިގެން ތަރައްގީކުރި 3 ރަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުކަމުގައިވާ "ސަންޓާރާ 3 އައިލެންޑްސް ޕްރޮޖެކްޓް" ޝަރަފްވެރިކޮށް ދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ، ރާއްޖެއަކީ ބޮޑެތި ކާރިސާތަކުން އަރައިގަތުމުގައި ފަސޭހަކަމާއެކު ކާމިޔާބު ހޯދާ ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ތަފާތު ކަންކަން ހުރިކަން ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، 2008 އަދި 2009ގައި ދުނިޔެއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއި، މިހާރު މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ ކޮވިޑް-19ގެ ޕެންޑަމިކުން އަރައިގަތުމުގައި ރާއްޖެއިން ކާމިޔާބު ހޯދާފައިވާކަމަށާއި، ރާއްޖޭގައި އެގާބިލްކަން އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކާމިޔާބު ހޯދާފައިވާއިރު، ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ދުނިޔެއަށް ދެއްކި ދެއްކުމުގައިވެސް ކާމިޔާބު ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އައި މިންވަރަށް މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނައިރު، އެއީ ކުރިން އެންމެ ބޮޑު އެއް މާކެޓްގެ ގޮތުގައި ބެލެވުނު ޗައިނާގެ މާކެޓާ ނުލައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ފަޅުތެރޭގައި ތިން ރަށެއް ހިއްކައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާއިރު، މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ އަސަރުތަކުން އަރައިގަތުމަށްވެސް ހައްލެއްގެ ގޮތުގައި ބެލެވިގެންދާކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހިއްކައިގެން ރަށްތަކެއް ތަރައްގީކޮށްފައިވާތީ، އެކަންކަމުގެ މައްޗަށް ސަމާލުވުމަށް މިނިސްޓަރ ވަނީ، މިތަން ހިންގުމާ ހަވާލުވާ ސަންޓާރާގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްޓީސީސީން ދެ އަހަރުގެ ތެރޭގައި މިރަށްތައް ތަރައްްގީކޮށްފައިވާއިރު، މިނިސްޓަރ ވިދާޅުވީ، ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކުން މިފަދަ ބޮޑު މަސައްކަތެއް ކާމިޔާބު ކަމާއެކު ނިންމާލުމުން އެކަމާ ފަޚުރުވެރިވާކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު

19 މާރިޗު 2017
 ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
05 މާރިޗު 2017

އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު:ހަސަން ލަތީފް

05 މާރިޗު 2017
އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު:ހަސަން ލަތީފް
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
11 ފެބުރުއަރީ 2017

އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް

11 ފެބުރުއަރީ 2017
އިންތިޚާބުތައް ކާމިޔާބުކުރަން އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާއަށް ވާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް