Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްތުވާ ތަކެތި

ވައިގެ މަގުން ލަންކާ އަށް އެތެރެ ކުރަން އުޅުނު އެންމެ ގިނަ ކޮކެއިން ހުކުރު ދުވަހު އަތުލައިގަނެފި

ކަސްޓަމްސްގެ މަސްތުވާތަކެތި ހުއްޓުވުމާ ބެހޭ ޑިވިޜަންގެ އިސް އޮފިސަރަކު ބުނި ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 510.66 މިލިއަން ސްރީލަންކަން ރުޕީސް ނުވަތަ 1.72 މިލިއަން އެމެރިކާ ޑޮލަރު

ރާއްޖެ އެމްވީ | 30 މެއި 2025 | ހުކުރު 14:48
ސްރީލަންކާގެ އޮފިޝަލުން ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަތުލައިގަތް މަސްތުވާތަކެތި ދައްކާލަނީ - 30 މެއި 2025

ސްރީލަންކާގެ އޮފިޝަލުން ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަތުލައިގަތް މަސްތުވާތަކެތި ދައްކާލަނީ - 30 މެއި 2025

ވައިގެ މަގުން ލަންކާ އަށް އެއް ފަހަރާ އެތެރެ ކުރަން އުޅުނު އެންމެ ގިނަ އަދަދެއްގެ ކޮކެއިން ލަންކާ އެއަރޕޯޓުން އަތުލައިގެންފިއެވެ.

ތައިލެންޑުން އައި އަންހެން ފަސިންޖަރެއްގެ އަތުން ގިނަ އަދަދެއްގެ ކޮކެއިން އަތުލައިގަތީ ހުކުރު ދުވަހު ފަތިހު ބަންޑާރަނާއިކެ އިންޓަރނޭޝަނަލް އެއަރޕޯޓުން (ބީއައިއޭ) ނެވެ. މި އަންހެން މީހާ މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުނީ ޓެޑީ ބެއަރތަކެއްގެ ތެރޭގައި ފޮރުވައިގެންނެވެ.

މި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތަކީ 38 އަހަރުގެ އަމިއްލަ މަސައްކަތްކުރާ ތައިލެންޑުގެ އަންހެނެކެވެ. އޭނާ އެއަރޕޯޓަށް އައީ ގަތަރުގެ ދޯހާއިން ގަތަރު އެއަރވޭޒްގެ ފްލައިޓެއް ގައެވެ. އެއަރޕޯޓުގެ މަސްތުވާތަކެތި ހުއްޓުވުމާ ބެހޭ އޮފިސަރުން އޭނާ ހައްޔަރުކުރީ ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރައިވަލް ލައުންޖުގައެވެ.

އޭނާގެ ދަބަސް ބަލައި ފާސްކުރުމުން، އޮފިސަރުންނަށް 10 ކިލޯގެ ބަރުދަން ހުރި 500 ކެޕްސިއުލްގެ ކޮކެއިން ޓެޑީ ބެއަރ ތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ.

ކަސްޓަމްސްގެ މަސްތުވާތަކެތި ހުއްޓުވުމާ ބެހޭ ޑިވިޜަންގެ އިސް އޮފިސަރަކު ބުނި ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 510.66 މިލިއަން ސްރީލަންކަން ރުޕީސް ނުވަތަ 1.72 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ކަޓުނާޔަކެ އެއަރޕޯޓުގެ ތާރީޚުގައި އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިފެހެއްޓުނު މަސްތުވާތަކެއްޗާއި ހައްޔަރުކުރެވުނު ތައިލެންޑުގެ އަންހެން މީހާ އިތުރު ތަހުގީގަށް ކަޓުނާޔަކެ އެއަރޕޯޓު ފުލުހުންގެ މަސްތުވާތަކެއްޗާބެހޭ ބިއުރޯއާ ވަނީ ހަވާލު ކުރެވިފައެވެ.

ސްރީލަންކާގެ އޮތޯރިޓީތަކުން ކުރިން ވެސް ވަނީ އެ ޤައުމުގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ ހެރޮއިން އަތުލައިގަނެފައެވެ. އޮފިޝަލުން ތުހުމަތު ކުރަނީ އެ ޤައުމު ބޭނުން ކުރަމުން ދަނީ އެހެން ތަންތަނަށް މަސްތުވާތަކެތި ފޮނުވުމުގެ ޓްރާންސިޓް ހަބެއްގެ ގޮތުގައި ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހު، ސްރީލަންކާގެ ކޯޓަކުން އީރާނުގެ 10 ފިރިހެނުންނަށް އުމުރަށް ޖަލަށްލުމުގެ ޙުކުމް އިއްވާފައިވެއެވެ. މިއީ 111 ކިލޯ އަށް ވުރެ ގިނަ ހެރޮއިން އެތެރެ ކުރަން އުޅުނު ކަމަށް އެމީހުން އިޢުތިރާފުވުމާ ގުޅިގެންނެވެ. އޭގެ އިތުރުން 2023 ވަނަ އަހަރު، އީރާނުގެ 9 މީހުން މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުމުގެ ވަކި މައްސަލަ ތަކުގައި އުމުރަށް ޖަލަށްލުމުގެ ޙުކުމް އިއްވާފައިވެއެވެ.

ސްރީލަންކާގެ ތާރީޚުގައި އެންމެ ބޮޑު އަދަދަކަށް މަސްތުވާތަކެތި ހިފެހެއްޓުނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެއީ އިންޑިއާގެ ކުންފުންޏަކަށް އެޑްރެސް ކޮށްފައިވާ ލަކުޑި އުފުލާ ޓްރާންސްޝިޕްމަންޓް ކޮންޓެއިނަރެއްގައި 800 ކިލޯގްރާމް (1،760 ޕައުންޑް) ގެ ކޮކެއިން ފޮރުވާފައި ހުއްޓާ ކަސްޓަމްސް އިން އަތުލައިގަތުމެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
16 މާރިޗު 2017

މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި

16 މާރިޗު 2017
މުސްލިމު އެތެރެވުން މަނާކުރާ އާ ގަރާރު ހަވާއީގެ ފެޑެރަލް ޖަޖަކު ބާތިލް ކޮށްފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު