Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް

ފުރަތަމަ މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

ދެވަނަ މެޗުގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ނޮވެމްބަރު 2021 | އަންގާރަ 10:12
ދުބާއީގައި ގައުމީ ބާސްކެޓްބޯޅަ ޓީމުން ކުރިއަށްގެންދިޔަ ކޭމްޕުގެ ތެރެއިން

ދުބާއީގައި ގައުމީ ބާސްކެޓްބޯޅަ ޓީމުން ކުރިއަށްގެންދިޔަ ކޭމްޕުގެ ތެރެއިން

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ "ހަވަނަ ސައުތު އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް (ސާބާ ޗެމްޕިއަންޝިޕް)" ގައި ކުޅުނު ފުރަތަމަ މެޗުން ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ކުޅުނު މެޗުން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އަތުން ރާއްޖެ ބަލިވީ 88-31 ޕޮއިންޓުންނެވެ.

މި މެޗުގައި އިންޑިއާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ކުއަރޓާ އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ 26-4 ޕޮއިންޓުންނެވެ. އަދި ދެވަނަ ކުއާޓަރު ނިންމާލިއިރު އިންޑިއާ ކުރީގައި އޮތީ 54-11 އިންނެވެ. އޭގެ ފަހުން ރާއްޖޭން މި މެޗުގައި ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، އިންޑިއާއިން ވަނީ އަނެއް ދެ ކުއާޓަރުގައިވެސް ލީޑު ދަމަހައްޓާފައެވެ. އެގޮތުން 71-22 އިން އިންޑިއާ ކުރީގައި އޮވެ ތިންވަނަ ކުއާޓަރު ނިންމާލިއިރު، ފަހު ކުއާޓަރު ނިމުނުއިރު އިންޑިއާ ކުރީގައި އޮތީ 88-31 ޕޮއިންޓުންނެވެ.

މި ފަހަރު ސާބާ ޗެމްޕިއަންޝިޕާ ކުރިމަތިލިއިރު ގައުމީ ޓީމަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އަނިޔާގެ ސަބަބުން ރިޝްފާން ރަޝީދު (ކޮކީ) އާއި އަހުމަދު ފިރާޝްއަށް ވަނީ މި މުބާރާތް ގެއްލިފައެވެ. އެކަމަކު އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) އަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އޭނާ ވަނީ ރިކަވާވެގެން މި މެޗުގައި ކުޅެފައެވެ.

މި ފަހަރުގެ މުބާރާތާ ރާއްޖެ ކުރިމަތިލާފައިވަނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ފަހަކަށް އައިސް ބާސްކެޓުބޯޅައިގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ފުރަމުން އަންނައިރު، އިއްލެ އާއެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުޙައްމަދު ޒިލާލް (ޒިލާ) އާއި، ކުރީގެ ބާސްކެޓްބޯޅަ ތަރި އަލީ ފަޒްލީ އަދި މުޙައްމަދު ނަސީރެވެ.

ރާއްޖޭން ސާބާ ޗެމްޕިއަންޝިޕްގައި ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭނީ ބުރާސްފަތި ދުވަހެވެ. މި މުބާރާތުގައި ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ލަންކާއިން ވަނީ 67-56 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ.

ސާބާ ޗެމްޕިއަންޝިޕްގައުމީ ބާސްކެޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

01 މާރިޗު 2025

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް
02 އޮކްޓޯބަރު 2024

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި
14 ޖެނުއަރީ 2023

ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!

14 ޖެނުއަރީ 2023
ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!
30 ސެޕްޓެމްބަރު 2022

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ހޯދައިފި

30 ސެޕްޓެމްބަރު 2022
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ހޯދައިފި
29 ސެޕްޓެމްބަރު 2022

ޕްރަސަންނަގެ ތައުރީފު ލަންކާ ކުޅުންތެރިންނަށް

29 ސެޕްޓެމްބަރު 2022
ޕްރަސަންނަގެ ތައުރީފު ލަންކާ ކުޅުންތެރިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު