Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ޗެމްޕިއަން ފްރާންސާއި ބެލްޖިއަމް ވޯލްޑް ކަޕަށް

ބެލްޖިއަމް މޮޅުވީ އެސްޓޯނިއާ އަތުން 3-1 ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ނޮވެމްބަރު 2021 | ހޮނިހިރު 22:21
ފްރާންސާއި ކަޒަކްސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

ފްރާންސާއި ކަޒަކްސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ބެލްޖިއަމް ކޮލިފައިވެއްޖެއެވެ.

ފްރާންސަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ޗެމްޕިއަނުންނެވެ. އަދި ބެލްޖިއަމުން ވަނީ އެ މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ހިމެނޭ ފްރާންސުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ހޮނިހިރު ދުވަހުގެރޭ ކަޒަކްސްތާން އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފްރާންސުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި އޭނާ ހެޓްރިކް ހަދާފައިވަނީ މެޗު ފަށައިގެން 32 މިނެޓުގެ ތެރޭގައެވެ. މިއީ ފްރާންސްގެ ޖާޒީގައި އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކެވެ. ދެން މި މެޗުގައި ފްރާންސުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ކަރީމް ބެންޒެމާ އާއި، އޭޑްރިއަން ރަބިއޯގެ އިތުރުން އެންޓޮއިން ގްރީޒްމަނެވެ.

މި މޮޅާއެކު ގްރޫޕް ޑީގެ އެއްވަނަ ފްރާންސުން ކަށަވަރުކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ފިންލެންޑަށް ހަތް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔޫކްރޭނަށް ހަތް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދީ ހޮނިހިރު ދުވަހުގެރޭ އެސްޓޯނިއާ އަތުން 3-1 ނަތީޖާއަކުން މޮޅުވެގެންނެވެ.

ބެލްޖިއަމުގައި ކުޅުނު މި މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ކްރިސްޓިއަން ބެންޓެކޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ބެލްޖިއަމުން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރަސްކޯއެވެ.

އޭގެ ފަހުން މި މެޗުގެ 70 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް ސޯގާ ވަނީ ލަނޑެއް ޖަހައި، އެސްޓޯނިއާއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ބެލްޖިއަމުން އަލުން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތޯގަން ހަޒާޑެވެ.

މި މޮޅާއެކު ގްރޫޕް އީގެ އެއްވަނަ ބެލްޖިއަމުން ކަށަވަރުކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވޭލްސްއަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.

މި ނަތީޖާތަކާއެކު ޗެމްޕިއަން ފްރާންސާއި ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، މިހާތަނަށް ޖުމްލަ ހަ ގައުމެއް ވަނީ މި މުބާރާތަށް ކޮލިފައިވެފައެވެ. އެއީ ފްރާންސާއި ބެލްޖިއަމުގެ އިތުރުން ޔޫރަޕުގެ ދެ ގައުމު ކަމަށްވާ ޖަރުމަނާއި ޑެންމާކް އަދި ދެކުނު އެމެރިކާ ބައްރުން ބްރެޒޒިލެވެ. މީގެ އިތުރުން ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ.

ވޯލްޑް ކަޕް ކޮލިފައިން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު