Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޯދީގެ ލަންކާ ދަތުރުފުޅު

މޯދީގެ ލަންކާ ދަތުރުފުޅު - ހަކަތައާއި ދިފާއީ ގުޅުންތައް ވަރަުގަދަކުރާނެ

4 އެޕްރީލު 2025 | ހުކުރު 10:37

ހުކުރު ދުވަހުގެ ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވާ މޯދީ އަކީ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސާނަޔަކްގެ ދައުވަތަކަށް ވަޑައިގަންނަވާ ދުނިޔޭގެ ފުރަތަމަ ލީޑަރު.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އެޕްރީލު 2025 | ހުކުރު 10:37
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާ އަށް ވަޑައިގަންނަވާނީ ހުކުރު ދުވަހުގެ ހަވީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާ އަށް ވަޑައިގަންނަވާނީ ހުކުރު ދުވަހުގެ ހަވީރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ހަކަތައާއި ދިފާއީ ގުޅުން ބަދަހިކޮށް އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް މަޝްވަރާކުރާނެކަން ހާމަވެއްޖެ އެވެ.

ހުކުރު ދުވަހުގެ ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވާ މޯދީ އަކީ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސާނަޔަކްގެ ދައުވަތަކަށް ވަޑައިގަންނަވާ ދުނިޔޭގެ ފުރަތަމަ ލީޑަރެވެ.

އިންޑިއާ އަކީ 2022 ވަނަ އަހަރުގެ މެއި މަހު ލަންކާގެ ދަރަނި ޑިފޯލްޓް ވުމުން ގާތްގަނޑަކަށް 1.36 ބިލިއަން ޑޮލަރުގެ ލޯނުތައް އަލުން އެކުލަވާލުމަށް އެއްބަސްވި ލަންކާގެ މުހިންމު ބައިލެޓަރަލް ލޯނު ދޫކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

މޯދީގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ލަންކާ އާއި އިންޑިއާ އާއި ދެމެދު އޮންނަ ޒަމާންވީ ގުޅުން ބަދަހިކުރުން ކަމަށް ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ދަތުރުފުޅުގައި ހަކަތަ، ޑިޖިޓަލައިޒޭޝަން، ސެކިއުރިޓީ، ހެލްތްކެއާ ފަދަ މުހިންމު ދާއިރާތަކާ ގުޅޭ އެއްބަސްވުންތަކުގެ އިތުރުން އިންޑިއާއިން ލަންކާއަށް ދަރަނި އަލުން އެކުލަވާލުމުގެ އެހީއާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑިސެމްބަރު މަހު ނިއުދިއްލީގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ލީޑަރުން ވަނީ ލަންކާގައި އިންވެސްޓްމަންޓްތަކާއި އިންޑިއާއިން ލަންކާއަށް ލިކުއިފައިޑް ނެޗުރަލް ގޭސް ފޯރުކޮށްދިނުމާއި ކަރަންޓް ގްރިޑްތައް ގުޅުވައިދިނުމަށް އެހީތެރިވުމަށް ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

މި މަޝްވަރާތަކުގައި އިރުމަތީ ޓްރިންކޮމާލީގައި ސަރަހައްދީ ހަކަތައާއި ސިނާއީ ހަބެއް ތަރައްގީކުރުމުގެ ވާހަކަވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖެނުއަރީ މަހު ޑިސަނާޔަކޭ ވިދާޅުވީ އެކްސްޕޯޓަށް ފޯކަސްކޮށްގެން ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި އެތަނުގައި ތެޔޮ ރިފައިނަރީއެއް އެޅުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެ އެވެ.

މި މަޝްރޫއު ނިމުމުން އިންޑިއާ އާއި ޗައިނާއާ ދެމެދު ވާދަވެރިކަން އުފެދިގެންދާނެ ކަމަށް ބެލެވެއެވެ. ލަންކާގައި މިހާރުވެސް ޗައިނާގެ ހަކަތަ ކުންފުނި ސިނޮޕެކް އިން ވަނީ ހަމްބަންޓޯޓާގައި 3.2 ބިލިއަން ޑޮލަރުގެ ތެޔޮ ރިފައިނަރީއެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ނިއުދިއްލީގައި ހިންގާ އިންޑިއަން އޮއިލް ކޯޕަރޭޝަނަކީ މިހާރުވެސް ދައުލަތުގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނަށް ފަހު ދެވަނައަށް އެންމެ ބޮޑު ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ.

މި ހަފްތާގެ މަޝްވަރާތަކުގައި ހުށަހަޅާފައިވާ ޓްރިންކޮމާލީ ރިފައިނަރީ ހިމެނޭނެތޯ އިންޑިއާގެ ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެ ދަތުރުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނިން ބުނީ ސިލޯން އިލެކްޓްރިސިޓީ ބޯޑާއި އިންޑިއާގެ ނޭޝަނަލް ތަމަލް ޕަވަރ ކޯޕަރޭޝަން (އެންޓީޕީސީ.އެންއެސް) ގެ 120 މެގަވޮޓްގެ ސޯލާ ޕަވަރ ޕްރޮޖެކްޓެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާއެކު ޑިފެންސް ކޯޕަރޭޝަންގެ އެއްބަސްވުމެއް ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ޑިސެމްބަރު މަހުގެ މަޝްވަރާތަކުގައި ލަންކާގެ ދިފާއީ ގާބިލްކަން އިތުރުކުރުމަށް ހަތިޔާރު ފޯރުކޮށްދިނުން ތަސައްވަރުކޮށްފައި އޮތެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2017
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް