Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

އިންގްލެންޑް ކޮލިފައިވިއިރު، އިޓަލީ ޕްލޭއޮފަށް

އިޓަލީ އެއްވަރުވުމާއެކު ވޯލްޑް ކަޕަށް ކޮލިފައިވީ ސްވިޓްޒަލެންޑް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 04:30
ސެން މެރީނޯ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ސެން މެރީނޯ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް އިންގްލެންޑް ކޮލިފައިވިއިރު، ނޮދަން އަޔަލެންޑާ އެއްވަރުވެ ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ ޕްލޭއޮފް ބުރުގައި ކުޅެން ޖެހިއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ސެން މެރީނޯ އަތުން 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ 1964 ވަނަ އަހަރަށްފަހު މެޗެއްގައި އިންގްލެންޑުން 10 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ސެން މެރީނޯގައި ކުޅުނު މެޗުގައި އިންގްލެންޑުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި މެޗު ފަށައިގެން ހަވަނަ މިނެޓުގައި ހެރީ މެގުއާ އިންގްލެންޑަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފުގައި ދެން ފެނުނު ލަނޑަކީ ސެން މެރީނޯގެ ފިލީޕޯ ފަބްރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުގެ ލަނޑުތައް ޖަހައިދިނީ އެމީލް ސްމިތު ރޯވް އާއި، ޓައިރަން މިންގްސް އާއި، ޓެމީ އަބްރަަހަމް އަދި ބުކާޔޯ ސަކާއެވެ. މި މެޗުގައި ޒުވާން ތަރި ސްމިތު ރޯވް ލަނޑު ޖެހިއިރު، މި މެޗަކީ އޭނާ އިންގްލެންޑުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މޮޅާއެކު ގްރޫޕް އައިގެ އެއްވަނަ އިންގްލެންޑުން ހޯދީ ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި އިންގްލެންޑް މިހާރު ވަނީ ވޯލްޑް ކަޕް ކޮލިފައިންތަކުގައި ބަލިނުވެ 30 މެޗު ހަމަކޮށްފައެވެ. މި ފަހަރުގެ ކޮލިފައިންގައި ކުޅުނު 10 މެޗުން އިންގްލެންޑަށް 26 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ޕޮލެންޑަށް 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އެއާއެކު ޕޮލެންޑް ވާދަކުރާނީ ޕްލޭއޮފް ބުރުގައެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީއަށް ޕްލޭއޮފް ބުރުުގައި ކުޅެން ޖެހުނީ ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނޮދަން އަޔަލެންޑާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

ނޮދަން އަޔަލެންޑުގައި ކުޅުނު މި މެޗުގައި އިޓަލީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ނޮދަން އަޔަލެންޑުގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި މެޗުގައި ނޮދަން އަޔަލެންޑުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ދިފާއުކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ނޮދަން އަޔަލެންޑުގެ ކޯނޯ ވޮޝިންޓަން ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ އިޓަލީގެ ޑިފެންޑަރު ލެއޮނާޑޯ ބޮނޫޗީއެވެ.

މި މެޗުން އިޓަލީ އެއްވަރުވުމާއެކު، ގްރޫޕް ސީގެ އެއްވަނަ ހޯދައި ވޯލްޑް ކަޕަށް ކޮލިފައިވީ ސްވިޓްޒަލެންޑެވެ. ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑް ވަނީ ބަލްގޭރިއާ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ސްވިޓްޒަލެންޑަށް ގްރޫޕް ސީގެ އެއްވަނަ ލިބުނީ އަށް މެޗުން 18 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އިޓަލީ އޮތީ އަށް މެޗުން 16 ޕޮއިންޓާއެކުއެވެ.

މި ނަތީޖާތަކާއެކު އިންގްލެންޑާއި ސްވިޓްޒަލެންޑް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، މިހާތަނަށް ޖުމްލަ 11 ގައުމެއް ވަނީ މި މުބާރާތަށް ކޮލިފައިވެފައެވެ. އެއީ އެ ދެ ގައުމުގެ އިތުރުން ޔޫރަޕުގެ ނުވަ ގައުމު ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، ބެލްޖިއަމް، ޖަރުމަން، ޑެންމާކް، ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ އިތުރުން ދެކުނު އެމެރިކާ ބައްރުން ބްރެޒިލެވެ. އަދި ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ.

ވޯލްޑް ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު