Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ

ގައިދީންގެ ރިހެބިލިޓޭޝަނަކީ ހަމައެކަނި ކަރެކްޝަނުން ކޮށްނިންމޭނެ މަސައްކަތެއް ނޫން - ސީޕީ

ގައިދީންގެ ރިހެބިލިޓޭޝަންއަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 07:58
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ޤައިދީންގެ ރިހެބިލިޓޭޝަންއަކީ ހަމައެކަނި އެމްސީއެސްއިން ކޮށްނިންމޭނެ މަސައްކަތެއް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ވިދާޅުވީ ގައިދީންގެ ރިހެބިލިޓޭޝަންއަކީ ހަމައެކަނި އެމްސީއެސްއިން ކޮށްނިންމޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމުގައެވެ. ދުނިޔޭގެ ހޯދުންތަކުގެ ޢަލީގައި ޖަލުތަކުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަންކުރެވޭތޯ ބަލަމުންގެންދަނީ އިސްލާމްދީނުގެ އަޤީދާއާއި ދިވެހިންގެ އާދަކާދައާއި ތަޢުލީމާއި ސިއްޙަތާއި ޤައިދީންގެ ނަފްސާނީ ދުޅަހެޔޮކަމާއި ތަފާތު ފަންނުތައް އެކުލަވާލައިގެން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ޤައިދީން މުޖްތަމަޢުއަށް ރީއިންޓެގްރޭޓް ކުރުމުގައި ގުޅުންހުރި ދާއިރާތަކާއި ޤައިދީންގެ ޢާއިލާތަކާއި ރަހްމަތްތެރިންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަކުރެއްވިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ހިންގުނު ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްކޮށް މުޖްތަމަޢުއަށް ދޫކުރި ފަރާތްތައް މުޖްތަމަޢުގައި މޮނިޓަރކުރަމުންދާއިރު މިކަން ފާހަގަވެފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ މީހުން މުޖްތަމަޢުގައި ކާމިޔާބުކަމާއެކު ދިރިއުޅެމުންދާއިރު، މަދު ބަޔަކު އަނބުރާ ޖަލަށް ގެނެވިފައިވާކަން ފާހަގަކުރައްވަމުން  ކޮމިޝަނަރ ވިދާޅުވީ އެކަމުން ދޭހަވާ ކަމަކީ ޖަލުގައި ކިތަންމެ ފުރިހަމައަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގިކަމުގައިވީނަމަވެސް، އެމީހުންނަށް މުޖްތަމަޢުއިން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ލިބިގެން ނޫނީ ރިހެބިލިޓޭޝަން ކާމިޔާބު ނުވާނޭކަމެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރގެ ވާހަކަ ދައްކަވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ ދިރިއުޅުމުގެ ޙާލަތަކަށް އަންނަ ބަދަލާ ގުޅިގެން މިވަގުތު ޖަލުގައި ތިބެންޖެހުނަސް، އޭގެތެރޭގައި ވަރަށް ހުނަރުވެރި ޒުވާނުން ތިބިކަމެވެ. އަދި އެއީ ޤައުމު ބިނާކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރެވިދާނެ ޒުވާނުންތަކެއް ކަމަށް އެމީހުންގެ ހުނަރާއި ޤާބިލްކަމުން ފެންނަކަމަށާއި އެމީހުންނަށް ހިތްވަރާއެކު މަސައްކަތްކުރެވޭނޭ ފުރުޞަތު ފަހިކޮށްދިނުން ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

މި ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީންގެ މަސައްކަތްތައް ހިމަނާފައިވެއެވެ. މިގޮތުން މީގެ ތެރޭގައި އަތްތެރި މަސައްކަތުން ތައްޔާރުކޮށްފައިވާ 800 އުފެއްދުމާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. މިފެއަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އާއި ދައުވަތު އެރުވުނު މެހެމާނުން ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އެއް އަމާޒަކީ ޤައިދީން އިސްލާހުކޮށް، ޖަލުން ނިކުމެ މުޖްތަމައުގައި ދިރިއުޅޭއިރު އާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ދަސްކޮށްދިނުމެވެ. އަދި މި ފެއަރ ބޭއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ ޤައިދީންގެ ހުނަރުތަކާއި މަސައްކަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމާއި، އެތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު