Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައިދީންނަށް ކުރާ ޚަރަދު

ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ

މަހަކު 64 މީހުން އެމްސީއެސްގެ ބެލުމުގެ ދަށަށް ގެނޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 މެއި 2023 | އާދީއްތަ 02:09
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު

ފާއިތުވި އަހަރުގެ ދައުލަތުގެ ބަޖެޓުން ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000 ރުފިޔާއަށް އަރާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޖަލަށް ގެންނަ ފަރާތްތަކުގެ ތަފާސްހިސާބަށް އިޝާރާތްކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ އެވެރޭޖްކޮށް ކޮންމެ މަހަކު 64 މީހުން އެމްސީއެސްގެ ބެލުމުގެ ދަށަށް އަންނައިރު، ޖަލުން އެކި ސަބަބުތަކަށް ދޫކޮށްލަންޖެހެނީ ނިސްބަތުން 45 މީހުން ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ބަޖެޓަށް ބަލާއިރު ނިސްބަތުން މީހެއްގެ ބޮލަށް ހޭދަކުރަންޖެހުނު މިންވަރު 20،000 ރުފިޔާ އަށް އަރާ ކަމަށާއި، އެހެންކަމުން ދިވެހި ދައުލަތުން ކުރަމުންދާ ބޮޑު ހޭދަ އާއި މިކަމުން ހާޞިލްކުރަންޖެހޭ ބޮޑު ނަތީޖާ އަދި ހެޔޮ ބަދަލު ދައްކައިދޭން ޖެހޭކަމުގައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މިގޮތުން، ޖަލު އޮފިސަރުންނަށް ހިންގާ ކޯސްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އައިކޯސްޓްގެ މުދައްރިބުންނަށާއި މުވައްޒަފުންނަށް މުޙާތަބްކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ، ޒާމާނަށް އަންނަ ބަދަލުތަކާއި ކުށުގެ ވެއްޓަށް އަންނަ ބަދަލުތައް ރަނގަޅަށް ދެނެގަނެ، ގިރާކުރަންޖެހޭ ކޮންމެ ގޮންޖެހުމެއް ގިރާކުރެވޭނޭ ފަދަ ގޮތަށް ކަރެކްޝަންސްގެ ތަމްރީންތައް އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށެވެ. އައިކޯސްޓްގެ އޮފިސަރުން އުފުލާ ބުރައާއި މަސްޢޫލިއްޔަތު ފާހަގަކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ ލިބެންހުރި މަދު ވަޞީލަތްތަކަކާއެކު ފާއިތުވި ތިން އަހަރު އައިކޯސްޓްއިން ކޮށްފައިވާ މަސައްކަތް ބަލައިގަންނަވާކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅުމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

23 މާރިޗު 2024

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު