Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ވެކްސިން ކަވަރޭޖް

9 ރަށެއް ފިޔަވައި ހުރިހާ ރަށަކުން 90 އިންސައްތައަށްވުރެ އިތުރަށް ވެކްސިން ފުރިހަމަކޮށްފި

24 ނޮވެމްބަރު 2021 | ބުދަ 12:51

2 ވަނަ ޑޯޒް ޖެހިތާ 6 މަސް ވެފައިވާ މީހުން ބޫސްޓަރ ޑޯޒް ވީ އެންމެ އަވަހަކަށް ޖެހުމަށް އިލްތިމާސްކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ނޮވެމްބަރު 2021 | ބުދަ 12:51
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ކޮވިޑް-19 އާއި ދެކޮޅަށް ފެށި ވެކްސިން ކެމްޕޭންގެ ތެރެއިން، ރާއްޖޭގެ 9 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ވެސް 90 އިންސައްތައަށްވުރެ މަތިން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ ރާއްޖޭގެ ވެކްސިން ކަވަރޭޖަށް ބަލާއިރު، ރާއްޖޭގެ 9 ރަށެއް ފިޔަވައި ހުރިހާ ރަށަކުން 90 އިންސައްރައަށްވުރެ އިތުރަށް ކަވަރޭޖް ހަމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް 178 ރަށަކުން ވަނީ ވެކްސިންގެ 90 އިންސައްތައަށްވުރެ މަތިން ކަވަރޭޖް ހަމަކޮށްފައެވެ.

Advertisement - newsAdvertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް ފުރަތަމަ ޑޯޒް 395،000ށް ވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. އަދި މީގެ ތެރެއިން 362،000ށް ވުރެ ގިނަ މީހުން ވެކްސިން ވަނީ ފުރިހަމަކޮށްފައެވެ. ގުރައިޝާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް 7200ށް ވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާ ކަމަށެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ. އެއީ ރާއްޖޭގައި ދޭ ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް، އެސްޓްރަޒްނިކާ، ސިނޮފާމް އަދި ފައިޒާ ވެކްސިންގެ ތެރެއިން ވެކްސިނެއް ޖަހާފައިވީ ނަމަވެސް، ދެވަނަ ޑޯޒް ޖަހާފައިވާ ފަހުން 6 މަސް ވެފައިވާ މީހުންނަށެވެ.

ގުރައިޝާ ވިދާޅުވީ މިހާރު ބޫސްޓަރ ޑޯޒް ދެމުން އަންނަ މީހުންގެ އިތުރުން އިތުރު ކެޓަގަރީތަށް ކުރިއަށް އޮތްތަނުގައި ހުޅުވާލާނެ ކަމަށެވެ. އަދި ބޫސްޓަރ ޑޯޒްގެ މުހިންމުކަން ތަފާސް ހިސާބުތަކުން ފެންނަ އެބަހުރި ކަމަށާއި، ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން، އުމުރުން 60 އަހަރުގެ މީހުންގެ ތެރެއިން 2 ޑޯޒް ޖަހާފައިވާ މީހުންގެ ސިވިއަރިޓީ ބޫސްޓަރ ޑޯޒް ޖަހާފައިވާ މީހުންގެ ސިވިއަރިޓީ ދަށް ކަމަށެވެ.

ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ޖަހަމުން ދަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭއިންނެވެ.

ކޮވިޑް-19 ވެކްސިންކޮވިޝީލްޑް ވެކްސިންވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
02 ޖެނުއަރީ 2024

މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި

02 ޖެނުއަރީ 2024
މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި
01 ޑިސެމްބަރު 2023

މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި

01 ޑިސެމްބަރު 2023
މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި
14 މާރިޗު 2023

ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2023
ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް