Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖަލުތަކުގެ ހާލަތު

މި ސަރުކާރުން ވަނީ، ޖަލުތަކަށް 250 ޖާގަ އިތުރުކޮށްފައި: ސީޕީ އަހުމަދު

މި އަހަރު ނިމޭއިރު މި އަދަދު 266އަށް އިތުރުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 14:21
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ޖަލުގެ ހާލަތު ރަނގަޅުކޮށް ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން, 250 ޖާގައެއް ޖަލުތަކަށް އިތުރުކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ, ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި ފްރިޒަންސްއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖަލުތަކުގައި ޖާގަ ނެތުމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދައިދީ، ޖަލުގެ އާބާދީއާއި ޖަލުގެ ޖާގަ އެއްހަމަ ކުރުމުގެ ގޮތުން 250 ޖާގަ އިތުރުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިގޮތުން މާލޭ ޖަލު ޒަމާނީ ފެންވަރަށް ބަދަލުކުރެވި، 50 މީހުން ބަންދުކުރެވޭގޮތަށް އެތަން ފަރުމާކުރެވި، މީހުން ބަންދުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. ހުޅުމާލޭ ޖަލުގައި، ގާނޫނާ ޚިލާފުވާ ބިދޭސީން ބަންދުކުރަމުންދިޔައީ އެންމެ ގޮޅިއެއްގައި ކަމަށާއި، އެހެންނަމަވެސް 2019 ވަނަ އަހަރު މިތަނަށް 100 ޖާގަ އިތުރުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމެންޓް ޔުނިޓެއްގެ ގޮތުގައި 100 މީހުންގެ ޖާގައިގެ ޔުނިޓެއް ގާއިމުކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، ކުޑަކުދިން ބައިތިއްބާ މަރުކަޒެއްގެ ގޮތުގައި ކ. ހިންމަފުށީފައި ޚާއްސަ މަރުކަޒެއް ގާއިމުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނުގައި ޖުމްލަ 16 ކުދިން ބަންދުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން، ޖަލަށް އިތުރުކުރެވުނު ޖާގައިގެ އަދަދު 266އަށް އިތުރުވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ގައިދީން ޖަލަށް ލުމަށްފަހު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރުމަށްޓަކައި ކަރެކްޝަންސްގެ އިދާރީ އޮނިގަނޑު ބަދަލުކުރެވި، "ރިހެބިލިޓޭޝަން އެންޑް ރީ އިންޓެގްރޭޝަން"ގެ ނަމުގައި ޚާއްސަ ކޮމާންޑެއް އެކުލަވާލެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ ތެރެއިން ގައިދީން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްތަކެއް ދެ ރަށެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސީޕީ ވިދާޅުވީ މި މަސައްކަތްތައް ނިމުމުން، ޖަލުގެ އާބާދީގެ 50 އިންސައްތަ ރިހެލިބިޓޭޓް ކުރެވިގެންދާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

15 ނޮވެމްބަރު 2023
މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 އޮކްޓޯބަރު 2023
ގައިދީންގެ ރިހެބިލިޓޭޝަނަކީ ހަމައެކަނި ކަރެކްޝަނުން ކޮށްނިންމޭނެ މަސައްކަތެއް ނޫން - ސީޕީ

ގައިދީންގެ ރިހެބިލިޓޭޝަނަކީ ހަމައެކަނި ކަރެކްޝަނުން ކޮށްނިންމޭނެ މަސައްކަތެއް ނޫން - ސީޕީ

02 ޖޫން 2023
ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ

ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ

21 މެއި 2023
ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: ކޮމިޝަނަރ އޮފް ޕްރިޒަންސް

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: ކޮމިޝަނަރ އޮފް ޕްރިޒަންސް

12 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު