Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާއްމު މަޖިލިސް

އދ.ގެ އާންމު މަޖިލީހުގެ އޮނިގަނޑު ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން ހުށަހަޅައިފި

އާންމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނަށް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިއްމު މައްސަލަތަކާ މެދު ބަހުސްކުރުމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2021 | އަންގާރަ 08:43
ޝާހިދު

ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެމަޖިލީހުގެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން އެމަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.

އެގޮތުން އދ.ގެ އާއްމު މަޖިލީހުގައި ހޯމަ ދުވަހު މިކަމާ ބެހޭ ގޮތުން ކުރިއަށްދިޔަ ބަހުސްގައި، ޝާހިދު ވިދާޅުވީ އދ.ގެ އާއްމު މަޖިލީހަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ޕްލެޓްފޯމްކަމަށާއި، މުހިއްމު އެކި ދާއިރާތަކުން އެމަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިއްމު ނިންމުންތަކެއް ކަމަށެވެ. އެހެންކަމުން، އާއްމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނަށް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިއްމު މައްސަލަތަކާ މެދު ބަހުސްކުރެވި، އެމައްސަލަތަކަށް އަވަސް ހައްލެއް ގެނެވޭނެ އިންތިޒާމަކުންކަން ކަށަވަރުކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމަށްޓަކައި ކަނޑައަޅާފައިވާ އާއްމު މަޖިލީހުގެ އެޑްހޮކް ވޯކިން ގްރޫޕުން ދެ ކަމަކަށް އިސްކަން ދެއްވުމަށް އިރުޝާދު ދެއްވިއެވެ. އެގޮތުން އދ.ގެ ޗާޓަރު އެކުލަވާލިއިރު އާއްމު މަޖިލީހާއި ސަލާމަތީ މަޖިލީހުގެ ބާރުތަކަށް އެއްވަރަކަށް މުހިއްމުކަން ދިން ނަމަވެސް، މިހާރު އާއްމު މަޖިލިސް ކުރިއަށް ދާގޮތުން މުހިއްމު ކަންކަމާ މެދު މަޝްވަރާނުކުރެވި، ދިގު ބަހުސްތަކެއް ކުރިއަށް ގޮސް، ފިޔަވަޅުތައް އެޅުން ވަރަށް ބޮޑުތަކުން ދިގުދެމިގެންދާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާއްމު މަޖިލީހަށް ލިބިފައިވާ މަޝްވަރާކޮށްގެން ހައްލު ނެރުމުގެ ބާރުގެ ބޭނުން ހިފޭނެ ގޮތަކަށް މަސައްކަތްތައް އަތުރާލުމަށް މެމްބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގައި ކުރެވޭ ބައެއް މަސައްކަތްތައް ތަކުރާރުކޮށް ދެވަނަ ފަހަރަށް ނުވަތަ ތިންވަނަ ފަހަރަށް ވެސް ކުރެވޭ ތަން އަންނަކަމަށާއި، ބައެއް ޤަރާރުތައް ކޮންމެ އަހަރަކު ހުށަހެޅޭއިރު އެއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިފައި ނުހުންނަކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އާއްމު މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް ޝާހިދު ލަފާދެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަތަކަށް ގިނަ ޤައުމުތަކުން ތާއީދުކުރިއިރު، އެމެރިކާ އަދި ސިންގަޕޯރ ފަދަ ޤައުމުތަކުން ވަނީ މިނިސްޓަރގެ އުއްމީދުގެ ރިޔާސަތުގެ ވާހަކަ ފާހަގަކޮށް، އެ ގައުމުތަކުން އެމަސައްކަތް ބަލައިގަންނަކަމަށް ބުނެފައެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާއދ.ގެ އާންމު މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވެއްޖެ

ޚާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކޮށްދެއްވި އާބިދާ އަހުމަދު އަވަހާރަވެއްޖެ

08 މެއި 2023
ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

17 އޮކްޓޯބަރު 2022
މާފަރުގެ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަވަހަށް ފަށާނެކަމުގެ ޔަގީންކަން އޭޑީ.އެފް.ޑީ އިން ދީފި

މާފަރުގެ އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަވަހަށް ފަށާނެކަމުގެ ޔަގީންކަން އޭޑީ.އެފް.ޑީ އިން ދީފި

15 އޮކްޓޯބަރު 2022
"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"

"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"

11 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު