Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންމަ ސަސްއާ ހަވާލުވުން

ސަސްގެ އައު ކޯޗަކަށް އިންމަ

ދާދި ފަހުން މޯހަންގެ އެއްބަސްވުން ސަސްއިން އުވާލި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ނޮވެމްބަރު 2021 | ހޮނިހިރު 12:47
ސަސްގެ ކޯޗުގެ މަގާމާ ހަވާލުވި އިސްމާޢީލް މަހްފޫޒް (އިންމަ)

ސަސްގެ ކޯޗުގެ މަގާމާ ހަވާލުވި އިސްމާޢީލް މަހްފޫޒް (އިންމަ)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އައު ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ހަމަޖައްސައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސަސްގެ ކޯޗުގެ މަގާމުގައި ހުރި މުޙައްމަދު ޝިޔާޒް (މޯހަން) ވަނީ ދެ ފަރާތް އެއްބަސްވެގެން އެއްބަސްވުން އުވާލާފައެވެ. އަދި ކުރިއަށް އޮތް ސީޒަނަށް މޯހަން ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމާ ހަވާލުވެފައެވެ.

އެއާއެކު ހޮނިހިރު ދުވަހު ސަސްއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް އިންމަ ހަމަޖެއްސިކަން އިއުލާންކޮށްފައެވެ. ސަސްއާ ހަވާލުވާން އިންމަ ނިންމިއިރު، އޭނާ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމާއެކު އިންމަ ވަނީ މަސައްކަތްކޮށްފައެވެ.

އޭގެ ކުރިން މިދިޔަ ދެ ސީޒަނުގައި އިންމަ އިރުޝާދުދިނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ. އެގޮތުން އެންމެ ފުރަތަމަ އިންމަ ދަ ގްރާންޑޭއާ ހަވާލުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މީގެ ކުރިންވެސް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އިންމަ ވަނީ އޭރު ދެ ފަހަރެއްގެ މަތިން ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާވެސް އުފުލާފައެވެ. އެކަމަކު ކުލަބު ކޯޗިން ކެރިއަރުގައި އިންމަގެ ހަމައެކަނި ކާމިޔާބީއަކީ މާޒިޔާއާއެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ.

މިދިޔަ ސީޒަނުގައި މުޅިން އަލަށް ސަސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު، އެ ޓީމުން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލާފައިވަނީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ. އެގޮތުން ކުޅުނު 14 މެޗުން ސަސްއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

ކުރިއަށް ސީޒަނަށް އިންމަ ސަސްއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އިސްމާޢީލް މަހްފޫޒް (އިންމަ)ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
23 ނޮވެމްބަރު 2024

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
23 ޖުލައި 2024

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

23 ޖުލައި 2024
  ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު