Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސާބާ ޗެމްޕިއަންޝިޕް

ބާސްކެޓުގައި ދިވެހި އަންހެން ކުޅުންތެރިން ދެއްކި ގަދަ ހިތްވަރާއި އުފާވެރި ކަރުނަ!

މި މޮޅަކީ ރާއްޖެއިން ނޭޕާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2022 | ހޯމަ 05:04
މެޗަށްފަހު ދިވެހި ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗަށްފަހު ދިވެހި ކުޅުންތެރިން އުފާ ފާޅުކުރަނީ

ރާއްޖޭގައި ކުރިއަށްދާ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނޭޕާލް ބަލިކުރުމަކީ ލިބުނު ތާރީޚީ ކާމިޔާބެކެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެން ބާސްކެޓު ބޯޅައިގެ ބައިނަލްއަޤުވާމީ މުބާރާތެއް ބޭއްވުމަކީ ވެސް ތަރީޚީ ކަމެކެވެ. ދިވެހި ކުޅުންތެރިންނަށް އަމިއްލަ ވަޒަނުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. މުބާރާތުގެ ކުރިން ވެސް ދިވެހި ޓީމު އެދުނީ އެކަމަށެވެ. އެހެން ޤައުމުތަކުގައި އެ މީހުންގެ ސަޕޯޓަރުންނާ ދެކޮޅަށް ކުޅެ ވެސް ރަނގަޅު ނަތީޖާއެއް ނެރެފައިވާނެ ކަމަށާއި، އެހެންކަމުން އަމިއްލަ ވަޒަނުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ. އެދުނީ ދިވެހިންގެ ސަޕޯޓަށެވެ.

މުބާރާތުގެ ފުރަތަމަ މެޗަށް ނުކުތްއިރު، އެންމެ ފަހުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ނޭޕާލުންނެވެ. އެއީ މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓު ބޯޅައިގެން ސެމީ ފައިނަލްގައެވެ. ނޭޕާލުގައި ކުރިއަށް ދިޔަ މުބާރާތުގެ ސެމީ ފައިނަލްގައި އެ ޤައުމު އަތުން ރާއްޖެ ބަލިވީ 76-62 އިންނެވެ. އޭގެ ހަތަރު އަހަރު ފަހުން އަނެއްކާ ވެސް ނޭޕާލާ ދެކޮޅަށް ނުކުތްއިރު، ރާއްޖޭގެ އޮތީ މޮޅުވުމުގެ އަޒުމެވެ.

ރާއްޖޭގެ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އިތުރުން އެތައް އިސްވެރިން ވަޑައިގެންނެވިއެވެ. މީގެ އިތުުރުން މުޅި ޒުވާނުންގެ މަރުކަޒު އޮތީ ދިވެހި ސަޕޯޓަރުން ވަދެ ފުރާލާފައެވެ.

މެޗު ފަށައިގެން ވެސް ދިވެހި ޓީމުން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާ ރާއްޖެއިން ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ތިން ވަނަ ކުއާޓާ ފެށިގެން ނޭޕާލުން ވަނީ ލީޑު އަތުލާފައެވެ. ތިން ވަނަ ކުއާޓާ ނޭޕާލުން ނިންމާލީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. ހަތަރު ވަނަ ކުއާޓާ ފެށިގެން ނޭޕާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ކުއާޓާގައި ނޭޕާލުން ވަނީ 40-36 އިން ލީޑު ނަގާފައެވެ. އޭގެ ފަހުން ރާއްޖެއިން ދެ ޕޮއިންޓަށް ގާތް ކުރި ނަމަވެސް، ނޭޕާލުން ވަނީ ލީޑު ހިފަހައްޓާފައެވެ. އެ ޤައުމުން ވަނީ 44-39 އިން ވެސް ލީޑު ނަގާފައެވެ.

މެޗު ވަކި ވަގުތަކަށް މެދު ކަނޑާލުމަށްފަހު ފެށި ހިސާބުން ދިވެހި ކުޅުންތެރިންގެ ހިތްވަރު ފެނުނެވެ. މެޗުގެ ނަތިޖާ އަނބުރާލުމަށް ދިވެހި ކުޅުންތެރިން ދިޔައީ ހިތްވަރު އެލުވާނުލައި މަސައްކަތް ކުރަމުންނެވެ. މެޗު ނިމެން ގާތް ގަނޑަކަށް މިނެޓަކަށް ވެފައި އޮއްވާ، ރާއްޖެއިން ވަނީ 44-44 އިން ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ނާގަފައެވެ. ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހި ކުޅުންތެރިން ދައްކަމުން ދިޔަ ހިތްވަރަށް ސަޕޯޓަރުން ދިޔައީ މެދު ކެނޑުމެއް ނެތި ސަޕޯޓުދެމުންނެވެ. އެ ހިތްވަރާއެކު ދެން ވެސް ދިވެހި ޓީމުން ވަނީ ސްކޯ ކޮށްފައެވެ. އެ ލީޑު ހިފަހައްޓައި ރާއްޖެއިން މެޗު ނިންމާލީ 51-47 އިންނެވެ.

މެޗު ނިންމާލަށް ރެފްރީ ފަހު ކަށިގަނޑު ފުމެލުމާއެކު ދެން ފެނިގެންދިޔައީ ކުޅުންތެރިންގެ އަސަރު ގަދަ ވަގުތު ކޮޅެކެވެ. ސަޕޯޓަރުންގެ އަޑުން ސޯޝަލް ސެންޓަރު ގުގުމަމުން ދިޔައިރު، ފެންކަޅިވެ، އުފަލުން ރޮވިފައިވާ ކުޅުންތެރިން ދިޔައީ އާއިލާގެ ފަރާތްތަކާއި، ސަޕޯޓަރުންނާއެކު އުފާ ފާޅުކުރަމުންނެވެ. މެޗަށްފަހު ދިވެހި ކުޅުންތެރިންގެ މޫނު މަތިން ފެނުނީ ޤައުމަށް ރީތި ނަމަކާއި، ޝަރަފެއް ހޯދައި ދިނުމަށް ކުޅުންތެރިންގެ ހިތުގައި އޮތް އަޒުމެވެ. ކުޅުންތެރިން ދެއްކި ހިތްވަރަކީ މުޅި ޤައުމު ފަޚުރުވެރިވާ ހިތްވަރެކެވެ.

މެޗަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ކުޅިވަރު ވަޒީރު ވަނީ ކުޅުންތެރިންނާ ސަލާމް ކުރައްވައި، މަރުޙަބާ ވިދާޅުވެ، ހިތްވަރު ދެއްވާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އާމިނަތު ޝިއުރާ އާއި ފާތިމަތު ރިޝްމާ ވަނީ މި ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ދެ ކުޅުންތެރިން ބުނީ ނޭޕާލްގައި ލިބުނު ތަޖުރިބާއިން ބޭނުންވީ، މުބާރާތް މާލޭގައި އޮންނައިރު، ނޭޕާލް ބަލިކުރަން ކަމަށެވެ. އެ ކުޅުންތެރިން ބުނީ އުންމީދު ކުރި ގޮތަށް މެޗުގައި ނޭޕާލް ބަލިކުރެވުމުން ބުނެދޭން ވެސް ނޭންގޭހާ އުފާވިކަމަށެވެ. މީގެ އިތުރުން މެޗުގެ ފަހު ވަގުތުގައި މޮޅު ކުޅުމެއް ދައްކައި މެޗުން މޮޅުވެވުނީ، ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓުންކަން ފާހަގަކޮށް، ކުޅުންތެރިން ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސަޕޯޓުކޮށްދިނުމަށެވެ. ކުޅުންތެރިން ބުނީ ބާސްކެޓު އަންހެން ޓީމުގައި ގިވްއަޕް ކުރާނެ ކުޅުންތެރިޔަކު ނުހުންނާނެ ކަން މެޗުން ފެނިގެންދާނެ ކަމަށެވެ.

މި މޮޅަކީ ރާއްޖެއިން ނޭޕާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅު ވެސް މެއެވެ. މި މޮޅާއެކު ޓީމަށް ކުރިއަށް އޮތް މެޗަށް އިތުރު ހިތްވަރެއް ލިބޭނެ ކަން ޔަގީނެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގައުމީ ބާސްކެޓްބޯޅަ ޓީމުސާބާ ޗެމްޕިއަންޝިޕްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު