Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިޤްތިޞާދު

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

އަވަށްޓެރި އިންޑިއާ އަށް ރައީސް ކުރެއްވި ދަތުރުފުޅަކީ ވެސް ވަރަށް އުންމީދީ ދަތުރުފުޅެއް ކަމަށް ފައިސަލް ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޮކްޓޯބަރު 2024 | ހޮނިހިރު 14:07
ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވަނީ ސަރުކާރަށް 11 ވަރަކަށް މަސް ދުވަސް ވެގެން ދިޔަ އިރު އެކި ދާއިރާތަކުން އެހީ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ވެސް އަވަށްޓެރި ޤައުމުތަކާއި އެހެނިހެން ޤައުމުތަކުން ފައިސާ އާއި އެހީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސް ނެގުމާއި އެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް އުންމީދީ ކަންތައްތަކެއް ހާސިލްވާނެ ކަމަށް ބެލެވޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން ދާދިފަހުން އަވަށްޓެރި އިންޑިއާ އަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅަކީ ވެސް ވަރަށް އުންމީދީ ދަތުރުފުޅެއް ކަމަށް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ފައިސަލް ފާހަގަކުރެއްވި ގޮތުގައި ދާދި އަވަހަށް ރާއްޖެ އަށް އެކި ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ ފަންޑު ލިބޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް އެ ފަންޑު ލިބޭ ގޮތެއް ފައިސަލް ހާމަ އެއް ނުކުރައްވައެވެ. ފައިސަލް ވަނީ އެ ފަންޑުތައް ލިބުމުން އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ރާއްޖެ ކުރިއަރައިދާނެ ކަމުގެ އުންމީދު އާއްމުންނަށް ދެއްވާފައެވެ.

ފައިސަލް ވަނީ މި އަހަރަކީ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް ކަމަށް ފާހަގަކުރައްވާފައެވެ. 1 މިލިއަން ފަތުރުވެރިންގެ އަމާޒު އެންމެ އަވަހަށް ހާސިލްވީ މި އަހަރު ކަމަށާއި ނޮވެމްބަރ ނުވަތަ ޑިސެމްބަރގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެ އައުމަކީ އެ މަނިކުފާނު ކުރައްވާ އުންމީދެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ ކުރިމަގާއި މެދު ވާހަކަދައްކަވަމުން ފައިސަލް ވަނީ އައްޑޫގެ ރައްޔިތުންނާއި އެކުގައި ގާތުން މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިނިސްޓްރީ އޮފް ޓުއަރިޒަމްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު