Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

ގަރާރަކީ އެހެން ދީންތަކަށް އަމަލުކުރާ ފަރާތްތަކަށް ދިން ހަަމަލާއެއްކަމަށް އެގައުމުގެ އިސްތިއުނާފީ ކޯޓުން ބުނި

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު, ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 01:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރަބި އިސްލާމިކް އެމެރިކަން ސަމިޓްގައި ތަގުރީރު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރަބި އިސްލާމިކް އެމެރިކަން ސަމިޓްގައި ތަގުރީރު ކުރައްވަނީ

މުސްލިމް ހަ ގައުމަކުން ރެފިއުޖީންނަށް އެެތެރެވުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރަކީ އެގައުމުގެ ގާނޫނު އަސާސީ އާ ހިލާފު އެއްޗެއް ކަމަށާއި އެއީ އެހެން ދީންތަކަށް އަމަލުކުރާ ފަރާތްތަކަށް ދިން ހަަމަލާއެއްކަމަށް އެގައުމުގެ އިސްތިއުނާފީ ކޯޓަކުން ސިފަކޮށްފި އެވެ.

އެމެރިކާގެ ވަރޖިނިއާ ސްޓޭޓްގެ ސަރކަޓް ކޯޓް އޮފް އެޕީލްސް އަށް ގަރާރު ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ގަރާރު ބަލިކޮށްފައިވަނީ 10 ގާޒީންގެ ވޯޓުންނެވެ. ތިން ގާޒީއަކު ވަނީ ގަރާރު ތަންފީޒުކުރުމަށް ވޯޓު ދެއްވާފަ އެވެ.

ކޯޓުން ނެރެފައިވާ ހުކުމްގައި އިސް ގާޒީ ރޮޖަރ ގްރެގަރީ ވިދާޅުވީ ޓްރަމްޕްގެ ގަރާރަކީ ގައުމީ ސަލާމަތުގެ ނަމުގައި ނެރެފަައިވީ ގަރާރެއް ނަމަވެސް، އެގަރާރަކީ ދީނީ މިނިވަންކަން ނަގާލާ، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ތަފާތުކުރުން އިތުރުކުރުމުގެ ގޮތުން ނެރުނު ގަރާރެއް ކަމަށެވެ. މި ހުކުމްގައި ގާޒީ ގްރެގަރީ ވަނީ ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުސްލިމުން އެމެރިކާއަށް އެތެރެވިޔަ ނުދޭކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާފަ އެވެ. ގްރެގަރީ ވިދާޅުވީ މިހުރިހާ ކަމަކަށް ބެލުމަށްފަހު، މިގަރާރަކީ ހަމައެކަނި މުސްލިމުންނަށް އަމާޒުކޮށްފައިވާ ގަރާރެއް ކަމަށް ހަމަ ބުއްދީގައި ހުރި ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެ ކަމަށެވެ.

ވައިޓްހައުސް އިން ވަނީ މި ހުކުމަށް ފާޑުކިޔާފަ އެވެ. އެޓާރނީ ޖެނެރަލް ޖެފް ސެޝަންސް ވިދާޅުވީ ކޯޓުން ހުކުމެއް ކުރާއިރު، ގަރާރުގައިވާ ބަސްތަކަށް ވިސްނުމުގެ އިތުރުން، ހާލަތަށް ރިޢާޔަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، ހަ ގައުމަކަށް ގަރާރުގައި އިޝާރާތްކޮށްފައިވަނީ އެގައުމުތަކަކީ ޓެރަރިޒަމްގެ ނުރައްކާ އޮތް ގައުމުތަކަށް ވާތީ ކަމަށް ސެޝަންސް ވިދާޅުވި އެވެ. އަދި، ރައީސްގެ ހައިސިއްޔަތުން، ގައުމުގެ ސަލާމަތާއި އަމާންކަމަކީ ޓްރަމްޕް އެންމެ ބޮޑަށް އިސްކަންދެއްވާ ކަންކަން ކަމަށް އޭނާ ފާހަގަކުރެެއްވި އެވެ. އެހެންކަމުން މިފަދަ ގަރާރެއް އެކުލަވާލާ، އެ ތަންފީޒުކުރުމަކީ ޓްރަމްޕަށް ލިބިގެންވާ ހައްގެއް ކަމަށްވެސް ސެޝަންސް ވިދާޅުވި އެވެ.

ލީބިޔާ، އިރާން، ސޯމާލިޔާ، ސޫދާން، ސީރިޔާ އަދި ޔަމަނުން އެމެރިކާއަށް ހިޖުރަކުރާ މީހުންނާއި ރެފިއުޖީން އެތެރެވިޔަ ނުދިނުމަށް ޓްރަމްޕް އެންމެ ފުރަތަމަ ގަރާރެއް ހުށަހެޅުއްވީ ޖެނުއަރީ 27ގައެވެ. މިގަރާރުގައި ސޮއިކުރެއްވުމާއި ގުޅިގެން އެމެރިކާގެ ގިނަ ސަރަހައްދުތަކުގައި ވަނީ ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފައެެވެ. މިގަރާރު ވަނީ ނިއު ޔޯކްގެ ކޯޓަކުން ހުއްޓުވާފައެވެ.

ޓްރަމްޕްގެ ޓްރެވަލް ގަރާރު ހަވާއީ ސްޓޭޓްގެ ކޯޓަކުންވެސް ވަނީ ހުއްޓުވާފައެވެ. މި މައްސަލައިގެ އިސްތިއުނާފް އަދި ފަށާފައެއް ނުވެއެވެ.

ގަރާރުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނި އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަން (އޭސީއެލްޔޫ) އަދި ނެޝެނަލް އިމިގްރޭޝަން ލޯ ސެންޓަރުންނެވެ. އޭސީއެލްޔޫގެ ޑިރެކްޓަރ އުމަރު ޖަދްވަތް ވިދާޅުވީ ޓްރަމްޕްގެ ގަރާރަކީ އެމެރިކާގެ ގާނޫނު އަސާސީއާ ޚިލާފު އެއްޗެއް ކަމަށާއި ކޯޓުން ގަރާރާއި ދެކޮޅަށް ކޯޓުން ނިންމުމުންވެސް އެކަން އެނގިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު