Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިހެބިލިޓޭޝަން ޕްރޮގްރާމް

ޖިންސީ އެކި ކުށްތަކުގައި ޖަލުގައި ތިބި މީހުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް މަޝްވަރާކުރަނީ

10 ސެޕްޓެމްބަރު 2022 | ހޮނިހިރު 11:52

ޕްރޮގްރާމް ހިންގުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ދަނީ މަޝްވަރާ ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 11:52
ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް ހިންގޭނެ ގޮތްތަކާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން

ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް ހިންގޭނެ ގޮތްތަކާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން

ޖިންސީ އެކި ކުށްތަކުގައި ޖަލުގައި ތިބި މީހުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަޙުމަދު ވިދާޅުވީ މި ބާވަތުގެ ކުށްތަކަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގާފައިނުވާކަމަށާއި، މިފަދަ ޕްރޮގްރާމެއް ހިންގުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ މަޝްވަރާ ކުރަމުންދާކަމަށެވެ. ގެވެށި އަނިޔާއާއި ޖިންސީ އެކިއެކި ކުށްތަކަށް އަރައިގަންނަ މީހުން ރިހެބިލިޓޭޓްކުރުމަކީ ޕްރޮޓެކްޝަން އޮތޯރިޓީގެ މެންޑޭޓުގައިވެސް ހިމެނޭ ކަމެއް ކަމަށާއި އެ ޕްރޮގްރާމް މިހާރު ޑިޒައިންކޮށް ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް ހިންގޭނެ ގޮތްތަކުގެ މަޝްވަރާތައް ކުރަމުންދާކަން ފާހަގަކުރައްވައި އަޙުމަދު ވިދާޅުވިއެވެ.

އަޙުމަދު މިފަދައިން ވިދާޅުވެފައިވާއިރު، ޖަލުގެ މާހައުލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަންޖެހުމުން ގޮންޖެހުންތަކާ ދިމާވިކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ގޮންޖެހުންތަކާއެކު ކުރިއަށްގެންދިޔަނަމަވެސް، ކާމިޔާބު ޕްރޮގްރާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ގައިދީންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބައި ނިންމާލާފައިވާއިރު މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް މިހާރު ދަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މާފުށީ ޖަލާއި އައްސޭރި ޖަލުގައި މިކަމަށް ޚާއްސަ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއާއެކު އިންފްރާސްޓްރަކްޗަރގެ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި 32 ގައިދީން މިހާރު ވަނީ މުޖުތަމައަށް ނެރެފައެވެ. އެއީ ހަތަރު މަރުހަލާއަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ އެންމެ ފަހުގެ މަރުހަލާއެވެ. މި މަރުހަލާގައި ޕްރޮގްރާމް ނިންމާ މީހުން މުޖުތަމައަށް ނެރެނީ އެއް އަހަރު ދުވަހަށް، ޝަރުތުތަކާއެކުގައެވެ.

މި ޕްރޮގްރާމުގައި، މަސްތުވާތަކެތީގެ ނުރައްކަލާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު، ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ކަންކަންވެސް ކުރިއަށްގެންދިޔަކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި، މި ޕްރޮގްރާމުގެ ދަށުން މުޖުތަމައަށް ނެރުނު މީހުންނަށް އެމްޓީސީސީގެ ސައިޓްތަކުން ވަޒީފާ ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަރެކްޝަންސްއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު މި ޕްރޮގްރާމް ފެށިނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
15 ނޮވެމްބަރު 2023

ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

15 ނޮވެމްބަރު 2023
ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް