Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޔޫއޯ ޖަލްސާ

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ކައުންސިލްތަކަށް އަލުން ބާރުތައް ދޭނެ ކަމަށް ވިދާޅުވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2017 | ހުކުރު 03:16
ތިނަދޫގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވާހަކަ ދައްކަވަނީ

ތިނަދޫގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވާހަކަ ދައްކަވަނީ

އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރުމުގައި ގެންގުޅެނީ ނަތީޖާ ހާސިލް ކުރެވޭނެ ގޮތްތައް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އެމްޔޫއޯއިން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން އިންތިހާބުތަށް ކާމިޔާބު ކުރުމުގައި ގެންގުޅެނީ ސައިންޓިފިކް ގޮތްތަކެއް ކަމަށާއި އެއީ ވަރަށް ދިރާސާކޮށްގެން ގެންގުޅޭ އުކުޅުތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެޕާޓީން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ އިރު ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް ވަރުބަލި ކަމެއް ނެތި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އިންތިހާބު މިއީ އިންތިހާއަށް މުހިއްމު އިންތިހާބެއް. މިއީ ވަރަށް މާތް މަގުސަދެއްގައި ހާސިލްކުރަން ބޭނުންވާ ކަމެއް،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ހައްގުތައް ހޯދައި ދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެޕާޓީން ކާމިޔާބު ކުރުމަށް ފަހު، ކައުންސިލަރުންނަށް އެފަރާތްތަކަށް ގާނޫނީ ގޮތުން ލިބިދީފައިވާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ކެމްޕެއިން ކުރުމުގައި ދޮރުން ދޮރަށް، ރަށުންރަށަށްވެސް ދާނެ ކަމަށާއި އެ މަސައްކަތް ކުރަނީ ރައްޔިތުންގެ ކަންކަން އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ގޮތަށް ހޯދުމަށް ކަމަށެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއަހާ، އެކަންކަން ސިޔާސަތުތަކަށް ބަދަލުކޮށް، ހާސިލްކޮށްދިނުމަކީ އެމްޑީޕީން ގެންގުޅޭ އުސޫލުކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގދ ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރުމުން މިއަދު ފެނިގެންދަނީ ރައްޔިތުން އިންތިހާއަށް މާޔޫސްވެފައިވާ މަންޒަރުކަމަށާއި ތަކެތީގެ އަގާއި ކަރަންޓްގެ އަގު އުފުލިގެން ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަން ހަސަން ލަތީފު ފާހަގަކުރެއްވި އެވެ.

ތިނަދޫ އިން އެމްޑީޕީއަށް ކައުންސިލް ކާމިޔާބު ކުރެވޭނެ ކަމަގެ ފުރިހަމަ ޔަގީންކަން ފެނިގެންދާ ކަމަށާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ރަށުގެ ރައްޔިތުން ނޫނެކޭ ބުނުމަކީ އެމްޑީޕީން ކުރާ މަސައްކަތަށް ލިބޭ ބޮޑު ހިއްވަރެއް ކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

08 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ

ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ

05 މެއި 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު