Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ށ ދަތުރު

އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރު ވަރަށް ކާމިޔާބު:ހަސަން ލަތީފް

5 މާރިޗު 2017 | އާދީއްތަ 17:35

އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މެމްބަރުންވެސް ސަރުކާރާ މެދު ނުރުހޭކަން ހާމަވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 މާރިޗު 2017 | އާދީއްތަ 17:35
އެމްޑީޕީގެ ޓީމަށް ށ ފީވަކުން މަރުހަބާ ކިޔަނީ

އެމްޑީޕީގެ ޓީމަށް ށ ފީވަކުން މަރުހަބާ ކިޔަނީ

ލޯކަލް ކައުންސިލް އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ށ އަތޮޅަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އެދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ އެމްވީއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ދަތުރުގައި ފުރަތަމަ ހުކުރު ދުވަހުގެ މެންދުރެއްހާއިރު ދިޔައީ އެއަތޮޅު މިލަންދޫއިންނެވެ. ހުކުރަށްފަހު އެރަށުގައި އެމްޑީޕީން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުން ވާދަ ކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހިނގާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެމްޑީޕީގެ ކެނޑިޑޭޓުންނާމެދު ދެކޭގޮތް ވަނީ ހޯދާފައެވެ.

މިލަންދޫއިން އެމްޑީޕީގެ ޓީމު ދެން ދިޔައީ އެއަތޮޅު ފޯކައިދޫއަށެވެ. ފޯކައިދޫއަށް އެމްޑީޕީގެ ޓީމު ދިއުމާއެކު އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެމްޑީޕީއަށް މަރުހަބާ ކިޔާފައިވާއިރު ށ އަތޮޅުގައި ބޭއްވި ބޮޑު ޖަލްސާ ބޭއްވީ އެރޭ 9:30 ގައި ފޯކައިދޫ އެމްޑީޕީ ހަރުގޭގައެވެ.

ހިމަފޮދު ވާރޭ ވެހެމުން ދިޔަ ނަމަވެސް މިޖަލްސާއަށް ގިނަ ބަޔަކު ހާޒިރުވިއިރު ހަރުގެއިން ބޭރުގައި ތިބި މީހުންވެސް ވިއްސާރައިގެ ސަބަބުން ޖަލްސާ ދޫކޮށް ގޮސްފައެއް ނުވެއެވެ. ވާރޭގައި ތިބެ ޖަލްސާގައި ބައިވެރިވި ގިނަބަޔަކާއެކު ޖަލްސާ ވެގެން ދިޔައީ އަދުގެ ޙާލަތު ބަޔާންކޮށް ޚާއްޞަކޮށް ފޯކައިދޫގެ ހާލަތު ބަޔާންކޮށްދިން ފޯރިގަދަ ޖަލްސާއަކަށެވެ.

ހޮނިހިރު ދުވަހު އެމްޑީޕީގެ ޓީމު ދިޔައީ އެއަތޮޅު މާއުނގޫދޫ އަށެވެ. މާއުނގޫދޫންވެސް އެމްޑީޕީގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެރަށުގައިވެސް އެމްޑީޕީން ވަނީ އެޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޓީމުތަކަކަށް ބަހާލައިގެން ދޮރުން ދޮރަށް ހިނގާފައެވެ. އެރަށުން އެމްޑީޕީގެ ޓީމު ދެބަޔަކަށް ބަހާލުމަށް ފަހު އެއްބަޔަކު ގޮސްފައިވަނީ ށ އަތޮޅު ބިލެތްފައްސަށެވެ. އަނެއް ޓީމު ގޮސްފައިވަނީ ރ އަތޮޅު މާކުރަތަށެވެ. މާކުރަތު ހަރުގޭގައި ކަންމަތީ ޖަލްސާއެއް ބާއްވާފައިވާއިރު ދެވަނަ ޓީމުން ވަނީ ބިލެތްފަހީގައި ދޮރުން ދޮރަށް ހިނގާ ތާއީދު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ މި ދަތުރުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މެންބަރުންވެސް ސަރުކާރާމެދު ނުރުހޭ ނުރުހުން ކަމަށާއި ސަރުކާރުން ކަންކުރަމުންދާ ގޮތުން ހިތްހަމަނުޖެހިފައި ތިބިކަން އެނގިގެން ދިޔަ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ މިދަތުރަށްފަހު ކުރިއަށްވުރެވެސް ބޮޑަށް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިދާނެ ކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށާއި ށ އަތޮޅުގެ ރަށްތަކުން މިލިބުނު ކާމިޔާބީއަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް