Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ސްޕެއިނަށް މުހިންމު މޮޅެއް، ޕޯޗުގަލް އެއްވަރު

އަޔަލެންޑާއި ޕޯޗުގަލް އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2021 | ހުކުރު 06:38
ގްރީސް އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީސް އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ގްރީސް އަތުން ސްޕެއިން މޮޅުވިއިރު، އަޔަލެންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ގްރީސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ގްރީސްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްޕެއިނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ. މިއީ އޭރިއާ ތެރެއިން ސްޕެއިނުގެ އިނީގޯ މާޓިނޭޒަށް ގްރީސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުންވެސް މި މެޗުގައި ލީޑު ފުޅާކުރަން ސްޕެއިނަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުގެ އަލްވާރޯ މޮރާޓާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ގްރީސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ބީގެ އެއްވަނައަށް ސްޕެއިން ޖެހިލިއިރު، އެ ގައުމަށް ވަނީ ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތީ ބުރާސްފަތި ދުވަހުގެރޭ ޖޯޖިއާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި ސްވިޑެންއެވެ. އެ ގައުމަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނޭ އަޔަލެންޑާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އަޔަލެންޑުގައި ކުޅުނު މި މެޗުގައި ލަނޑެއް ޖަހަން ޕޯޗުގަލުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި މެޗު ޕޯޗުގަލުން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ތަޖުރިބާކާރު ޑޮފެންޑަރު ޕެޕޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕޯޗުގަލާއި ދެވަނައިގައި އޮތް ސާބިއާއަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އަޒަބައިޖާން އަތުން 3-1 ގެ ނަތީޖާއަކުން ލަގްޒަމްބާގް މޮޅުވިއިރު، އެ ޓީމު ތިންވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އަދި ޕޯޗުގަލާ އެއްވަރުކުރި އަޔަލެންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތް މެޗުން ހަ ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަނުން ވަނީ ލިކްޓަންސްޓައިން އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުން ޖަރުމަން މޮޅުވިއިރު، މީގެ ކުރިން އެ ގައުމުން ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ވޯލްޑް ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު