Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް އިބްރާހީމް

ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ

ގާސިމް ބަންދުގެ މައްސަލާގައި ހުކުމް ކުރުން ތާވަލް ކޮށްފައި ވަނީ މާދަމާ މެދުރު ފަހު 1:30 އަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 1 މެއި 2017 | ހޯމަ 17:35
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަންދުކުރި މައްސަލައިގައި ހުކުމް ކުރުން މާދަމާ އަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދަށް 15 ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ހައިކޯޓުގައި އެންމެ ފަހުން ބާއްވާފައި ވަނީ އާދީއްތަ ދުވަހު މެންދުރު 1:45 ގައެވެ. އަދި އެ ދުވަހުގެ އަޑުއެހުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ މައްސަލައިގެ ހުކުމް ކުރުން ބާއްވާނެ ތާރީހެއް އިއުލާން ކުރައްވާނެ ކަމަށެވެ. އެގޮތުން ގާސިމް ބަންދު ކުރި މައްސަލައާ މެދު ހުކުމް ކުރުން ހައިކޯޓުފައި ތާވަލް ކޮށްފައި ވަނީ ހޯމަ ދުވަހު މެންދު 1:30 އަށެވެ.

ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައި ވެއެވެ.

ގާސިމް ބަންދުގެ ކުރި މައްސަލަިއގެ އިސްތިއުނާފްހެ ޝަރީއަތަށް ފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހިސާން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ އޮތް ޝަރީއަތުގެ އަޑު އެހުމުގައި ގިނަ ކަންތައްތަކެއް ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން އަމުރުގެ ސައްހަކަމާ މެދު ގޮތެއް ނިންމެވުމަށް އިންނެވި ގާޒީ އަކީ އަމުރު ނެރުއްވި ފަރާތަށް ވާތީ އެކަން ފާހަގަކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ.

އިމްތިޔާޒް ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި އަމަލުކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިމްތިޔާޒު ގާނޫނުގައި ބަންދާ މެދު ގޮތެއް ނިންމެވުމަށް ވެސް ކޯޓަށް ހުށަހަޅަން ޖެހެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށްވާ އިރު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފައި ވަނީ ފުލުހުން ކަމަށެވެ. މީގެ އިތުރުން ގާސިމް ބަންދުގައި ބަހައްޓާފައިވަނީ އެއްވެސް ހެއްކެތް ނެތި ކަމަށް ހިސާން ވިދާޅުވި އެވެ.

"ބަންދުގެ މުއްދަތުގެ މަޖިލީސް ބަންދުކުރެވިގެން ސިއްރުކުރެވިގެން ހިންގިފައި ވަނީ ގާނޫނީ އިޖުރާއަތްތަކާއި ހިލާފަށް. ދެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ދެއްކެވި ވާހަކަފުޅުގައި، ފާހަގަކޮށްލަން ބޭނުން އެބޭފުޅުންވެސް ފާހަގަކޮށްފައިވޭ، މޯލްޑިވްސް ޕޮލިސް ސަރވިސް އިންކަން ފޯމް ހުށަހެޅީ ކްރިމިނަލް ކޯޓަށް، ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި. އެއްވެސް ލިޔެކިއުމެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އެކަމާ ގުޅިގެން ފޮނުވާފައިނުވާނެ ކަމައި ހަމައެކަނި އަނގަބަހުން ކަމަށް އެދިފައިވާ އެދުމެއް އެދިފައި ވަނީ." ހިސާން ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އަނގަބަހުން ކޯޓު އަމުރު ނެރުމަށް އެންގި ކަމަށް ބުނެފައިވާ އިރު، އާއްމުގޮތެއްގައި ކޯޓު އަމުރު ނެރުމަށާއި މުއްދަތު އިތުރު ކުރަނީ ލިޔުމުން ހުށަހަޅާއިގެންނެވެ. މީގެ އިތުރުން މީހަކު ހައްޔަރު ކުރުމަށް ނެރޭ އަމުރެއްގެ ސައްހަކަމާއި މެދު ގޮތެއް ނިންމުމަށް އިނުމަކީ މައްސަލައެއް ނޫން ކަމަށް ޕީޖީ އޮފީހުގެ ގާނޫނީ ވަކީލުން ހާމަކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

" ދުނިޔޭގައި ކުރިއަރާފައިވާ މުޖުތަމައުތަކުގަ އާއި އަދި އަޅުގަނޑުމެންގެ ކޯޓުތަކުގައި އާއްމުކޮށް އަމަލުކުރާ އުސޫލުތަކަށްބަލާ އިރު، މިސާލަކަށް ދަންނަވާނަމަ ހައިކޯޓުގައިވެސް އެއް މައްސަލައެއް ނިންމަވާ ފަނޑިޔާރަކު އެމައްސަލައާއި ގުޅިގެން ހުށަހެޅޭ އެހެން މައްސަލަތަކުގައިވެސް ބެންޗުގައި ބައިވެރިވެވަޑައި ނުގަންނަވާކަން ފާހަގަކުރިން." ހިސާން ވިދާޅުވި އެވެ

އޭޕްރީލް 6 ގައި ގާސިމް ބަންދުކުރި މައްސަލައިގައި ހައިކޯޓުން ވަނީ އިމްތިޔާޒުގެ ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ކަނޑައަޅާފަ އެވެ. އެއާއެކު އެފަހަރު ގާސިމް ދޫކޮށްލުމަށް ފަހު، އޭޕްރީލް 20 ވަނަ ދުވަހު އަލުން ހައްޔަރުކުރި އެވެ. އެއަށް ފަހު، ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިދީފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު