Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާތަ ނޫނީ ޗައިނާތަ؟

ރާއްޖެއަށް ބޮޑަށް ރަނގަޅީ އިންޑިއާތަ, ނޫނީ ޗައިނާތަ؟

އެކި މަސައްކަތްތަކުގައި އިންޑިއާ މީހުން ރާއްޖޭގައި އުޅޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 10:57
ޗައިނާއާއި އިންޑިއާ ބަހުސަކީ ވަރަށް އާންމު ބަހުސަކަށް ވަނީ ވެފައި

ޗައިނާއާއި އިންޑިއާ ބަހުސަކީ ވަރަށް އާންމު ބަހުސަކަށް ވަނީ ވެފައި

އެތޯ ހެވީ، މިތޯ ރަނގަޅީ މިއީ އަބަދުވެސް އޮންނަ ދެގޮތެވެ. އެއްވެސް ކަމެއް ހުރިހާ އެންމެންނަކަށް ރަނގަޅެއް ނުވާނެއެވެ. ބަޔަކަށް ކަމެއް ރަނގަޅުވާއިރު ކޮންމެވެސް އެއްބަޔަކު އެކަމަކާ ހިތްހަމަ ނުޖެހޭނެއެވެ.

އެ ބީދައިން ބަލާއިރު މިއަދު އިދިކޮޅުން އެންމެ ބާރަށް ގޮވާ އެކައްޗަކީ "އިންޑިއާ އައުޓް"އެވެ. މިއީ މައްސަލައެއް ނޫނެވެ. ކުރިއާ ޚިލާފަށް ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެގެން މިހާރު ބަންދެން ނުކުރާނެއެވެ. ގައިމުވެސް އެޔަގީންކަން އެބައޮތެވެ. ޓީވީ ޗެނަލަކަށް ބޮޑު ޖޫރިމަނާއެއް ނާންނާނެއެވެ. އެކަން ސާފެވެ. ނޫހަކަށް ލިބޭނެ އިންޒާރެއް ނޯންނާނެއެވެ. އެކަން ހާމަވެއެވެ. އެހެންވީމާ އިދިކޮޅުގައި ތިބެގެން ސަރުކާރު ޒިންމާދާރު ކުރުވަންވިއަސް އަދި އިދިކޮޅު މީހުން ހިތްހަމަޖައްސާ ކްރައުޑް ހިފަހައްޓަންވިއަސް ހަމަ ކުރިއަށްދާންވީއެވެ.

އެކަމަކު އިންޑިއާ އައުޓް ގޮވާ ބަޔަކު މީގެ 3 އަހަރެއްހާ ދުވަސްކުރިން ކަންކުރި ގޮތް އަމިއްލައަށް ހަނދާނަށް ގެނައުން ބުއްދިވެރިއެވެ. ކިޔާނެ އެއްޗެއް ކިޔާލަން ގޮވާނެ އެއްޗެއް ގޮވާލަން މައުލޫމާތު އިތުރުވެފައި ފަސޭހަ ވާނެތީއެވެ.

ޕީޕީއެމް ސަރުކާރުން ޗައިނާއާއެކު ބޭއްވީކީ އަމަށަކު ގާތް ގުޅުމެއް ނޫނެވެ. ހުޅުމާލެއަށް އެކަނި ބަލާލާށެވެ. ބޮޑެތި ގިނަ ޕްރޮޖެކްޓްތައް އެއޮތީ ޗައިނާ އަތުގައެވެ. ކުރެހުމުގައި އޮވެ ނިމުނު އިރު ދެލޭނެއްވަރު މަދުވިއަސް ވަރިހަމައެވެ. ބޮޑު ސިންގާހާ ލޯނެއް ނަގައިގެން ބްރިޖް އެޅުވީ ޗައިނާ ލައްވައެވެ. އުސްފަސްގަނޑު އޮތީ ޗައިނާގެ މަސައްކަތު މީހުންނަށް ހިތަކަށް ދީފައެވެ. ގެނައި މުވައްޒަފުންގެ ތެރޭގައި ޖަލުތަކުގައި ތިބި ބޮޑެތި ކުށްވެރިންވެސް ތިއްބެވެ. އަމުދުން އެކަމުގައި ބޭނުންކުރި ވެހިކަލްތަކުގައި ނަންބަރު ބޯޑުވެސް ނެތެވެ. ފީސަބީލިއްލާހިއަށް ތަކެތި އެތެރެކުރުމުގެ ހުއްދަ ދީފައިއޮތްއިރު ބްރިޖަށް ބޭނުންވި ތަކެތީގެ އިތުރުން ގެނެސްގެން ވިއްކި މުދަލުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ. އިތުރަށް ދެން އެވާހަކަ ދައްކާކަށް ނެތީމެވެ. މިއުޅެނީކީ ޗައިނާއާ އޮތް ގާތް ގުޅުން ގޯހޭ ބުނާކަށް ނޫނެވެ. އަދި ލޯނާއި ހިލޭ އެހީން ނަމަވެސް ކޮށްދީފައިހުރި ކަންކަން ގޯހޭ ބުނާކަށްވެސް ނުމެނޫންމެއެވެ.

މިސަރުކާރުންވެސް އިންޑިއާއެކު ސުމާރެއް ނެތްހާ ގާތްގުޅުމެއް އެބައޮތެވެ. ރާއްޖެއާ ގުޅުން އޮންނަ އެހެން ގައުމުތަކަށްވުރެ އެމީހުންގެ އެހީތައް ގިނަވެފައި މިތަނުގައި ހިންގާ ހަރަކާތްތައް ގިނައެވެ. އެކަންކަމުގައި އައިސް ގޮސް އުޅޭ އަދި ދި ގުމުއްދަތަކަށް ތިބޭ އެގައުމުގެ މީހުންވެސް އެހެން ގައުމުތަކަށްވުރެ ގިނައެވެ. ކުރިން ކުރީވެސް އަދި މިހާރު މިކަމަކީވެސް ރަނގަޅުކަމެކޭ ނުވަތަ ގޯހެކޭވެސް ބުނާކަށް ނެތީމެވެ. ބުނަން މިއުޅެނީ އެހެން ވާހަކައެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ހާލަތަށްފަހު މިހާރު އާއްމު ހާލަތަށް އެހާ އަވަހަށް ރާއްޖެއަށް އާދެވުމުގައި ދައުރު ބޮޑީ ކޮން ގައުމެއްގެ އެހީތެރިކަން ތޯއެވެ.

މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ބޯޑަރުތައް ބަންދުވެ މުޅި ދުނިޔެ ހުއްޓިފައި އޮތްއިރުވެސް އިންޑިއާ އޮތީ ވީގޮތަކުން ރާއްޖެއަށް އެހީވެދޭ ގައުމެއްގެ ގޮތުގައެވެ. ބޭނުންވާ ޒަރޫރީ ތަކެތި އެހެން އެއްވެސް ބަޔަކަށް ނުދިނަސް އެތަކެއްޗަށް ރާއްޖެ ޖެހުނަކަ ނުދޭނެކަމުގެ ޔަގީންކަން އެގައުމުން ދިނެވެ. ވީވެސް އެހެންނެވެ. ރާއްޖެއަށް ބޭނުންވާ ވަރަށް އެތަކެތި ފޯރުކޮށްދިނެވެ. ބަންދުކޮށްފައި އޮތް ބޯޑަރުގެ ތެރެއިން ޚާއްސަ ފްލައިޓް ތަކެއްގައެވެ. ތަފާތު އެރޭންޖްމަންޓަކުންނެވެ. މޫސުމް ގޯސްވެ އިންޑިޔާއާ ދެމެދު ދަތުރު ނުކުރެވުނަސް ޒަރޫރީ ތަކެތީގެ އަގު ބާޒާރުގައި އުފުލޭކަން ރޭދުވާ އެނގޭހެން ކޮންމެ މީހަކަށް އެނގޭ މިހާލަތުގައި އަގުތައް ހިފެހެއްޓުނީ އެމީހުން އެކަން ކޮށްދީނީތީކަން ބުނެދޭކަށް ނުޖެހެއެވެ.

މުޅި ދުނިޔެއިންވެސް ކޮވިޑް ވެކްސިން ހޯދަން ސަލާން ޖަހަޖަހާއޮއްވާވެސް އެންމެ އިސްކަމެއް ދިނީ ރާއްޖެއަށެވެ. އިންޑިޔާގެ ރައްޔިތުންނަށް ގަނެގެންވެސް އެގައުމުގައި ވެކްސިން ނުޖެހޭއިރު، ރާއްޖެއަށް ހިލޭ ފޯރުކޮށްދިން ވެކްސިންގެ ވާހަކަ ދައްކަން ޖެހުމަކީ ލަދުވެތިކަމެކެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. އިންޑިއާ ވެފައިވަނީ ރާއްޖެއަށް ބޮޑެތި މުހުތާދުތައް ޖެހޭހިނދު އެންމެ ގާތް އެކުވެރިއާއަށެވެ. މަދަދުގާރަށެވެ. ރައީސް ޔާމީންވެސް ވިދާޅުވި ގޮތަށެވެ. ފެނަށް ޖެހުނީމާ ފެން، ބޭހަށް ޖެހުނީމާ ބޭސް، އަދި ފިޔާކޮޅާ ކުކުޅުބިހެއްވެސް ދިއްކޮށްލުމުގައި މާޒީން ހާމަވަނީ ގާތުގައި އަދި އޮތީ އިންޑިއާ ކަމެވެ.

ޗައިނާއިން ލިބިދޭ އެހީތަކުގެ ވާހަކަ ހަނދާން ނެތުނީކީ ނޫނެވެ. އެއީވެސް އާދައިގެ ކުޑައެހީއެއް ނޫނެވެ. އެކަމަކު ކޮވިޑް އުފަންވި ޗައިނާ އަދިވެސް އެވަނީ އެބަންދުގެ ތެރޭގައެވެ. ރާއްޖެއަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. އެވެރިންގެ މުއްސަނދި ކަމުގައި އެގައުމު މެނޭޖް ކުރުމުގައެވެ. މުޅި ދުނިޔެއަށްވެސް ޗައިނާގެ މާކެޓަކީ ބޮޑު މާކެޓެކެވެ. އެކަމަކު އަދިވެސް އެވަނީ އެވިޔަފާރިތައް އަލުން ފަށައި ނުގަނެވިއެވެ. ނޫނެކެވެ. މުޅިދުނިޔެއަށް ހުޅުވާނުލައެވެ. ޗައިނާއިން ގާއިމްކޮށްފައިވާ އެވެރިންގެ ރަށު ބަންދުންނެވެ. މީހަކު އަދިކޮންމެ އެއްޗެއްކިޔަސް ޗައިނާގެ ބައެއް މުދަލަށް ބަރޯސާވެގެން ތިބި ދިވެހި ވިޔަފާރިވެރިންނަށް މިކަމުގެ ހަގީގަތެއް ނޯޅޭނެއެވެ.

ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދަމާކަށް ނެތީމެވެ. ސުވާލަކީ ކޮވިޑުގައި ދިވެހިރާއްޖެ މެނޭޖްކޮށް މިހާލަތުން އަވަހަށް އަރައިގަތުމުގައި ބޮޑު ރޯލެއް ކުޅުނީ ކޮން ގައުމެއް ހެއްޔެވެ. އެންމެބޮޑު އެހީތެރިކަމެއް ލިބުނީ ކޮންބައެއްގެ ފުށުން ހެއްޔެވެ. އެތެރޭގެ ސިޔާސީ ވާދަވެރިކަމެއްގައި ލަންކާއިންވެސް ޗައިނާއަށް ބަރޯސާވެ ގާތުގައި އޮތް އިންޑިއާއާ ދެކޮޅަށް ގޮތްދޫ ނުކޮށް އޮތްހެން ރާއްޖެ އޮތްނަމަ ލަންކާ ފަދައިން އަދިވެސް ރާއްޖެ އޮންނާން ނުޖެހުނީސް ހެއްޔެވެ. ޒަރޫރީ ތަކެތި ކޮންޓްރޯލްކޮށް ތަކެތީގެ އަގު އިންތިހާއަށް އުފުލި އަދިވެސް ސަލާމަތް ނުވެވިގެން އުޅޭ ލަންކާއަށް ޖެހުނު ހާލު ރާއްޖެއަށް ނުޖެހުނީސް ހެއްޔެވެ.

ކޮންމެއަކަސް ދުނިޔޭގެ ހުރިހާ ގައުމަކާވެސް އޮންނާން ވާނީ ގާތްގުޅުމެކެވެ. އިސްލާމްދީނާ ރާއްޖޭގެ ސިޔާދަތަށް ބުރޫނާރާ ކޮންމެ ކަމެއްގައި އެގުޅުންތައް ދެމިގެންދާންވާނެއެވެ. އަދި އެފަދަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާވެސް ގުޅުންތައް އޮންނާންވާނެއެވެ. ބޮޑެތި އެހީތަކެއްވެ ވިޔަފާރީގައި މުޅި ދުނިޔެ މަޝްހޫރު ގަތަރާ އޮތް ގުޅުން ބަޔަކު ރުއްސަން ކަނޑާލީމާ ލިބުނު ގެއްލުން އެނގޭ ނޫން ހެއްޔެވެ. ކަންކުރާގޮތުން ބަހެއް ބުނާތީ ރަތްމަހަކަށް ނުގޮވާވަރަށް އާޑަފުރައްސާރަކޮށް ކޮމަންވެލްތުން ވަކިވީމާ ލިބުނު ލަނޑު ކުޑައެއް ނުވި ނޫންހެއްޔެވެ. އދ ގައި ބަހެއް ވިދާޅުނުވެ ދައުރެއް ނިންމަވާލެއްވި ވެރިއަކަށް އަދި އެވެރިކަމުގެ މަތިފަޑީގައިތިބި ބަޔަކަށް އެއީ ކަމަކަށް ނުވެދާނެއެވެ. ގޮވޭ ނުގޮވޭ ނޭނގޭ ގޮތް ވުމަކީ ބައެއް ފަހަރު ބައެއް މީހުންނަށް މެދުވެރިވާ ހާލަތެކެވެ.

ޕީޕީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު