Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ޖަލުގެ ޕްރިޒަންސް އޮފިސަރަކު ނިޔާވުން

މާފުށީ ޖަލުގައި ޑިއުޓީގައި ހުރި ޕްރިޒަން އޮފިސަރަކު ނިޔާވެއްޖެ

ޑިއުޓީގައި ހުއްޓާ ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ސެޕްޓެމްބަރު 2022 | ހުކުރު 02:47
ޑިއުޓީގައި ހުއްޓައި ނިޔާވި ނައުޝާދު

ޑިއުޓީގައި ހުއްޓައި ނިޔާވި ނައުޝާދު

ކ. މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޕްރިޒަން އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޑިއުޓީގައި ހުއްޓާ ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދު އެވެ.

Advertisement - newsAdvertisement

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނައުޝާދު ނިޔާވީ ޑިއުޓީގައި ހުއްޓައި ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްޙީ މަރުކަޒަށް ގެންދިޔަ ފަހުން ކަމަށެވެ. އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ނައުޝާދު ނިޔާވިކަން ހާމަ ކުރެއްވި ނަމަވެސް އޭނާ ނިޔާވި ސަބަބެއް ކޮމިޝަނަރު ހާމައެއް ނުކުރައްވައެވެ.

އާދަމް ނައުޝާދު ނިޔާވުމަކީ އޭނާ އާއި މުޅި މުއައްސަސާގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ކުރިމަތި ކުރުވި ހަބަރެއް ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނެފައިވާ ގޮތުގައި ނައުޝާދު އެ ޚިދުމަތާ ގުޅުނީ 3 ފެބްރުއަރީ 2014ގައެވެ. އޭނާ މާފުށީ ޖަލުގެ އެކި ޔުނިޓުތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

މާފުށީ ޖަލުކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް

05 އޮކްޓޯބަރު 2025
މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް
15 ސެޕްޓެމްބަރު 2025

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

15 ސެޕްޓެމްބަރު 2025
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި
05 ޖޫން 2025

މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

05 ޖޫން 2025
މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
03 އޮކްޓޯބަރު 2024

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން

03 އޮކްޓޯބަރު 2024
މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު