Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ ކެނދިކުޅުދޫއަށް ދިޔުން

ތަމްރީނު ކޭމްޕަށް މާޒިޔާ ޓީމު ކެނދިކުޅުދޫއަށް

23 ނޮވެމްބަރު 2021 | އަންގާރަ 10:34

ކެނދިކުޅުދޫގައި މާޒިޔާ އެކެޑަމީ ރަސްމީކޮށް ފެށިގެންދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ނޮވެމްބަރު 2021 | އަންގާރަ 10:34
މާޒިޔާ ޓީމުގެ ކުޅުންތެރިންނަށް ކެނދިކުޅުދޫ ރައްޔިތުން މަރުހަބާ ކިޔަނީ

މާޒިޔާ ޓީމުގެ ކުޅުންތެރިންނަށް ކެނދިކުޅުދޫ ރައްޔިތުން މަރުހަބާ ކިޔަނީ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަމްރީނު ކޭމްޕަކަށް ނ. ކެނދިކުޅުދޫއަށް ގޮސްފިއެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ވަނީ އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައެވެ. މޯހަން އާއެކު މި މަހުގެ އެއްވަނަ ދުވަހު މާޒިޔާއިން ފަރިތަކުރުންތައް ފެށި ނަމަވެސް، އެ ފަހަރުގެ ފަރިތަކުރުންތަކުގައި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ބައިވެރިވެފައެއް ނުވެއެވެ. އެކަމަކު ސްރީ ލަންކާގައި ނިމުނު މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އަށްފަހު ދާދި ފަހުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ މާޒިޔާގެ ފަރިތަކުރުންތަކަށް ނުކުމެފައެވެ.

އެއާއެކު އަންގާރަ ދުވަހުގެ ވަގުތެއްގައި މާޒިޔާއިން ވަނީ 10 ދުވަހުގެ ތަމްރީނު ކޭމްޕަކަށް ކެނދިކުޅުދޫއަށް ގޮސްފައެވެ. ކެނދިކުޅުދޫގައި މާޒިޔާގެ އެކެޑަމީގެ މަސައްކަތްތައް ފަށަންވެސް ދާދި ފަހުން އެއްބަސްވެފައިވާއިރު، މާޒިޔާ އާއި ކެނދިކުޅުދޫ ކައުންސިލުން ގުޅިގެން ކުރިއަށްގެންދާ އެ އެކެޑަމީގެ ކަންކަން މި ކޭމްޕުގެ ތެރެއިން ރަސްމީކޮށް ފެށިގެންދާނެ ކަމަށް މައުލޫމާތުލިބެއެވެ.

މާޒިޔާއިން ކެނދިކުޅުދޫގައި ކޭމްޕުކުރާއިރު، ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ދާދި ފަހުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫގެ ސޮއިވެސް ހޯދާފައެވެ.

އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ސީޒަން ފެށުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ކުލަބު ވެލެންސިއާއެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާ ވާދަކުރިއިރު، އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު މާޒިޔާގެ ކޯޗު މޯހަންއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ޑިސެމްބަރު މަހު ޕްރެޒިޑެންޓްސް ލީގު ފަށާއިރު، ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް