Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ކޯލިޝަންގެ ރެލީ

އިދިކޮޅުގެ ރެލީގައި މާލޭގެ ގްރޫޕުތައް ބައިވެރިކުރުމަށް މަޝްވަރާކުރި

އަތޮޅު ތެރެއިންވެސް ގިނަ އަދަދަކަށް މީހުން ރެލީގައި ބައިވެރިވުމަށް އަންނާނެކަމަށް އަންދާޒާކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2021 | ހުކުރު 13:26
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" މި ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ރެލީގައި ބައިވެރިވުމަށް މާލޭގައި ހަރަކާތްތެރިވާ އެކި ގްރޫޕުތަކަށްވެސް ދައުވަތު ދިންކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

މި ރެލީ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ. އެގޮތުން ރެލީގެ ކަންކަމުގައި އިސްކޮށް އުޅުނު ފަރާތަކުން ނަން ހާމަ ނުކުރުމަށް އެދި "ރާއްޖެއެމްވީ" އަށް ކިޔާދީފައިވާ ގޮތުގައި މި ރެލީ ކަނޑައެޅިފައިވާ ވަކި މަގުތަކެއްގައި ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ ހުއްދަ ދީފައެވެ.

އަދި މި ރެލީގައި ބޭނުން ކުރުމަށް "އިންޑިއާ އައުޓް" ބެނަރ ތަކާއި، "ޑިފެންޑް މޯލްޑިވްސް" ޖަހާފައިވާ ބެނަރ ތައް ވަނީ ތައްޔާރުކޮށްފައެވެ. އަދި މި ދެ ސްލޯގަން ޖަހާފައިވާ ޓީޝާރޓުތައްވެސް ވަނީ ތައްޔާރުކޮށްފައެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ދިދައާއި، ޑިފެންޑް މޯލްޑިވްސް ސްލޯގަން ޖަހާފައިވާ ދިދަވެސް މި ރެލީގައި ބޭނުން ކުރުމަށް ކުރީ ބައިގައި ތައްޔާރު ކޮށްފައިވެއެވެ. މި ހަރަކާތަކީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް އަސަރު ކުރަމުންދާކަމަށް ބުނެ ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ރެލީގައި ބައިވެރިވުމަށް އަތޮޅުތަކުންވެސް ބައެއް މެމްބަރުން އައިސްފައިވެއެވެ. އެގޮތުން ކ ހިންމަފުއްޓާއި ދިއްފުށިން 110 މީހަކު އަންނަ ގޮތަށް އޮތީ ހަމަޖެހިފައެވެ. އަދި މ މުލިން 50 މީހުންނާއި، ރ ދުވާފަރުން 70 މީހުންނާއި، ބ އޭދަފުށިން 60 މީހުންނާއި، އދ އަތޮޅުން 150 މީހުން ހިމެނޭ ގޮތަށް 500އާ ގާތްކުރާ އަދަދަކަށް މީހުން ގެނައުމަށް އޮތީ ވާހަކަދެކެވި މަޝްވަރާ ކުރެވިފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ދަތުރު ކެންސަލް ކޮށްފައެވެ.

މީގެ ކުރިން އިދިކޮޅުން ވަނީ ހަމައެކަނި އަތޮޅު ތެރެއިންވެސް ގިނަ އަދަދަކަށް މީހުން ރެލީގައި ބައިވެރިވުމަށް އަންނާނެކަމަށް އަންދާޒާ ކޮށްފައެވެ. ނަމަވެސް އެފަހަރު ރެލީ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި މޫސުން އަދިވެސް މުޅިން ރަނގަޅު ނުވާތީ ރެލީގައި ބައިވެރިވުމަށް އައުމަށް ނިންމާފައިވާ ބައެއް ފަރާތްތަކުން ވަނީ ދަތުރު ކެންސަލް ކޮށްފައެވެ. އެހެންނަމަވެސް، ކޯލިޝަނުން ވަނީ ދެހާހާ ގާތްކުރާ އަދަދަކަށް މީހުން ރެލީގައި ބައިވެރި ކުރުމަށް އަމާޒު ހިފައި، ރެލީއަށް މީހުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ރެލީގައި ބައިވެރިވުމަށް އިދިކޮޅުން ވަނީ ރާއްޖޭގެ ބައެއް ކްލަބްތަކާއި، އެންޖީއޯތަކަށް ދައުވަތު ދީފައެވެ. އަދި މާލޭގައި ހަރަކާތްތެރިވާ 6 ގްރޫޕެއްގެ މީހުން ރެލީއަށް ނެރުމަށްވެސް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އިދިކޮޅުން ވާހަކަ ދެއްކި ބައެއް ޖަމާއަތްތަކުން ވަނީ ރެލީއަށް ތާއީދުކުރި ނަމަވެސް، އެކަމުގައި ބައިވެރިވާން ދިއުމަށް އުޒުރުވެރިވެފައެވެ.

ފަހަކަށް އައިސް އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކާއި އެއްވުންތަކުގައި ގައުމީ ދިދައާއި ރަތްކުލައިގެ ޓީޝާޓް ބޭނުންކުރާއިރު، މައިގަނޑު ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" މިއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ދޭތެރެ ދޭތެރެއިން ގެންދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އެކި ނަންނަމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ގޮވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު