Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލެސްޓާ ބަލިކޮށް ޗެލްސީއަށް ހަ ޕޮއިންޓުގެ ލީޑެއް

ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ 29 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ނޮވެމްބަރު 2021 | ހޮނިހިރު 14:31
ލެސްޓާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ލެސްޓާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ޗެލްސީން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ބެން ޗިލްވެލް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޗެލްސީގެ އެންގޯލޯ ކާންޓޭއަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ 28 ވަނަ މިނެޓުގައި ކާންޓޭ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް، ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ރީސް ޖޭމްސް ދިން ބޯޅައަކުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން ޗިލްވެލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލެސްޓާގެ ގޯލްކީޕަރު ކެސްޕަ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލެސްޓާގެ ޑަނިއެލް އަމާޓޭ ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއެވެ.

މި މެޗުގައި ޗެލްސީން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައެވެ. ހަކީމް ޒިޔެކް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސެކެވެ. މި ދެ ކުޅުންތެރިންނަކީވެސް ދެވަނަ ހާފުގައި ކުޅެން އެރި ދެ ކުޅުންތެރިންނެވެ. އަދި އޭގެ ފަހުން މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ލެސްޓާގެ ޖޭމްސް މެޑިސަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، މެޗުގައި މޮޅު ކުޅުމެއް ދެއްކި މެންޑީ ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީން ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 12 މެޗުން 29 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 11 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން ވަނީ 22 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހު ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީގެ ލީޑު ހަނިވުމުގެ ފުރުސަތު އެބައޮތެވެ.

ޕްރިމިއަރ ލީގުޗެލްސީލެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު