Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކިރަން މާޒިޔާއާ ގުޅުން

ނޭޕާލުގެ ކީޕަރު ކިރަން މާޒިޔާއަށް

20 ނޮވެމްބަރު 2021 | ހޮނިހިރު 11:08

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޑިސެމްބަރު މަހުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ނޮވެމްބަރު 2021 | ހޮނިހިރު 11:08
ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ

ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ ގެނެސްފިއެވެ.

އުމުރުން 31 އަހަރުގެ ކިރަން އަކީ މީގެ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ގޯލްކީޕަރެކެވެ. އެގޮތުން ކިރަން އެންމެ ފުރަތަމަ ޓީސީއާ ގުޅުނީ 2017 ވަނަ އަހަރެވެ. އެ ފަހަރު ޓީސީއާ ގުޅުމަށް ފަހު އޭނާ ވަނީ އެ ޓީމުން އެ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދައްކާފައެވެ.

އަދި އޭގެ ފަހުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ޓްރާންސްފާގައި ކިރަން އަލުން ޓީސީއާ ގުޅުނުއިރު، އެ ފަހަރު އޭނާ ދެއްކި މޮޅު ކުޅުމާއެކު ޓީސީން ވަނީ ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އެ ސީޒަނުގައި ކިރަން އެންމެ ފުރަތަމަ ކުޅެފައިވަނީ އިންޑިއާގެ އައި ލީގުގެ މިނެރްވާ ޕަންޖާބަށެވެ. އަދި އެ ޓީމާއެކު އޭނާ ވަނީ އިންޑިއާގެ އައި ލީގުވެސް ކާމިޔާބުކޮށްފައެވެ. އެއާއެކު ކިރަން ވެފައިވަނީ އެއް އަހަރު ތެރޭގައި ސަރަހައްދުގެ ދެ ގައުމުގެ ލީގު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ސީޒަނުގައިވެސް ޓީސީގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ކިރަންއާ އެންމެ ފުރަތަމަ ހަވާލުކުރި ނަމަވެސް، އެ އަހަރުގެ މެއި މަހުގެ ތެރޭގައި ޓީސީން ވަނީ ކިރަން ދޫކޮށްލައި، ގައުމީ ޓީމުގެ ގޯލު ކުރިން ބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުޙައްމަދު އެ ޓީމަށް ގެެނެސްފައެވެ.

ނޭޕާލު ގައުމީ ޓީމަށް 79 މެޗު ކުޅެދީފައިވާ ކިރަން ވަނީ މިދިޔަ މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް2021" ގައި ނޭޕާލް ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކިރަންގެ ކެޕްޓަންކަމުގެ ދަށުން ނޭޕާލުން ވަނީ މި ފަހަރުގެ މުބާރާތުގެ ރަނަރަޕްކަން ހޯދާފައެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ނޭޕާލް ވާދަކުރިއިރު، މިއީ ސާފް ޗެމްފިއަންޝިޕުގެ ތާރީޚުގައި މި މުބާރާތުގެ ފައިނަލެއްގައި ނޭޕާލް ވާދަކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ ގޯލު އެންމެ ފުރަތަމަ ބެލެހެއްޓީ ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޔަނަކެވެ. އޭގެ ފަހުން ނިކޮލާ ފޮނުވާލުމަށްފަހު ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) މާޒިޔާ ބާކީ މެޗުތަކުގައި އެ ޓީމުގެ ގޯލު ބެލެހެއްޓިއިރު، ސީޒަނުގެ މެދުތެރެއިން މާޒިޔާއިން ވަނީ ކުރިންވެސް އެ ޓީމަށް ކުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ގެނެސްފައެވެ. އެކަމަކު ކަކުލަށް ދިމާވި އަނިޔާއެއްގެ ސަބަބުން މަހުމޫދު ވަނީ ފޮނުވާލާފައެވެ.

އެއަށްފަހު މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މާލޭގައި ކުރިއަށްދިޔަ އޭއެފްސީ ކަޕުގެ މެޗުތަކުގައި މާޒިޔާގެ ގޯލް ބަލަހައްޓާފައިވަނީ މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ގޯލު ބެލެހެއްޓި އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ކިރަންގެ ސޮއި ހޯދިއިރު، އެ ޓީމުން ވަނީ ކުރިއަށް އޮތް ސީޒަނަށް އައު ކޯޗުގެ މަގާމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައެވެ. މޯހަންގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނާ މާޒިޔާ ކުރިމަތިލާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

ކިރަން ކުމާރް ލިމްބޫމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް