Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކައުންޓެންޓުންގެ ފޯރަމް

އެކައުންޓިންގ ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ - ރައީސް

މި ދާއިރާއިން މީހުން ބިނާކުރުމަކީ މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 17:48
އެކައުންޓެންޓުންގެ ފޯރަމްގައި ރައީސް ވާހަކަދައްކަވަނީ

އެކައުންޓެންޓުންގެ ފޯރަމްގައި ރައީސް ވާހަކަދައްކަވަނީ

އެކައުންޓިންގ ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ޕްރޮފެޝަން ތަރައްގީކުރުމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އިތުރުން، އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައްވެސް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ފެނުނީ، ގައުމުތަކުގެ އިޤްތިޞާދު އިނދަޖައްސައިލި ވަބާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ދޮޅު އަހަރަށްފަހު، މިހާރު ފެންނަނީ ދުނިޔޭގެ އިޤްތިޞާދު އަނެއްކާވެސް މަޑުމަޑުން ހަށިފޮޅާލާފައި ތެދުވަމުން އަންނަ މަންޒަރު ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ވެސް ހަމަ މިމޭރުމުން ހިންދެމިލާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ. އަދި މި ފޯރަމަކީ އިޤްތިޞާދީ ބަދަލުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ފެށުން ކަމަށާއި، މި ފޯރަމް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ރައީސް، ޙުސައިން ނިޔާޒީއަށާއި އެ އިންސްޓިޓިއުޓްގެ އިންތިޤާލީ ކައުންސިލްގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތައް، ޚާއްޞަކޮށް، ދައުލަތުގެ މާލީ މުޢާމަލާތްތައް، އޮޑިޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފެށިފައި ވަނީ، މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިން ކަމަށެވެ. މިއަދާ ހަމައަށް އައިއިރު، އޮޑިޓިންގއާއި އެކައުންޓެންސީގެ ދާއިރާ މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި، ކޮންމެވެސް ވަރަކަށް ތަރައްޤީވެސް ވެފައި ކަމަށެވެ.

އެހެން ނަމަވެސް، މި ދާއިރާގައިވެސް ދިވެހިންނަށްވުރެ ގިނަކަމަށް ފާހަގަކުރެވެނީ، ބިދޭސީ އެކައުންޓެންޓުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރައްވާ ކަމަށާއި، ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިންގ ދާއިރާގެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވަޒީފާތަކަށް ސަރުކާރުވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ޤާބިލް އެކައުންޓެންޓުން ކަމަށާއި، އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، އެ އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށާއި، އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައްވެސް ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކައުންޓިންގ ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށެވެ. މި ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށީވެސް މިދިޔަ އަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ސޯލިހުއޮޑިޓަރ ޖެނެރަލް އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ނުވޭ - އޮޑިޓް

23 މާރިޗު 2024

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު