Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން

އުރުގުއޭ ބަލިކޮށް އާޖެންޓީނާ ކޮލިފައިވުމާ ގާތަށް

ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ 28 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ނޮވެމްބަރު 2021 | ހޮނިހިރު 02:59
އުރުގުއޭ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

އުރުގުއޭ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ހޮނިހިރު ދުވަހުގެ ފަތިހު ކުޅުނު މެޗުން އުރުގުއޭ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް އާޖެންޓީނާ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ އުރުގުއޭ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު އާޖެންޓީނާއިން ފަށާފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބެންޗުގައި ބައިންދައިގެންނެވެ. އެކަމަކު މެޗުގެ ފަހުކޮޅު މެސީ ކުޅެން އެރިއިރު، އަނިޔާގެ ސަބަބުން ޕީއެސްޖީން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ.

އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. ޕައުލޯ ޑިބާލާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާއެވެ. އޭގެ ފަހުން މި މެޗުގައި އުރުގުއޭއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ނަތީޖާ އެއްވަރުކުރަން އެ ޓީމުގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ 13 މެޗުން 21 ޕޮއިންޓް ހޯދާފައިވާ އެކުއެޑޯއެވެ. އަދި ހަތަރުވަނައިގައި އޮތް ޗިލީ އާއި ފަސްވަނައިގައި އޮތް ކޮލަމްބިއާއަށް ވަނީ 13 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދަން އާޖެންޓީނާއަށް ކޮލިފައިންގައި ބާކީ އޮތް ހަ މެޗުން ދެން ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުގެ ޖާގަ ލިބޭއިރު، ކޮލިފައިންގެ އެއްވަނައިގައި އޮތް ބްރެޒިލް މިހާރު ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ކޮލިފައިންގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 12 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ.

ވޯލްޑް ކަޕް ކޮލިފައިން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު