Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބައިޑަންއާއި ޝީގެ ބައްދަލުވުން

"އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން"

ބައްދަލުވުމުގައި، ދެގައުމުން އަރައިރުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ނޮވެމްބަރު 2021 | އަންގާރަ 17:59
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވެވި ބައްދަލުވުން

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވެވި ބައްދަލުވުން

އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން ކަމަށް ވިދާޅުވެ, އެމެރިކާގެ ކަންބޮޑުވުންތަކަށް ޗައިނާގެ ރައީސް ޝީ ޖިން ޕިން ރައްދު ދެއްވައިފިއެވެ.

ޝީ މިގޮތަށް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއެކު އޮންލައިންކޮށް ކުރިއަށް ގެންދެވި 3 ގަޑި އިރުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކުގެ މައްސަލައިގައި ބައިޑަން ވަނީ ވާހަކަ ދައްކަވާފައެވެ. ޝީ ވަނީ ޓައިވާންގެ މައްސަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

3 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ބައްދަލުމުގައި، ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދުގެ ވެރިން ވަނީ ކަންކަން އިތުރަށް ގޯސްވިޔަ ނުދީ ސުލްހަވެރިކަމާއެކު ބައްދަލުވުން ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާފައެވެ.

ހޯމަ ދުވަހު ފެށި މި ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ދެ ލީޑަރުންގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވިޔަނުދީ ކުރިއަށް ގެންދިއުމަށް މަގުފަހިވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެ ބޭފުޅުންގެ ކުރި މަޝްވަރާތަކުގެ ތެރޭގައި ނޯތު ކޮރެއާ، އަފްޣާނިސްތާން އަދި އީރާންގެ މައްސަލައާއި، ބައިނަލްއަގުވާމީ ހަކަތައިގެ ވިޔަފާރިއާއި، ވިޔަފާރިއާއި ވާދަވެރިކަމާއި، މޫސުމާއި، އަސްކަރީ މައްސަލަތަކާއި، ކޮވިޑްގެ އާލަމީ ވަބާގެ އިތުރުން، ދެ ލީޑަރުން މީގެ ކުރިން ދެބަސްވި ބައެއް ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ޝީ ވަނީ، ދެގައުމަކީ ކަނޑުގައި ދަތުރުކުރަމުންދާ ބޮޑު ދެ އުޅަނދުކަމަށް ސިފަކުރައްވައި، ދެ އުޅަނދުގެ މިސްރާބުވެސް ހިފަހައްޓައި މުޑި ނާރާނެ ގޮތަކަށް ދަތުރުކުރުމަށް އެދިވަޑައިގެންފައެވެ. ޝީ ވަނީ މަޝްވަރާއަށް ގޮވާލައްވާފައެވެ. ޝީ އަބަދުވެސް ވިދާޅުވަނީ އޮޅުމެއް އަރާ ނަމަ ގުޅުން ރަނގަޅު ކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ އަހައިގެން އޮޅުންފިލުވުން ކަމަށެވެ.

އަދި އިހުތިރާމް ކުރުމަކީ ދަސްކުރަން ޖެހޭ ކަމެއް ކަމަށާއި، ދެ ގައުމުގައި ވެސް ކަންކަން ނިންމަން ތިބީ އިންސާނުން ކަމަށެވެ. އަދި އޮޅުން އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫން ކަމަށެވެ.

މި ބައްދަލުވުމުގައި ބައިޑަން ވިދާޅުވީ، ގަސްދުގައި ނަމަވެސް އަދި ނޫން ނަމަވެސް، ދެގައުމުގެ ދޭތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ގޯސްވާކަން ބޭނުންފުޅު ނުވާކަމަށެވެ.

ޓައިވާންއާ ޗައިނާއާ ދެމެދު އޮތް މައްސަލައާ ބެހޭ ގޮތުން ވެސް ދެ ރައީސުން މަޝްވަރާ ކުރެއްވިއެވެ. ބައިޑަން ވިދާޅުވީ ޗައިނާ-އެމެރިކާގެ ގުޅުމަކީ ވެރިންނާ ހިސާބުން ނިމެން އޮތް ކަމެއް ނޫން ކަމަށާއި، ދެ ގައުމުގެ ރައްޔިތުންނަކީ ވެސް ގުޅުމުގެ ބައެއް ކަމަށެވެ. ޝީ ވެސް ވިދާޅުވީ ޗައިނާއާ އެމެރިކާއަށް އޮތީ ހަމައެކަނި ދެ ގައުމުގެ މަސްލަހަތެއް ނޫން ކަމަށާއި މުޅި ދުނިޔެއަށް ޓަކައި ހެޔޮ ގޮތް ވިސްނާ ބަޔަކަށް ވުމަކީ ވެސް ދެ ގައުމަަށް ލާޒިމު ކަމެއް ކަމަށެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، ދެ ލީޑަރުންގެ ބައްދަލުވުމަކީ ނަތީޖާތަކެއް ނެރެވުނު ބައްދަލުވުމެއް ކަމަށެވެ.  

ޗައިނާއެމެރިކާޖޯ ބައިޑަން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު