Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާރާތްކުރުމުގެ ބިލް

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

މި ބިލް މަޖިލީހަށް ހުށަހެޅީވެސް މިއަދުގެ ޖަލްސާގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އެޕްރީލު 2017 | ބުދަ 21:54
ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން

އިމާރާތް ކުރުމުގެ ބިލަކީ ރައްޔިތުން ޖޫރިމަނާ ތަކަކުން ދައުލަތަށް ފައިސާ ވަންނާނެ ގޮތަކަށް ހުށަހަޅަފައިވާ ބިލެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމުގެ ގާނޫނަށް އިބްތިދާއީ ބަހުސް ކުރައްވަމުން އެބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ މިއީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގުޅިގެން ހިންގާ ބޮޑެތި މަރީމާތަކަށް އިތުރުކުރާ ކަމެއް ކަމަށެވެ.

އެ ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ އިމާރާތް ކުރުމުގެ ބިލަކީ މުހިއްމު ބިލެއް ކަމަށާއި ނަމަވެސް މައްސަލައަކީ އެބިލްގައިވާ ޖޫރިމަނާތަކާއި އިމާރާތްކުރާ ކުދި އަދި މެދުފަންތީގެ ކުންފުނިތަކާއި އާއްމު ރައްޔިތުންނަށް މިބިލުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށެވެ.

އެބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަފައިވާ ބުދަ ދުވަހު ހެނދުނު ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި އެބިލްގެ ފުރަތަމަކިޔުން އިއްވާ، ހަމަ މިޖަލްސާގައި އެބިލަށް ބަހުސް ކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެހުމުން އެބިލަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްވުމާއި ގުޅިގެން އެބިލަށް ބަހުސް ކުރުމަށް މެމްބަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެބިލަށް ބަހުސް ކުރުން ނިންމާލުމަށްފަހު، ހަމަ މިޖަލްސާގައި ވަނީ އެބިލް މަޖިލީހަށް ބަލައިގަންނަށް ފެންނަ ކަމަށް ފާސްކޮށް، މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ.

އެބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުމުން ހަމަ ބުދަ ދުވަހު ހަވީރު ވަނީ ގައުމީ ތަރައްގީގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ މާގިނަ އިރުތަކެއްނުވެ، އެބިލަށް މާބޮޑެތި ބަދަލުތަކެއް ގެނައުމަކާނުލާ ކޮމެޓީން ވަނީ އެބިލް ފާސްކޮށްފަ އެވެ.

އިމާރާތްކުރުމުގެ ބިލްގައި 99 މާއްދާ ވެއެވެ. އަދި 65 ސޮފްހާގެ މައްޗަށް އެކުލެވޭ އެބިލް މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ނަގާފައިވަނީ އެންމެ ދިހަ ވަރަކަށް މިނެޓް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައިވެއެވެ.

އެބިލް މަޖިލީހުން ދިރާސާކޮށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ބުދަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން ޖަލްސާގެ ރިޔަސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ބުދަ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެކަން އިއުލާން ކުރައްވާފަ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ އެޖެންޑަގައި ހަމައެކަނި ހިނަމާފައިވަނީ ވެސް ގައުމީ ތަރައްގީގެ ކޮމެޓީން އިމާރާތް ކުރުމުގެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.

ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި އެ ރިޕޯޓަށް ބަހުސްކުރުމަށް މެމްބަރުންނަށް އެއްގަޑިއިރުގެ ފުރުސަތު ދެއްވުމަށްފަހު، މިޖަލްސާގައިވަނީ އިމާރާތްކުރުގެ ބިލް މަޖިލީހުން ފާސްކުރުމަށް ވޯޓަށް ވެސް އަހާފަ އެވެ.

އިމާރާތްކުރުގެ ބިލް ފާސްކޮށްފައިވަނީ 44 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު