Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތް އޮތީ ކޮވިޑް-19 ފަދަ ޕެންޑަމިކަކަށް އެއްގޮތަކަށްވެސް ތައްޔާރުވެގެންނެއް ނޫން: ދިރާސާ

ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެންގުޅުއްވާ ސިޔާސަތަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2021 | ހޮނިހިރު 02:25
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތް އޮތީ ކޮރޯނާވައިރަސް ފަދަ ޕެންޑަމިކަކަށް އެއްގޮތަކަށްވެސް ތައްޔާރުވެގެން ނޫންކަމަށާއި އޭގެކުރިން ހިންގާފައިވާ އެމަރޖެންސީ ހާލަތްތަކަށް ތައްޔަރުވެފައިވާ މިންވަރު ބެލުމަށް ހިންގި ކަންކަމުން އެއްކަމެއްވެސް ހާސިލުވެފައި ނުވާކަމަށް އެގައުމުގެ ނޭޝަނަލް އޮޑިޓް އޮފީހުން ބުނެފިއެވެ.

މީގެއިތުރުން އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާއި ގުޅިގެން އައި ކަންތައްތަކާ ގުޅިގެން މިފަދަ ޕެންޑަމިކަކަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް ދީފައިނުވާކަމަށްވެސް އޮޑިޓް އޮފީހުން ކުރިޔަށް ގެންދިޔަ ދިރާސާއިން ވަނީ ހާމަވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން 143،000 މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ކޮންޓްރޯކުރުމުގައި އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެންގުޅުއްވާ ސިޔާސަތުތަކަށް އެތައް ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެންމެ ފުރަތަމަ އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅާފައިވަނީ އެއީ އާދައިގެ މޫސުމީ ރޯގާއެއްގެ ގޮތުގައި ބަލައިގެންކަމަށްވެސް ދިރާސާ ރިޕޯޓްގައި ބުނެފައިވެއެވެ.

އަނެއްކޮޅުން ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވުމުގެ ކަންކަމުގައި ގައުމުގެ ގިނަ ވަސީލަތްތައް ބޭނުން ކުރަމުން ދިޔައިރު އިނގިރޭސިވިލާތް އީޔޫއިން ވަކިވެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހަކީ އިނގިރޭސިވިލާތުން އެންމެ ފުރަތަމަ މީހާ ކޮވިޑް-19ށް ޕޮޒިޓިވްވި ދުވަސްވެސްމެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެދުވަސްވަރު އީޔޫއިން ވަކިވުމަށް އިނގިރޭސިވިލާތުން ކުރަންޖެހުނު ކަންކަމާއި ވަކިވުމަށްފަހު ދެން ކަންކަން ކުރާނެ ގޮތްތައް އެކުލަވާލުވުމުގައި ސިވިލް ކޮންޓިންޖެންސީތަކުގެ 94 ސެކެޓްރޭޓިއަޓުންގެ ތެރެއިން 56 ސެކެރޭޓިއަޓުން މަޝްއޫލުވެ އުޅުނުކަމަށެވެ. އެހެންކަމުން ގައުމަށް ދެން ކުރިމަތިވާ ކަންކަމާއި ކޮންޓިންޖެންސީ ޕްލޭންތައް އެވަގުތު އެކުލަވާލުމުގައި ސްޓާފުންގެ ދަތިތައްވެސް ވަނީ ކުރިމަތިވެފައިކަމަށެވެ.

ނޭޝަނަލް އޮޑިޓް އޮފީހުގެ ހެޑް ގެރެތް ޑޭވިސްގެ ބަޔާނުގައި ވަނީ މިޕެންޑަމިކާއެކު އިނގިރޭސިވިލާތުގެ މުޅި އެމަރޖެންސީ ނިޒާމުގެ ބަލިކަށިކަން ހާމަވެފައިވާކަމަށެވެ. އެމަރޖެންސީ ހާލަތްތަކުގައި ސަރުކާރުގެ އެކި ލެވެލްތަކާއި މުޖުތަމައުގެ އެކިލެވެލްތައް ގުޅިގެން މަސައްކަތް ކުރަންޖެހޭއިރު އެކަން ވެފައިނުވާކަން ގެރެތް ފާހަގަކުރެއްވިއެވެ.

2007 އަދި 2016 ވަނަ އަހަރު މިފަދަ ޕެންޑަމިކްތަކުގައި އިމަރޖެންސީ ކަންކަމާއި ގުޅޭގޮތުން ހިންގާފައިވާ ޕްލޭނިންގ ތަކާއި ގާބިލްކަން ހުރި މިންވަރު ދެނެގަތުމާއި ގުޅޭކަންކަމަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަމަށްވުރެ މާބޮޑު ސަމާލުކަމެއް ދީފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ ޕެންޑަމިކާއި ގުޅިގެން ފިޔަވަޅުތައް އަޅާފައިވަނީ ސައިންސްވެރިންނާއި ސިއްހީ މާހިރުން ދިން އިރުޝާދުގެ މަތިންކަމަށެވެ. އަދި ޕެންޑަމިކް ރެސްޕޯންސް ޕްލޭން 2016 ވަނަ އަހަރުގެ އެކުލަވާލިގޮތަށް މިހާރު ބަދަލުތައް ގެނެސް އިތުރަށް ތަރައްގީކޮށްފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުގެ ސްޕޯކްސްމަން ވިދާޅުވީ ޕެންޑަމިކްތަކަކީ އެކަމުން ފިލާވަޅުތައް ލިބިގެން ކުރިޔަށް އޮތްތަން ރަނގަޅުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ތަފާތު އެކި ސިނާރިއޯތަކަށް ތައްޔާރުވާކަމަށާއި ނަމަވެސް މިޕެންޑަމިކަކީ މުޅި ދުނިޔޭގައިވެސް ސިއްހީ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ޕެންޑަމިކެއް ކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު