Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހައިޝަމް މާޒިޔާއާ ގުޅުން

ޒުވާން ޑިފެންޑަރު ހައިޝަމް މާޒިޔާއަށް

22 ނޮވެމްބަރު 2021 | ހޯމަ 08:22

ހައިޝަމް މީގެ ކުރިން ކުޅުނީ ކުލަބު އީގަލްސްއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ނޮވެމްބަރު 2021 | ހޯމަ 08:22
ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި)

ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި)

ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ހައިޝަމް މީގެ ކުރިން ކުޅެމުން އައީ ކުލަބު އީގަލްސްއަށެވެ. އެކަމަކު ހޯމަ ދުވަހު މާޒިޔާއިން ހައިޝަމްގެ ސޮއި ހޯދިކަން އިއުލާންކުރިއިރު، އޭނާ ވަނީ މާޒިޔާއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވިދާލި ހައިޝަމް އެންމެ ފުރަތަމަ 2017 ވަނަ އަހަރު އީގަލްސްގެ ޒުވާން ޓީމާ ގުޅުނީ އެ އަހަރުގެ ޔޫތު މުބާރާތް ކުޅުމަށެވެ. އެ ފަހަރު ހައިޝަމް ވަނީ އީގަލްސްއާއެކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއާއެކު 2018 ވަނަ އަހަރު އީގަލްސްގެ ސީނިއާ ޓީމުން ހައިޝަމަށް ފުރުސަތު ލިބިގެންދިޔައިރު، އީގަލްސްގެ ސީނިއާ ޓީމަށް ހައިޝަމް ކުޅެދިން ފުރަތަމަ މެޗަކީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ފަހުން އީގަލްސްގެ ފުރަތަމަ އެގާރައިން ބަރާބަރަށް ފުރުސަތު ހޯދަމުން އައި ހައިޝަމް ވަނީ 2019 ވަނަ އަހަރުވެސް އީގަލްސްއާއެކު ޔޫތު މުބާރާތް ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމުން ހައިޝަމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ގައުމީ ޓީމުން ކުޅުނު ގިނަ މެޗުތަކެއްގައި ހައިޝަމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އަދި ހައިޝަމަކީ  23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެންމެ ފަހުގެ ކެޕްޓަނެވެ. އެގޮތުން އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ޒުވާން ގައުމީ ޓީމުން ވަނީ ދާދި ފަހުން 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފައެވެ.

ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ހައިޝަމްގެ ސޮއި ހޯދިއިރު، ދާދި ފަހުން އެ ޓީމުން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫގެ ސޮއިވެސް ހޯދާފައެވެ.

މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނާ މާޒިޔާ ކުރިމަތިލާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި އެއަށްފަހު އެ މަހު ޕްރެޒިޑެންޓްސް ލީގު ފަށާއިރު، ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

ހައިޝަމް ހަސަން (ބިޑި)މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް