Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

އޯގްސްބާގުން ޗެމްޕިއަން ބަޔާން ބަލިކޮށްފި

އޯގްސްބާގް ވަނީ ރެލިގޭޝަން ޒޯނުން ދުރަށް ޖެހިލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ނޮވެމްބަރު 2021 | ހޮނިހިރު 09:57
އޯގްސްބާގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

އޯގްސްބާގާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ރެލިގޭޝަން ޒޯނުގައި އޮތް އޯގްސްބާގުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފިއެވެ.

އޯގްސްބާގުގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުން ކާމިޔާބުކުރި ތިން ލަނޑުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އޯގްސްބާގުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޑްސް ޕެޑާސަންއެވެ.

އަދި މެޗުގެ 36 ވަނަ މިނެޓުގައި އިއާގޯ ނަގައިދިން ހުރަހަކުން އަންދްރޭ ހާން ވަނީ ލަނޑެއް ޖަހައި އޯގްސްބާގަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ބަޔާނުން ފަރަގު ކުޑަކުރިއިރު، ތޯމަސް މުލާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މި މެޗުގައި ލެވަންޑޯސްކީ ލަނޑު ޖެހިއިރު، މި ފަހަރުގެ ލީގުގައި ލެވަންޑޯސްކީ ވަނީ މިހާތަނަށް 14 ލަނޑު ހަމަކޮށްފައެވެ.

މި މެޗުން ބަޔާން ބަލިވިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ބަޔާން ބަލިވި ދެވަނަ މެޗެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން މި ވަގުތު އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުން ސްޓުޓްގާޓް ބަލިކޮށްގެން ޑޯޓްމުންޑަށް ބަޔާނާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެރޭ ބަޔާން އަތުން ހޯދި މޮޅާއެކު އޯގްސްބާގް ވަނީ ރެލިގޭޝަން ޒޯނުން ދުރަށް ޖެހިލާފައެވެ. އެގޮތުން މެޗަށް ނުކުތްއިރު ތާވަލުގެ 16 ވަނައިގައި އޯގްސްބާގް އޮތްއިރު، އެ ޓީމު މިހާރު ވަނީ 12 މެޗުން 12 ޕޮއިންޓް ހަމަކޮށް ތާވަލުގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

ޖަރުމަން ލީގުބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު