Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭސް ވިއްކުން

ބޭސްފިހާރަތަކުގައި ތިބޭ ބިދޭސީން އެމީހުންނަށް ފައިދާ ލުމަށްފަހު ބޭސް ވިއްކާ ކަމުގެ ޝަކުވާ!

އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑަޅިގެން ދިޔުމާއެކު މިކަމަށް ހައްލު ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 11:52
ފާމަސީއަކުން އާންމު މީހަކަށް ބޭސް ވިއްކަނީ

ފާމަސީއަކުން އާންމު މީހަކަށް ބޭސް ވިއްކަނީ

ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ޚިދުމަތާއެކު އާސަންދަ ތައާރަފުވެގެން ދިޔުމުން ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަތަކެއް ވެގެން ދިޔައެވެ. ބޭސް ސިޓީ ހިފައިގެން ގިނަ އާންމު ރައްޔިތުން ސަލާން ޖަހަން ޖެހޭ ޖެހުން ނިމިމުމަކަށް އައެވެ. ރައްޔިތުންނަށް ބޭސްފަރުވާގެ ގިނަ ޚިދުމަތްތަކެއް ހިލޭ ލިބިގެންދާއިރު އާސަންދަ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެ ކުންފުނިން އެންމެ ގިނަ ޚަރަދެއް ކުރަން ޖެހިފައިވަނީ ބޭހަށެވެ. މިކަންތައްތައް މިހެން ހުރުމާއި ގުޅިގެން އާސަންދައިން ބުނެފައިވަނީ އެތަނުގެ ޚަރަދުގެ 40 އިންސައްތަ ހޭދަ ކުރަން ޖެހެނީ ބޭހަށް ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށްޓަކައި އަންނަ އަހަރު ގިނަ ކަންކަން ރޭވިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބަޖެޓްގައިވާ ގޮތުން އާސަންދަ ސިއްހީ އިންޝުއަރެންސް ސްކީމަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅަން ރާވައިފައިވާ މުހިއްމު ފިޔަވަޅުތަކެއް 2022 ގައި ތަންފީޒު ކުރެވިގެންދާނެއެވެ. އާސަންދައިގެ ނިޒާމުގެ އެންމެ ބޮޑު ޚަރަދެއް ކުރެވޭ ދާއިރާއަކީ ބޭހަށްވެފައި، 2022 ވަނަ އަހަރުގެ ތެރޭގައި ބޭހަށް މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެންމެ މަތިން ވިއްކޭ އަގު ކަނޑައަޅައި ތަންފީޒު ކުރުމަށް ނިންމާފައިވުމާއެކު އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެއެވެ.

އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅުމުގެ ކުރިން ސަރުކާރުން ހެދި އެކި ދިރާސާތަކުން ދައްކާ ގޮޮތުގައި އެއްބޭހެއް އެކި ފާމަސީތަކުން އެކި އަގަށް ވިއްކަން ހުރެއެވެ. އެގޮތުން 3.25 ރުފިޔާއަށް ލިބޭ ބޭސް 6 ރުފިޔާއާ ހަމައަށް ވެސް ބައެއް ފާމަސީތަކުން ވިއްކަމުންދެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ބޭސް ފިހާރަތަކުގައި ތިބޭ ބިދޭސީން އެމީހުންނަށް ފައިދާ ލުމަށްފަހު ބޭސް ވިއްކާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަަމަށެވެ. އެންމެ މަތިން ބޭސް ވިއްކޭ އަގު ކަނޑައެޅިގެން ދިޔުމުން މިކަންތައްތަކަށް ހައްލު އަންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ބޭސް ގަންނަ އަގަށް އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. ހެލްތް މިނިސްޓްރީން ބުނީ ސިއްހީ ޚިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް" އެމްއާރުޕީ ކަނޑައަޅަންވާނެ ކަމުގައި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު ގެ 63 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހައި ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެކެވެ. މިގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސް ތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، 1 ޖެނުއަރީ 2022 އިން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެއެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައެވެ.

ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާއި ޢާއްމުން މިކަމަށް ތައްޔާރުވުމަށްޓަކައި އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިޒް އާއެކު މިމުއްދަތުގެ ކުރިން ހެލްތް މިނިސްޓްރީއިން ޢާއްމު ކުރާނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ބޭސް އެތެރެކުރާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންދިޔަ އެކްސްލޫސިވިޓީ ހުއްޓާލުމަށްވެސް ރޭވިފައިވެއެވެ. މީގެއިތުރުން އާސަންދައިގެ ނިޒާމުގެ ތެރޭގައާއި ޖުމްލަކޮށް ސިއްހީ ނިޒާމުގެ ތެރޭގައި ހުރި އެހެނިހެން އިންއެފިޝަންސީތަކަށް ހައްލު ހޯދައި ޚަރަދު ބޭކާރުވެގެން ދިއުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް 2022 ވަނަ އަހަރު މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ ބޭހުގެ ޓެސްޓިން މަރުހަލާތައް ވެސް ހަރުދަނާ ކުރުމަށްޓަކައި ތަފާތު އެކި މަސައްކަތްތައް ކުރެވެމެންދާ ކަމަށެވެ. ބޭސް ވިއްކޭނެ އެންމެ މަތީއަގު ކަނޑައެޅިގެން ދިޔުމާއެކު ބޭހުގެ ކޮލިޓީ އެއް ހަމައެއްގައި ނުހިފެހެއްޓިދާނެ ކަމަށް ބުނެ އާންމުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ބޭހުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެ އޮތޯރިޓީންނާއި ހެލްތް މިނިސްޓްރީން އާންމު ގޮތެއްގައި މާކެޓުގައި ލިބެން ހުންނަ ބޭސްތައް ގަތުމަށްފަހު ބޭހުގެ ކޮލިޓީ ޓެސްޓް ކުރުމުގެ މަރުހަލާތައް ވެސް އަބަދު ކުރިއަށް ގެންދެއެވެ.

ބޭސް ވިއްކޭނެ އެންމެ މަތީއަގު ކަނޑައެޅިގެން ދިޔުމާއެކު އާސަންދަ ކުންފުނިން ބޭހަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އޮޅުވާލައިގެން ރައްޔިތުން އަތުން ބޭހަށް ފައިސާ އިތުރަށް ނަގާ ނެގުން ނިމުމަކަށް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. މިއީ ހެޔޮ ބަދަލަކަށް ވެގެންދާނެއެވެ.

ބޭސް ފިހާރަމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު