Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީސްޓަރ ބޮމުގެ ހަމަލާ

އީސްޓަރ ބޮމުގެ ހަމަލާ ދިނުމުގެ އަޑީގައި ތިބިކަމަށް ތުހުމަތުކުރެވޭ 25 މީހުންގެ ޝަރީއަތް ފަށައިފި

މިޝަރީއަތްތައް 10 އަހަރުގެ މުއްދަތަށް ކުރިޔަށްދާނެ ކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ނޮވެމްބަރު 2021 | އަންގާރަ 16:29
ބޮންގޮއްވުމުގެ ހަމަލާތައް ރާވާ ހިންގުމުގައި އުޅުނުކަމަށް ތުހުމަތުކުރެވޭ މީހުން ކޯޓަށް ގެންދަނީ

ބޮންގޮއްވުމުގެ ހަމަލާތައް ރާވާ ހިންގުމުގައި އުޅުނުކަމަށް ތުހުމަތުކުރެވޭ މީހުން ކޯޓަށް ގެންދަނީ

2019 ވަނަ އަހަރު ސްރީލަންކާގައި ދިން ބޮންގޮއްވުމުގެ ހަމަލާތައް ރާވައި ހިންގުމުގައި އުޅުނުކަމަށް ތުހުމަތުކުރެވޭ 25 މީހުންގެ ޝަރީއަތް އަންގާރަ ދުވަހު ފަށައިފިއެވެ.

ބޮމުގެ ހަމަލާތަކުގެ ޝަރީއަތްތައް ފަށާފައިވަނީ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހު ކުރިޔަށް ގެންގޮސްފައިވަނީ ކުރީގެ ނޭޝަނަލް ޕޮލިސް ޗީފް ޕުޖިތު ޖަޔަރސުންދަރައާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމްސާރީ ފެރްނާންޑޯގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކެވެ. އެއަށްފަހު ހަމަލާތައް ދިނުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ބެލެވޭ މީހުންގެ ޝަރީއަތް އަންގާރަ ދުވަހު ފެށިއިރު، ވަކީލުން ބުނެފައިވަނީ ކުރިޔަށް އޮތީ އުނދަގޫ ދުވަސްތަކެއްކަމަށެވެ.

އެކި ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ކޮލޮމްބޯގެ ހައި ކޯޓަށް ގެނެސްފައިވަނީ ވަރަށް ވަރުގަދަ ސެކިޔުރިޓީއާއެކުއެވެ.

މިމީހުންގެ މައްޗަށް 23،000ށް ވުރެ ގިނަ ދައުވާ ވަނީ އުފުލާފައެވެ. އޭގެތެރޭގައި މީހުން މެރުމަށް ރޭވުމާއި، އެކަމަށް އެހީތެރިވުމާއި، ހަމަލާދިނުމަށް މީހުން އެއްކުރުމާއި، ހަމަލާދިނުމަށް ބޭނުންކުރާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ދައުވާ ހިމެނެއެވެ.

މިމީހުންގެ ލޯޔަރުން ބުނެފައިވަނީ، އުފުލާފައިވާ ދައުވާތައް ގިނަކަމުން މިޝަރީއަތްތައް އެއްކޮށް ނިމުމަށް 10 އަހަރުގެ މުއްދަތެއް ނަގާފާނެކަމަށެވެ.

ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން 6 މީހަކު ތަމްސީލުކުރާ ވަކީލެއް ކަމުގައިވާ ނޫރްދީން އެމް ޝަހީދު ރޮއިޓަރސްއާ ވާހަކަދައްކަމުން ބުނީ، މިހާރު އޮތްގޮތުން އުފުލާފައިވަނީ ކާކުގެ މައްޗަށް ކޮން ދައުވާތަކެއްކަން ސާފުނުވާކަމަށެވެ. އެހެންކަމުން އެކަންކަން އިތުރަށް ސާފުވާން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. މިޝަރީއަތް ދިގުލައިގެންދާނެތީ އެކަމާއި ކަންބޮޑުވާކަމަށްވެސް ނޫރްދީން ވަނީ ބުނެފައެވެ.

ދައުވާ ކުރާ މީހުންގެ ތެރޭގައި މިހަމަލާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ސްރީލަންކާގެ އޮފިޝަލުން ތުހުމަތުކުރާ މުހައްމަދު ނައުފަރުވެސް ހިމެނެއެވެ. މީނާ އަކީ އިސްލާމިކް ސްޓޭޓްއާ ގުޅުން އޮންނަ މީހެއްކަމަށް ލަންކާގެ އޮފިޝަލުން ބުނެއެވެ. މީނާ ކޯޓަށް ހާޒިރުކޮށްފައިވަނީ ހަތިޔާރު އަޅައިގެން ތިބި ފުލުހުންނާއެކު އޭނާގެ މޫނު ނިވާކޮށްގެންނެވެ.

ހަމަލާގެ އަޑީގައި ހުރިކަމަށް ދެން އެންމެ ބޮޑަށް ތުހުމަތުކުރަނީ ވައި.އެމް އިބްރާހީމަށެވެ. އޭނާގެ ދެދަރިން ކަމުގައިވާ އިންޝާފް އަދި އިލްހާމް އިބްރާހީމް ވަނީ މިހަމަލާދިނުމުގައި ބައިވެރިވެފައެވެ. އެގޮތުން ހަށިގަނޑުގައި ބޮން ހަރުކޮށްގެން ކޮލަމްބޯގެ ދެ ހޮޓަލުގައި ދިން ހަމަލާތަކުގައި މިދެ މީހުން ވަނީ މަރުވެފައެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ހަމަލާދީފައިވަނީ ތިން ޗަރޗަކަށާއި ތިން ހޮޓަލަކަށެވެ. އެއްފަހަރާ ދިން މިހަމަލާތަކުގައި 267 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން 45 މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މިހަމަލާތަކުގައި 500 މީހުން ވަނީ ޒަޚަމްވެފައެވެ. މިހަމަލާއަކީ ސްރީލަންކާގެ ތާރީޚުގައިވެސް ދިން މިފަދަ ނުރައްކާތެރި ފުރަތަމަ ހަމަލާއެވެ. ވަކިން ޚާއްސަކޮށް މީސްކޮޅު މަދު ނަޞާރާއިންނަށް އަމާޒުކޮށް އޭގެކުރިން ސްރީލަންކާގައި މިފަދަ ހަމަލާތަކެއް ދީފައެއްނުވެއެވެ.

އާދީއްތަ ދުވަހު ކެތޮލިކުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މިހަމަލާތަކުގައި ދުނިޔެ ދޫކޮށްދިޔަ މީހުންގެ ހަނދާން އައުކޮށް އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

ކެތޮލިކުން ބުނެފައިވަނީ ޝަރީއަތް ހިނގަމުންދާ ގޮތް ގާތުން ބަލަމުންދާކަމަށެވެ.

ސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު