Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޕް26 ބައްދަލުވުން

ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިނުވާނެކަމުގެ ޔަގީންކަން ކޮޕް ބައްދަލުވުމުން ލިބިފައިނުވާތީ، މިނިސްޓަރގެ ކަންބޮޑުވުން

މިނިސްޓަރ ޝައުނާ ވަނީ، އެޑެޕްޓޭޝަންއާބެހޭ މަޝްވަރާތަކާމެދު މުއާހަދާގެ ބައިވެރިން އެއްބަސްވުމަކާ ހަމައަށް ގެނައުމަށްޓަކައި މި މައްސަލަ އިސްވެ ފެސިލިޓޭޓް ކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 14:13
ކޮޕް26 ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ވާހަކަދައްކަވަނީ

ކޮޕް26 ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ވާހަކަދައްކަވަނީ

ގްލާސްގޯގައި ކުރިޔަށްދިޔަ ކޮޕް26 ބައްދަލުވުމުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިނުވެ ހިފެހެއްޓުމުގެ ލަނޑުދަނޑި ހާސިލުވާނެކަމުގެ ޔަގީންކަން ލިބިފައިނުވާތީ، އެކަމުގެ ކަންބޮޑުވުން އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ފާޅުކުރައްވައިފިއެވެ.

ކޮޕް26 ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ، އެއްބާރުލުމުގެ ރޫހުގައި ކުރިޔަށް ދިޔުމަށްޓަކައި ޖަލްސާގެ ނިންމުންތައް ބަލައިގަންނަން ރާއްޖެއިން އެއްބަސްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ ދިވެހިންގެ ފުރާނައާ ގުޅިފައިވާ ނިންމުންތަކެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއަށާއި ދިވެހިންނަށް ލިބޭނެ އިޔާދަނުކުރެވޭ ގެއްލުންތަކަށް އެހީވުމަށް ފައިސާ ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮޕް26 ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވަނީ، އެޑެޕްޓޭޝަންއާ ބެހޭ މަޝްވަރާތަކާމެދު މުއާހަދާގެ ބައިވެރިން އެއްބަސްވުމަކާހަމައަށް ގެނައުމަށްޓަކައި، ސްޕެއިންގެ މިނިސްޓަރ ތެރީސާ ރިބޭރާއާއެކު މި މައްސަލަ އިސްވެ ފެސިލިޓޭޓް ކުރައްވާފައެވެ. އަދި ކާމިޔާބުކަމާއެކު، މޫސުމީ ބަދަލުތަކަށް ދުނިޔެ ހޭނުމަށް ކަނޑައަޅާ ލަނޑުދަނޑި (ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން) ކަނޑައަޅާނެ ވޯރކް ޕްރޮގްރާމަކަށް ވަނީ އެއްބަސްވެފައެވެ. އަދި މި ވޯރކް ޕްރޮގްރާމް އިފްތިތާހުކުރާ މަސައްކަތު ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ކަނޑައަޅާފައެވެ.

ކޮޕް26 ބައްދަލުވުން ނިމިގެންދިޔައީ، 2015 ވަނަ އަހަރު ފާސްކުރެވުނު، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޕެރިސް އެގްރީމެންޓަށް އަމަލުކުރުމަށް ތަފްސީލްކުރަންޖެހޭ އުސޫލުތައް، ނުވަތަ 'ޕެރިސް ރޫލް ބުކް'ގެ ފުރިހަމަ ނުކުރެވި ހުރި ބައިތަކަށް އެއްބަސްވުމަށް އާދެވި، މި ބައިތައް ފާސްކުރެވިގެންނެވެ. މިގޮތުން، ޖައްވަށް ދޫކުރާ ގްރީންހައުސް ގޭސް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މަޝްރޫއުތައް ހިންގުމަށް އެހީދިނުމަށް އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި، މި ލަނޑުދަނޑިތައް ހާސިލްވަމުންދާގޮތް ބަޔާންކުރާ ރިޕޯޓް ހުށަހަޅާނެ ގޮތުގެ އުސޫލުތަކަށް ގައުމުތަކުން އެއްބަސްވެފައިވެއެވެ. އަދި ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް ކަނޑައަޅާ ކާބަން ބަޖެޓް، ވިޔަފާރީގެ އުސޫލުން ވިއްކާނެ ނިޒާމް އެކުލަވާލައި، މި ނިޒާމްގެ ދަށުން ލިބޭ ފައިސާގެ %5، ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެޑެޕްޓޭޝަން މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ އެޑެޕްޓޭޝަން ފަންޑަށް ޖަމާކުރުމަށް ފާސްކޮށްފައިވެއެވެ.

މީގެއިތުރުން ޕެރިސް އެގްރީމެންޓްގެ ދަށުން، ހުރިހާ ގައުމުތަކުން ކޮންމެ ދެ އަހަރުން އެއްފަހަރު ހުށައަޅަން ޖެހޭ ރިޕޯރޓް 'ބައިއެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓް' އެކުލަވާލާނެ ގޮތަކާމެދު ވަނީ ހުރިހާ ގައުމުތަކުން އެއްބަސްވެފައެވެ. މި އެއްބަސްވުން ބިނާ ކޮށްފައި ވަނީ ޕެރީސް އެގްރީމެންޓް ދަށުން އެކުލަވާލެވުނު އުސޫލާއި، ގަވާއިދުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތު ކުރީ ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމުތަކުން މިރިޕޯރޓް ހުށަހެޅުމުގައި ލުއިތަކެއް ހޯދުމަށެވެ. ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުން ކުރި މަސައްކަތުން، ހުރިހާ ގައުމުތަކުން މިކަމަށް ވަނީ އެއްބަސްވެފައެވެ. އަދި އެހެންމެ، ކްލައިމެޓް ފައިނޭންސިންގގެ ދަށުން ލިބޭ، އަދި ޚަރަދު ވާމިންވަރު ރިޕޯރޓް ކުރުމަށް ވަނީ އެއްބަސްވެފައެވެ. ޕެރިސް އެގްރީމެންޓްގެ ދަށުން، ގައުމުތަކުން ލާޒިމް ކުރާ ނެޝަނަލީ ޑިޓަރމިން ކޮންޓްރިބިއުޝަން (އެން.ޑީ.ސީ)، ހުރިހާ ގައުމުތަކުން ކޮންމެ ފަސް އަހަރެއްގެ ޓާރގެޓެއް ހުށައެޅުމަށް ހުރިހާ ގައުމުތަކުން އެއްބަސްވެފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކުން ވަކާލާތު ކުރަމުންދިޔައީ، މޫސުމީ ބަދަލުތަކުން ލިބޭ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް (ލޮސް އެންޑް ޑެމޭޖް)އަށް އެހީދިނުމަށް ޕެރިސް އެގްރިމެންޓްގެ ދަށުން ކަނޑައެޅުމަށާއި، މި އެހީ ދޭގޮތުގެ މައުލޫމާތު ރިޕޯޓްކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ކަމުގައި ވީ ނަމަވެސް، މިކަން ހާސިލްވެފައެއްނުވެއެވެ.

ކްލައިމެޓް ފައިނޭންސިންގގެ ދަށުން މި ބައްދަލުވުމުގައި އެއްބަސްވެވުނު ކަންތައްތަކުގެ ތެރޭގައި، ލޮސް އެންޑް ޑެމޭޖަށް ޚާއްސަ ފަންޑެއް މި މުއާހަދާގެ ދަށުން އެކުލަވާލުމާބެހޭ މަޝްވަރާތައް ފެށުމާއި، އެޑެޕްޓޭޝަންއަށް ދޭ ފައިސާ ދެގުނަކުރުމަށް އެހީދޭ ގައުމުތަކަށް ގޮވާލުން ހިމެނެއެވެ. އަދި 2020 ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު 100 ބިލިއަން ޔޫ.އެސް. ޑޮލަރު ގައުމުތަކުން ފޯރުކޮށްދިނުމަށް 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވެފައި ނުވާތީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، 2025 ވަނަ އަހަރަށް އައު ލަނޑުދަނޑިއެއް ކަނޑައަޅާނެ ވޯރކް ޕްރޮގްރާމެއް ފާސްކުރެވުނެވެ.

ކޮޕް26އެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު