Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީ ކޯޗުން ތަމްރީނުކުރުން

މުޅި ރާއްޖެއަށް ވޮލީ ފުޅާކުރަން ކޯޗުން ތަމްރީނުކުރަނީ

ކޯސް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ ހަތަރެއްގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 13:29
ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ފެށި ކޯހުގެ ތެރެއިން

ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ފެށި ކޯހުގެ ތެރެއިން

ރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށްގެންދާ ވޮލީބޯޅަ ކޭމްޕުތަކަށް ކޯޗުން ތައްޔާރުކުރުމުގެ ގޮތުން "ނެޝަނަލް ސެޓިފިކެޓް ލެވެލް އެކެއް ކޯޗިން ވޮލީބޯލް" ކޯސް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފަށައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ފެށި މި ކޯސް ވީއޭއެމުން ކުރިއަށްގެންދަނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަދި ޕޮލިސް ކުލަބާ ގުޅިގެންނެވެ. މި ކޯހުގެ ހަވީރު ދަންފަޅީގައި ތިއަރީ ބައި ކުރިއަށްދާއިރު، ރޭގަނޑު ކުރިއަށްދާނީ ޕްރެކްޓިކަލް ސެޝަންތަކެވެ. އަދި މި ކޯހުގައި ވޮލީބޯޅައިގެ ބޭސިކް ގަވާއިދުތަކާއި ހުނަރުތައް ކޯޗުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.

އާދީއްތަ ދުވަހުގެރޭ ފެށި މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 34 ކޯޗުން ވަނީ ބައިވެރިވެފައެވެ. އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކޯޗުން ތަމްރީނުކުރުމުގެ ކޯސް ކުރިއަށްގެންދާއިރު، މި ކޯހަށްފަހު ރެފުރީން ތަމްރީނުކުރުމުގެ ކޯސް ފެށިގެންދާނެ ކަމަށްވެސް ވީއޭއެމުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުން ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯސް ފެށިއިރު، ދާދި ފަހުން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވަނީ ރާއްޖެ ހަތް ޒޯނަކަށް ބަހާލައި، ހުރިހާ ރަށަކަށް ބައިވެރުވުމުގެ ފުރުސަތު އޮންނާނެހެން "ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް" އަންނަ އަހަރު ބާއްވާނެކަން އިއުލާންކުރައްވާފައެވެ.

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯޅައިގެ މިފަދަ ބޮޑު މުބާރާތެއް ބާއްވާނެ ފުރަތަމަ ފަހަރެވެ. އެގޮތުން އަންނަ އަހަރު މުޅި ރާއްޖޭގައި ބާއްވާ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ކުރިއަށްދާނީ ހަތް ޒޯނެއްގެ މެދުގައެވެ. އަދި އެ ޒޯނުތަކުގެ ޗެމްޕިއަނުންގެ މެދުގައިވެސް މުބާރާތެއް ބޭއްވުމަށް ވީއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރަން ނިންމާފައިވާ މުބާރާތަކީ ރާއްޖެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ކަމަށާއި އަދި އެ މުބާރާތަކީ އަތޮޅުތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި އަތޮޅުތެރޭގެ މުބާރާތަށް ޓީމުތައް ފައްކާކުރުމަށް މިހާރުވެސް ވޮލީބޯޅައިގެ ކޭމްޕުތަކެއް އަތޮޅު ތެރޭގައިވެސް ކުރިއަށްގެންދާކަން ރަނޭ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ވޮލީ ކޭމްޕުތަކަށް ރާއްޖެއިން ބޭރުން ކޯޗުން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އިތުރު ކޯޗުންނާއެކު ރިސޯޓުތަކުގައިވެސް ކޭމްޕުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އެހެންކަމުން އާދީއްތަ ދުވަހުގެރޭ ފެށި ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ކޯހާއެކު، އެ ކޭމްޕުތައް ބޭއްވުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވީއޭއެމުން ވަނީ ބުނެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު