Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑު ޚިޔާނާތް

އެމްއެމްޕީއާރްސީ މައްސަލައާ ގުޅުންހުރި ފައިސާތަކެއް ދައުލަތަށް އަނބުރާ ދައްކަން ހުކުމް ކޮށްފި

25 ނޮވެމްބަރު 2021 | ބުރާސްފަތި 06:46

ސިވިލް ކޯޓުގައި ދައުވާކުރުމުން، އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައުލަތަށް ނަގައިދޭން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 06:46
އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް މަސައްކަތް ކުރޭ

އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް މަސައްކަތް ކުރޭ

އެމްއެމްޕީއާރްސީ މައްސަލައާއި ގުޅުންހުރި ފައިސާ ތަކެއް ދައުލަތަށް އަނބުރާ ދައްކަން ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ބުދަ ދުވަހު ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އދ. ފުށިދިއްގާ (ރަށްދިއްގާ) 50 އަހަރަށް ކުއްޔަށް ނެގުމަށްޓަކައި، އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދެއްކި 50,000 ޑޮލަރު އޭރު އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ އާއިލާގެ މީހެއްގެ ކުންފުންޏަކަށް ޖަމާކޮށްފައިވާތީ، އެ ފައިސާ ދައުލަތަށް އަނބުރާ ދެއްކުމަށެވެ. އެގޮތުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ސިވިލް ކޯޓަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

Advertisement - newsAdvertisement

މި ފައިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން، އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައުލަތަށް ނަގައިދޭން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމްގައިވާ ގޮތުގައި އެ ޗެކަކީ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެމް.އެމް.ޕީ.އާރު.ސީއަށް ދޫކޮށްފައިވީ ޗެކެއް ނަމަވެސް، ޗެކުގައި އެކައުންޓް ޕޭއީ ނުޖަހައި ދެވުމުގެ ސަބަބުން އެ ޗެކް އެމް.އެޗް.އާރު ޓްރޭޑިންގ ކިޔާ ކުންފުންޏެއްގެ ނަމުގައި ޖަމާވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯޓަށް ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، އެމްއެމްޕީއާރްސީން އެޗް.އެމް.އެޗް.އައި ކޮމްޕެނީއަށް ފޮނުވާފައިވާ ސިޓީގައި އދ.ފުށިދިއްގާ ކުއްޔަށް ނެގުމަށް އެ ކޮމްޕެނީން ދޫކުރި ޗެކް ލިބިފައިވާ ކަމުގައި ބުނެ އެމްއެމްޕީއާރްސީގެ ފަރާތުން އަބްދުﷲ ޒިޔަތު ސޮއި ކޮށްފައިވާކަން އެނގެއެވެ. އަދި އެ ޗެކް ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެމް.އެޗް.އާރުގެ އެކައުންޓަށް ޖަމާވެފައިވާކަން އެ ބޭންކުން ފޮނުވާފައިވާ ސިޓީއަކުންނާއި އެމްއެޗްއާރްގެ ބޭންކް ސްޓޭޓްމެންޓުން އެނގެއެވެ. އަދި ހުށަހެޅުނު ލިޔެކިޔުންތަކުން އެ ޗެކަކީ، އެޗް.އެމް.އެޗް.އައި ކުންފުނިން އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކެއްކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ވެއެވެ.

އެ ޗެކް ޖަމާވި އެމް.އެޗް.އާރް ޓްރޭޑިންގ އަކީ އަބްދުﷲ ޒިޔަތުގެ ބޮޑުބޭބެގެ ކުންފުންޏެކެވެ.

އެމް.އެޗް.އާރް ޓްރޭޑިންގެ ފަރާތުން އައު ހެކީގެ ގޮތުގައި އޭސީސީގެ ތަހުގީގު ރިޕޯޓުގެ ބައެއް ސަފްހާ ހުށަހެޅިއެވެ. އެ ރިޕޯޓުގައި ޒިޔަތު ފާހަގަކޮށްފައިވާ ބައެއް ކަންކަން ވަނީ ހުށަހަޅާފައެވެ. އދ.ފުށިދިއްގާއާ ގުޅިގެން އެ ރިޕޯރޓުގައިވާ މައިގަނޑު ނުކުތާގެ ދަށުން ފާހަގަކޮށްފައިވާ ހުރި ވާހަކަތަކަށް ބަލާއިރުވެސް އެ ޗެކްގެ ފައިސާ އެމް.އެޗް.އާރު އަށް ހައްގުވާ ގޮތެއް އެނގޭފަދަ މުއާމަލާތަކާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށް ހުކުމުގައި ވެއެވެ.

ޒިޔަތު ވަނީ ފުށިދިއްގާއާ ގުޅޭ މުއާމަލާތްތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައެވެ. ނަމަވެސް އެ ބަޔާނުގައި ޗެކްގައި އެމް.އެޗް.އާރް ޖެހީ ކީއްވެކަން ނޭނގޭ ކަމާއި އެ ޗެކާ ހަވާލުވި ހަނދާނެއް ނެތް ކަމަށް ޒިޔަތު ބުނެފައިވެއެވެ.

އެ ކުންފުންޏަކީ ޒިޔަތުގެ ބޮޑުބޭބެއެއްގެ އާއިލާ މީހެއްގެ ކުންފުންޏެއްކަން އޭނާގެ ބަހުން ވެސް އެނގެން އޮތްއިރު, މުއާމަލާތް ހިނގާފައިވާ ގޮތް ކަމަށް ދައުލަތުން ބުނަމުން އަންނަ ބުނުމުގެ ތެދު ކަމަށް އިތުރު ބުރަދަނެއް ލިބޭ ކަމަށް ހުކުމްގައިވެއެވެ.

އެ ޗެކް އެމް.އެޗް.އާރުގެ އެކައުންޓަށް ޖަމާވެފައިވާކަން ނަފީވެގެންދާފަދަ ކަމެއްވެސް ނެތެ ކަމަށް ބުނެފައިވެއެވެ.

އެމް.އެޗް.އާރުން މަސައްކަތް ކޮށްފައިވަނީ އެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ލިބުނު ޗެކެއްކަން ސާބިތުކޮށްދިނުމަށެވެ. ނަމަވެސް, އެކަން އެ ކުންފުނިން ހުށަހެޅި ލިޔުންތަކުން ސާބިތު ކޮށްދެވިފައެއް ނުވެއެވެ..

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 މެއި 2017

ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ

01 މެއި 2017
ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
22 މާރިޗު 2017

އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް

22 މާރިޗު 2017
އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް