Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން

އިތުރު 240 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ޖަހައިފި

ބޫސްޓަރ ޑޯޒު ޖަހާފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2،630ށް އަރާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 19:03
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމް

ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމް

އިތުރު 240 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ބުރާސްފަތި ދުވަހު 240 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 89 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން 151 މީހުން ކަމަށެވެ.

ބުރާސްފަތި ދުވަހު 38 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 30 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 8 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ 395،233ށް ވަނީ އަރާފައެވެ.

ވެކްސިންގެ ބުރާސްފަތި ދެވަނަ ޑޯޒް ޖަހާފައިވަނީ 244 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 139 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަކުރި 105 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ވަނީ 361،635ށް އަރާފައެވެ.

މާލެ ސަރަހައްދުގައި 6 ސެންޓަރަކުން ގެންދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި 3 މޮބައިލް ޓީމް ހަރަކާތްތެރިވަމުންދެއެވެ. އަތޮޅުތެރޭގައި 176 ސެންޓަރަކުން ވެކްސިން ޖަހައި ދެމުންދެއެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން، ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓަރ ޑޯޒު) ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވެކްސިންގެ ތިންވަނަ ޑޯޒް ޖެހޭނީ އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުން، ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށެވެ. މިހާރު ރާއްޖޭގައި ތިންވަނަ ޑޯޒު ޖެހޭނީ ހަމައެކަނި ފައިޒަރ ވެކްސިންގެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މާލެ ސަރަހައްދުގައި ފައިޒަރގެ 3 ވަނަ ޑޯޒް ޖެހުމަށް ދާން ޖެހޭނީ އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްއަށެވެ.

ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
04 ޖޫން 2022

އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި

04 ޖޫން 2022
އެމެރިކާއިން ރާއްޖެއަށް 100،000އަށްވުރެ ގިނަ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
25 އެޕްރީލު 2022

ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު

25 އެޕްރީލު 2022
ރޯދަ މަހާއި ދިމާކޮށް ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު