Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރާ މަސައްކަތް

ކޮވިޑް-19ގެ ފުރަތަމަ ކޭހަކީ ވުހާންގެ މާރުކޭޓްގައި ތަކެތި ވިއްކަން ހުރި މީހެއް: ދިރާސާ

އެންމެ ފުރަތަމަ ކުރި ދިރާސާއިން އެނގިފައިވަނީ ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭހަކީ އެކައުންޓެންޓެއްކަމަށާއި އެއީ ވުހާންގެ މާރުކޭޓްތަކާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2021 | ހޮނިހިރު 18:17
ވުހާންގެ ސީފުޑް މާރުކޭޓް ކައިރީގައި މީހަކު ހަރަކާތްތެރިވަނީ

ވުހާންގެ ސީފުޑް މާރުކޭޓް ކައިރީގައި މީހަކު ހަރަކާތްތެރިވަނީ

ކޮވިޑް-19ގެ ފުރަތަމަ ކޭހަކީ ވުހާންގެ މާރުކޭޓްގައި ތަކެތި ވިއްކަން ހުރި މީހެއްކަމަށް, ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އެމެރިކާގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

މީގެކުރިން ކޮށްފައިވާ ދިރާސާތަކުން އެނގިފައިވަނީ ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭހަކީ އެކައުންޓެންޓެއްކަމަށާއި, އެއީ ވުހާންގެ މާރުކޭޓްތަކާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫންކަމަށެވެ. ނަމަވެސް ކޮވިޑް-19އަކީ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސްއެއް ކަމަށް ދެކެވޭ ތިއަރީއަށް ބާރުދޭ މީހެއްކަމަށެވެ.

ކޮރޯނާވައިރަސްގެ އަސްލު މިހާތަނަށްވެސް ދެނެގަނެވިފައި ނުވާއިރު، އެކަމާގުޅިގެން ޗައިނާއާ އެމެރިކާއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ޗައިނާއާއި ޑަބްލިޔުއެޗްއޯ ގުޅިގެން މިއަހަރު ކުރިޔަށް ގެންދިޔަ ދިރާސާއަކުން ވަނީ، ކޮވިޑް-19އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކޮވިޑް-19ގެ އަސްލަކީ ބޮޑަށް ބެލެވޭ ގޮތުގައި ޖަނަވާރު ވިއްކާ ތާކުން އިންސާނުންނާ ހިސާބަށް އައި ވައިރަސް އެއްކަމަށް އެދިރާސާގައި ވަނީ ބުނެފައެވެ.

ހަތަރު ހަފުތާ ވަންދެން، ޑަބްލިޔުއެޗްއޯގެ ކަމާބެހޭ މާހިރުންގެ ޓީމަކާއި ޗައިނާގެ ސައިންޓިސްޓުން ވަނީ ވުހާންގެ އެކި ހިސާބުތަކަށް ދަތުރުކޮށް ދިރާސާތައް ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު މާޗް މަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެންމެ ބޮޑަށް ބެލެވެނީ ކޮވިޑް-19 އިންސާނުންނާ ހަމައަށް އައިސްފައިވަނީ ވާލުންކަމަށެވެ. ވާލުގެ ފަރާތުން އެހެން ޖަނަވާރަކަށް ވައިރަސް ދިޔުމަށްފަހު އެޖަނަވާރުގެ ފުށުން އިންސާނުންނާ ހަމައަށް ވައިރަސް އައީ ކަމަށް ބެލެވޭކަމަށް ދިރާސާ ރިޕޯޓްގައި ވަނީ ބުނެފައެވެ. ނަމަވެސް މިކަން އިތުރަށް ޔަގީންކުރުމަށް އިތުރު ދިރާސާތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ކަމަށްވެސް އެދިރާސާގައި ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭހުގެ ގޮތުގައި ބެލެވިފައިވާ އެކައުންޓަންޓްގެ ފުށުން އެންމެ ފުރަތަމަ ކޮވިޑް-19ގެ އަލާމާތްތައް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް މިކަމުގައި އޮޅުންތަކެއް އަރަނީ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު އޭނާގެ ދަތުގައި ރިއްސާފައިވާތީއެވެ.

މިދިރާސާގައި ބުނެފައިވަނީ އެކައުންޓެންޓްގެ ފުށުން އަލާމާތްތައް ފެނިފައިވަނީ، ހުނާންގެ މާރުކޭޓްގައި ސީފުޑް ވިއްކަން އުޅުނު މީހުންގެ ފުށުން އަލާމާތްތައް ފެނުނު ފަހުންކަމަށެވެ. އެގޮތުން ހުނާންގެ މާރުކޭޓްގައި ތަކެތި ވިއްކަން އުޅުނު ގިނަ ބަޔަކު އެދުވަސްވަރު ބަލިވެގެން ޑޮކްޓަރަށް ދައްކާފައިވާއިރު، އެންމެ ފުރަތަމަ ބަލީގެ އަލާމާތްތައް ހުރެގެން ދައްކާފައިވާ މީހާ ޑޮކްޓަރަށް ދައްކާފައިވަނީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެހެންކަމުން ކޮވިޑް-19ގެ އެންމެ ފުރަތަމަ ކޭހަކީ މިއީ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ދިރާސާގައި ބުނެފައިވަނީ އަލާމާތްތައް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކުރި ކޭސްތައް ގުޅެނީ މާރުކޭޓާކަމަށެވެ. ވަކިން ޚާއްސަކޮށް ހުޅަނގު ފަރާތުގައި ރެކޫން ބަންދުކޮށްގެން ގެންގުޅުނު ހިސާބާ ބޮޑަށް ގުޅޭކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. މިއާއެކު ކޮވިޑް-19ގެ އަސްލަކީ ޖަނަވާރުންގެ ފުށުން އައި ވައިރަސް އެއްކަމަށް ބުނާ ތިއަރީއަށް މިއީ ލިބިގެންދިޔަ ވަރަށް ވަރުގަދަ ހެއްކެއްކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ފާއިތުވި މަހު ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ހިންގަމުންދާ ތަހުގީގަށް މުޅިން އައު ޕެނަލެއް އެކުލަވާލާފައެވެ.

ކޮވިޑް-19ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު