Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޯލްޝެއާ ޔުނައިޓެޑުން ވަކިވުން

ޔުނައިޓެޑުގެ ކޯޗުކަން ސޯލްޝެއާ ދޫކޮށްލައިފި

21 ނޮވެމްބަރު 2021 | އާދީއްތަ 10:45

މި ފަހުން ޔުނައިޓެޑުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ނޮވެމްބަރު 2021 | އާދީއްތަ 10:45
ޔުނައިޓެޑުގެ ކޯޗުކަމުން ވަކިވި އޮލެ ގުނަ ސޯލްޝެއާ

ޔުނައިޓެޑުގެ ކޯޗުކަމުން ވަކިވި އޮލެ ގުނަ ސޯލްޝެއާ

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމުން ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ވަކިވެއްޖެއެވެ.

ޔުނައިޓެޑުގެ ކޯޗުކަމުން އުމުރުން 48 އަހަރުގެ ސޯލްޝެއާ ވަކިވިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވަޓްފޯޑް އަތުން ހިތްދަތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް ވަނީ ބަލިވެފައެވެ. އެ މެޗުން ޔުނައިޓެޑް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

އެއާއެކު ސޯލްޝެއާގެ ކުރިމަގާ މެދު ގޮތެއް ނިންމަން ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑުގެ ބޯޑު މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވިއިރު، އާދީއްތަ ދުވަހުގެ ވަގުތެއްގައި ޔުނައިޓެޑުން ވަނީ މަގާމުން ވަކިވާން ސޯލްޝެއާ ނިންމިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

ސޯލްޝެއާއާއެކު މި ފަހުން ޔުނައިޓެޑުގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މި ފަހަރު ލީގުގައި ޔުނައިޓެޑް ކޮޅަށް 12 މެޗުން 29 ލަނޑު ވަދެފައިވާއިރު، ލީގުގެ އެންމެ ގިނައިން ލަނޑު ވަން ތިން ޓީމުގެ ތެރޭގައި ޔުނައިޓެޑް ހިމެނެއެވެ.

ޔުނައިޓެޑުގެ ކޯޗުކަން ސޯލްޝެއާ ދޫކޮށްލިއިރު، އޭނާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ޖޯސޭ މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އެކަމަކު ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކުމާއެކު، 2019 ވަނަ އަހަރުގެ މާޗު މަހު ވަނީ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް، އިތުރު ތިން އަހަރަށް އޭނާ ބަހައްޓަން ނިންމާފައެވެ.

މި ފަހުން ނެރުނު ދަށް ނަތީޖާތަކާއެކު ސޯލްޝެއާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، ސޯލްޝެއާއަށް ޔުނައިޓެޑާއެކު އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ޔުނައިޓެޑުން އެންމެ ފަހުން ކާމިޔާބުކުރި މުބާރާތަކީ 2017 ވަނަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގެވެ. އެ މުބާރާތް ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

ޔުނައިޓެޑުގެ ކޯޗުކަން ސޯލްޝެއާ ދޫކޮށްލިއިރު، ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ދެން ގެންނަން ބޭނުންވާ ކޯޗަކީ މިދިޔަ ސީޒަނަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލި ފްރާންސްގެ ޒިނެދިން ޒިދާނެވެ. މިދިޔަ ސީޒަނަށްފަހު ރެއާލް ދޫކޮށްލި ފަހުން ޒިދާން އަދި މިހާތަނަށް ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

އޮލެ ގުނަ ސޯލްޝެއާމެންޗެސްޓަރ ޔުނައިޓެޑް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް