Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް: މަންޗިނީ

އިޓަލީއަށް ވަނީ ޕްލޭއޮފް ބުރުގައި ކުޅެން ޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ނޮވެމްބަރު 2021 | އަންގާރަ 05:37
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

އުމުރުން 56 އަހަރުގެ މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީން ވަނީ މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނޮދަން އަޔަލެންޑާ އެއްވަރު އިޓަލީއަށް ވަނީ އަންނަ އަހަރުގެ މުބާރާތުގެ ސީދާ ޖާގައެއް ގެއްލިފައެވެ.

އިޓަލީގެ ކޯޗުގެ މަގާމާ 2018 ވަނަ އަހަރު މަންޗިނީ ހަވާލުވީ، 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާ ގުޅިގެން، އޭރު ކޯޗުގެ މަގާމުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ މަގާމުން ވަކިކުރުމުންނެވެ. ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށްވެސް އިޓަލީ ޕްލޭއޮފް ކުޅުނު ނަމަވެސް، ޕްލޭއޮފް މެޗުން އެ ފަހަރު އިޓަލީ ވަނީ ސްވިޑެން އަތުން ބަލިވެފައެވެ.

ހޯމަ ދުވަހުގެރޭ ނޮދަން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ދިން އިންޓަވިއުއެއްގައި މަންޗިނީ ބުނީ މާޗު މަހު ކުޅޭ ޕްލޭއޮފުން ވޯލްޑް ކަޕަށް ކޮލިފައިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ކޮލިފައިވެ، އިޓަލީން އެ މުބާރާތް ކާމިޔާބުވެސް ކޮށްފާނެ ކަމަށާއި، އެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް މަންޗިނީ ވަނީ ބުނެފައެވެ.

އިޓަލީއަށް ޕްލޭއޮފް ބުރުގައި ކުޅެން ޖެހިފައިވާއިރު، މި ފަހަރުގެ ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ އެއްވަރުވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން އިޓަލީ ވަނީ ސްވިޓްޒަލެންޑާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެ މެޗުގެ ފަހު މިނެޓުގައި އިޓަލީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މަންޗިނީ ބުނީ އިޓަލީއަށް މެޗުތައް ކޮންޓުރޯލް ކުރެވުނު ނަމަވެސް، ލަނޑު ޖެހުމުގައި މައްސަލަތަކެއް ދިމާވާ ކަމަށެވެ. އެހެންކަމުން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭ ކަމަށާއި، އެކަމަކު ކޮލިފައިންގައި ދިމާވި މައްސަލަތައް ރަނގަޅުކޮށް، ޕްލޭއޮފަށް އިޓަލީ ކުރިމަތިލާނީ ވަރުގަދަކޮށް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދެއްކި އިޓަލީއަށް ވޯލްޑް ކަޕުގެ ސީދާ ޖާގައެއް ގެއްލުނުއިރު، މި އަހަރުގެ މެއި މަހުގެ ތެރޭގައި އިޓަލީން ވަނީ މަންޗިނީގެ އެއްބަސްވުން އާކޮށްފައެވެ. އެހެންކަމުން އައު އެއްބަސްވުމާއެކު 2026 ވަނަ އަހަރުގެ ޔޫރޯއަށް އިޓަލީ ޓީމު ތައްޔާރުކުރުމުގެ ޒިންމާވެސް ވަނީ މަންޗިނީއާ ހަވާލުކޮށްފައެވެ.

ވޯލްޑް ކަޕް ކޮލިފައިންރޮބާޓޯ މަންޗިނީ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
26 އޮކްޓޯބަރު 2024

ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ

26 އޮކްޓޯބަރު 2024
ސައުދީ ޤައުމީ ޓީމުގެ ކޯޗުކަމުން މަންޗިނީ ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު