Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

މިމަހުވެސް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

25 ނޮވެމްބަރު 2021 | ބުރާސްފަތި 07:35

މިމަހު 109،315 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 07:35
ފަތުރުވެރިން

ފަތުރުވެރިން

މިހިނގާ ނޮވެމްބަރު މަހުގެ 23 ގެ ނިޔަލަށް މިމަހު 109،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، 109،315 އަށް އަރާއިރު، ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިން 5.1 އިންސައްތަ އިތުރު ކަމަށެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 103،981 ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4،753 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ރެކޯޑުކުރެވިފައިވާކަމަށެވެ. އަދި އެމީހުން 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް ހާމަކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،122،243 އަށް އަރާފައެވެ. ޖުލައި މަހުން ފެށިގެން ކޮންމެ މަހަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ އެއް ލައްކައިން މަތީގައެވެ. އެގޮތުން ޖުލައި މަހު 101،818 ފަތުރުވެރިން އައިސްފައިވާއިރު، އޮގަސްޓު މަހު 143،599 ފަތުރުވެރިން، ސެޕްޓެމްބަރު މަހު 114،896 ފަތުރުވެރިން، އޮކްޓޯބަރު މަހު 142،066 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއަށްފަހު ޖަރުމަނު، އެމެރިކާ، އިނގިރޭސިވިލާތް، ސައުދީ އަރަބިއާ، ސްޕެއިން، ޔޫކްރެއިން، ފްރާންސް އަދި ސްވިޒަރލޭންޑް މި ލިސްޓުގައި ހިމެނެއެވެ.

2020 ވަނަ އަހަރުގެ ޖުލައި 15 ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތް ފަހުން މިއަދާ ހަމައަށް އައިއިރު، 910 ޓުއަރިސްޓު ފެސިލިޓީއަކުން ޚިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 160 ރިސޯޓު، 596 ގެސްޓްހައުސް، 144 ސަފާރީ، 10 ހޮޓެލް އެވެ. މި 910 ތަނުން ޖުމްލަ 51،922 އެނދު ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ މިއަހަރު ނިމުމުގެ ކުރިން 1 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު މި އަމާޒަށް ވާސިލުވެވިފައިވާއިރު، ސަރުކާރުން ވަނީ އައު އަމާޒެއް ކަނޑައަޅައި، 1.3 މިލިއަން ފަތުރުވެރިން ގެންނަން މަސައްކަތްކުރުމަށް ނިންމާފައެވެ. މި އަމާޒަށް ވާސިލުވެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް